ވަޒީރު އިހްސާން މަޖިލީހުގައި: ފޮޓޯ/ މަޖިލިސް
ހަބަރު
28 Oct 2024 | 12:39
އިޙްސާންގެ ތަހުމަތެއް: ޕޮލިސް ސްޓޭޝަން އަޅަން ދިން ކުންފުނިން ބިގުގެ ހިއްސާ ގަނެ، ހަދަނީ މޫނިމާގެ!

މިދިޔަ ސަރުކާރުގައި 60 ރަށެއްގައި ޕޮލިސް ސްޓޭޝަން އަޅަން ހަވާލު ކުރި އިންޑިއާގެ އިންދިރާ ޕްރްޖެކްޓްސް ކުންފުނިން، އެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އާއިލީ މަސްލަހަތު އޮންނަ ބިގް ކުންފުނީގެ ހިއްސާ ގަތުމަށް ފަހު މާލޭގޭ ގަލޮޅުގައި ހުންނަ މޫނިމާގެ އިމާރާތް ކުރަމުންދާ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ތުހުމަތު ކުރައްވައިފި އެވެ.

މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ޖަލްސާގައި ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވަނީ، ޕޮލިސް ސްޓޭޝަން އެޅުމުގެ މަޝްރޫއުގެ ފައިސާއިން އޭރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުالله ހުޅުމާލެއިން ގޯތިތަކެއް ބައްލަވައިގަތް ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި އެ މަޝްރޫއާ ގުޅޭ ގޮތުން އޭނާ ވަނީ ސުވާލު ކުރައްވާފަ އެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން އިހުސާން ވިދާޅުވީ، އިންދިރާ ޕްރިޖެކްޓް، އޭރުގެ އިކޮނަމިކް މިނިސްޓްރީގެ ދަށުގައި ގާތްގަނޑަކަށް ދެ އަހަރު ދުވަސް ވަންދެން އޮތް ކަމަށެވެ.

"އެއަށްފަހު ގާތްގަނޑަކަށް 2021 ވަނަ އަހަރު ހިސާބުގައި މޯލްޑިވްސް ޕޮލިސް ސާވިސްއާ ހިސާބަށް ގެނެސްގެން، 60 ޕޮލިސް ސްޓޭޝަނެއް އެޅުމަށްޓަކައި ގާތްގަނޑަކަށް 60 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށް އެ ޕްރޮޖެކްޓް ރޭވިގެން، ޕްރޮޖެކްޓް ފައިނޭންސް ކުރާނީ އިންޑިއާގެ އެގްޒިމް ބޭންކު ތްރޫކޮށް ރޭވިގެން، އެގްރިމަންޓްތަކެއްގައި ސޮއި ކުރެވިގެން މި މސައްކަތް ފެއްޓުމަށް ވަރަށް ބާރަށް މަސައްކަތްކޮށްފައި އޮތްކަން އަޅުގަނޑުމެންނަށް ލިޔެކިޔުންތަކުން އެބަ ދައްކާ. އެހެން ނަމަވެސް މި މަސައްކަތުގެ އަމަލީ އެއްވެސް މަސައްކަތެއް ހިނގާފައެއް ނެތް."

ވަޒީރު އަލީ އިހްސާން

މިއާއެކު ވަޒީރު ވިދާޅުވީ، މަޝްރޫއާ ހަވާލުވުމަށް ފަހު، އިންދިރާއިން އެންމެ ފުރަތަމަ ވެސް ސަރުކާރުގައި އެދިފައިވަނީ އެ ލޯނުގެ %15 ދިނުމަށް ކަމަށެވެ.  އަދި ލިޔެކިޔުން ތަކުން ފެންނަން އޮތް ގޮތުން ސަރުކާރުން ވަނީ އެ ކުންފުންޏަށް 3.6 މިލިއަން ޑޮލަރު ދީފައި ކަމަށްވެސް އިހްސާން ވިދާޅުވިއެވެ. 

"އެހެން ނަމަވެސް އަދި އަދާ ހަމައަށް ދާއިރު، އަޅުގަނޑުމެންނަށް ފިޒިކަލީ އެ ކުންފުނިން އެ ލާރިއަށް ކުރި ކަމެއްގެ ތަފްސީލެއް ނުދޭ، އަޅުގަނޑުމެންގެ އެއް ބައްދަލުވުމުގައި އެ ލާރި ހުރި ކަމަށް ބުނެފައި އެބައޮތް. އެހެން ނަމަވެސް ފިޒިކަލީ އެްްވެސް ކަމެއް ކޮށްފައެއް ނެތް. ދިވެހި ދައުލަތުގެ ފައިސާ ވަނީ އެ ކުންފުނީގައި" 

ވަޒީރު އަލީ އިހްސާން

އިހްސާން އިތުރަށް ވިދާޅުވީ، އެ ކުންފުނިން ދެން ރާއްޖޭގައި ކުރަމުންދަނީ ކޮން މަސައްކަތެއްތޯވެސް ސަރުކާރުން ބަލާފައިވާ ކަމަށެވެ. އަދި އެ ބެލި ބެލުމުން އެނގުނު ގޮތުގައި ރާއްޖޭގެ ބިގް ނަމަކަށް ކިޔާ ކުންފުނީގެ ޝެއާ، އެ ކުންފުނިން ގަނެގެން މިހާރު ގަލޮޅު މޫނިމާގެ ކިޔާ ގެއެއް ހަދަމުންދާ ކަމަށެވެ. 

"އެ ކުންފުނިން ދެން ކުރަނީ ކޮން ކަމެއްތޯ އަޅުގަނޑުމެން ބަލާލިއިރު، ފާހަގަވެފައި އެބައޮތް ބިގް ނަމަކަށް ކިޔާ ކުންފުނީގެ ޝެއާ އެ ކުންފުނިން ގަނެގެން މިހާރު މޫނިމާގެ ކިޔާ ގެއެއްގެ އިމާރާތް އެ ތަނުން ވަރަށް ބާރަށް ކުރަމުން ގޮސް، ނިމެންދާކަން އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ،"

ވަޒީރު އަލީ އިހްސާން

ބިގް ކުންފުނީގެ ވެރިންގެ ތެރޭގައި އެމްޑީޕި ޗެއާޕާސަން ފައްޔާޒުގެ ބޭބެ އަދި ރައީސް އޮފީހުގެ ކުރީގެ ކޮމިނިކޭޝަންސް ޑިރެކްޓަރު ހަސަން އިސްމާއިލް ހިމެނިވަޑައިގަންނަގަ އެވެ. 2014ގެ މަޖިލިސް އިންތިހާބުގެ ކުރިން ބިގް ކުންފުނީގައި، އެމްޑީޕީގެ ފައްޔާޒުގެ ހިއްސާ ވެސް އޮތެވެ. ނަމަވެސް، އެ އިންތިޚާބާ ދިމާކޮށް އޭނާ ވަނީ އެ ހިއްސާ އޭރު ދޫކޮށްލައްވާފައެވެ.

މީގެ ކުރިން އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މި މައްސަލައާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފައްޔާޒް ވަނީ އެ ތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.