ދަ ހޯކްސްގެ ބޯޓެއް-- ފޮޓޯ: ދަ ހޯކްސް
ހަބަރު
28 Oct 2024 | 13:21
ހުއްދަނެތި ސިނގިރޭޓް އެތެރެކުރި މައްސަލައިގައި ތުހުމަތު ކުރެވޭ މުވައްޒަފުންނަށް ކުންފުނިން ފިޔަވަޅު އަޅައިފި

ހުއްދަނެތި ރާއްޖެއަށް ގިނަ އަދަދެއްގެ ސިގިރޭޓް އެތެރެކުރި މައްސަލައިގައި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑް އިން މިކަމުގައި ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ މުއައްޒަފުންނަށް ފިޔަވަޅު އަޅައިފިއެވެ.

ހޯކްސް އިން މިކަން ހާމަކޮށްފައިވަނީ ރާއްޖެއަށް ހުއްދަނެތި ސިގިރޭޓް އެތެރެ ކުރި މައްސަލައިގައި ހޯކްސް ގެ ބައިވެރިވުންވާކަމަށް ފެތުރެމުންދާ ރަނގަޅުނޫން ދޮގު ވާހަކަތަކާއި ރިޕޯޓުތަކާއި ގުޅިގެން ތެދު މައުލޫމާތު ސާފުކޮށްދިނުމުގެ ގޮތުން ނެރުނު ބަޔާނެއްގައެވެ.

މިގޮތުން އެކުންފުނިން ވަނީ، މި މައްސަލައާއި ގުޅިގެން ފެތުރެމުންދާ ރިޕޯޓުތަކުގައި ދަ ހޯކްސްގެ ބައިވެރިވުމާއި ގުޅިގެން ބަޔާންކޮށްފައިވަނީ ހަގީގަތެއްނެތް ދޮގު ވާހަކަތަކެއް ކަމަށް ބުނެފައެވެ.

އެގޮތުން، ހޯކްސްއިން ބުނީ، އެ ކުންފުނީގެ އުޅަނދެއް މެދުވެރިކޮށް ހުއްދަނެތި ރާއްޖެއަށް ސިނގިރޭޓް އެތެރެކުރާކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބުމާއި ގުޅިގެން، 25 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ ރޭގަނޑު ގާތްގަނޑަކަށް 11:00 ހާއިރު، ތިލަފުށީގައި ގާއިމުކުރެވިފައިވާ ދަ ހޯކްސްގެ ބޯޓު ޔާޑަށް ފުލުހުން ހާޒިރުވިކަމަށާއި، ތިލަފުށީގައި ހުންނަ ކުންފުނީގެ ބޯޑު ޔާޑަށް ފުލުހުން ހާޒިރުވެ، ބަލައި ފާސްކޮށްފައިވަނީ ބަލާ ފާސްކުރުމުގެ އަމުރެއް ނުވަތަ ކޯޓު އަމުރެއް ނެތިކަމަށެވެ.

މި މައްސަލައިގައި، ދަ ހޯކްސްގެ މެނޭޖްމަންޓުން ފުލުހުންނަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއްދީ ގާނޫނާއި ހިލާފު އަމަލުތަކުގައި ބައިވެރިވެ އެއަމަލުތައް ހިންގާ ފަރާތްތައް ދެނެގަނެ ހައްޔަރުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ފުރިހަމަ އެއްބާރުލުންދީފައިވާކަން ފާހަގަކުރަމުން އެ ކުންފުނިން ބުނީ،ފުލުހުންގެ ޓީމު ދަ ހޯކްސްގެ ބޯޓު ޔާޑަށް ވަނުމުގެ ފުރުސަތުދީ ކޯޓު އަމުރެއް ލިބެންދެން އެތަނުގައި ފުލުހުންގެ ޓީމު ހަރަކާތްތެރިވުމަށް ފުރުސަތު ފަހިކޮށްދިން ކަމަށެވެ.

މިހާދިސާ ހިނގުމާއި ގުޅިގެން ކުންފުނީގެ ފަރާތުންވަނީ މިމައްސަލަ އިދާރީގޮތުން ތަހުގީގުކުރަން ފަށާފައިވާކަމަށާއި، އޭގެ ތެރެއިން ކެމެރާ ފުޓޭޖްތައް ބެލިބެލުމުން މިހާތަނަށް ކުންފުނީގެ މުވައްޒަފުންތަކެއްގެ މައްޗަށް ޢައިރު ގާނޫނީ ހަރަކާތްތަކަކަށް ކުންފުނީގެ ރިސޯސަސް ބޭނުންކޮށް އަމިއްލަ މަންފާ ނަގަން މަސައްކަތްކޮށްފައިވާކަމުގެ ތުހުމަތުކުރެވިފައިވާކަމަށް ހޯކްސްއިން ހާމަކުރެއެވެ.

މިއާއިއެކު، ތުހުމަތު ކުރެވުނު މުވައްޒަފުންތައް ވަގުތުން މަސައްކަތުން އެކަހެރިކޮށް، ކަމާބެހޭ ތަހުގީގީ އިދާރާތަކަށް އެކަން ރިޕޯޓްކޮށްފައިވާކަމަށް ހޯކްސްއިން ބުނެއެވެ.

އެކުންފުނިން ބުނީ، މިފަދަ ޢައިރު ގާނޫނީ އަމަލުތަކުގައި ގެންގުޅޭ ސިޔާސަތަކީ ޒީރޯ ޓޮލަރެންސް ޕޮލިސީކަމަށާއި، ތަފާތު 10 ގައުމެއްގެ 900 އަށްވުރެ ގިނަ މުވައްޒަފުން ދަ ހޯކްސްގައި މަސައްކަތް ކުރަމުންދާއިރު، ކުންފުނިން އަބަދުވެސް މަސައްކަތްކޮށްފައިވަނީ މުވައްޒަފުންގެ ލާބައާއި މަންފާއަށް ކަމަށެވެ. އެހެންނަމަވެސް، ކުންފުނީގެ މަދު މުވައްޒަފުންތަކެއް ބައިވެރިވެ ކުންފުނީގެ މެނޭޖްމަންޓުން މުވައްޒަފުންނާއިމެދު ކުރި އިތުބާރާއި ޔަގީންކަން ގެއްލޭގޮތަށް ހިންގާފައިވާ މިއަމަލުން ކުންފުންޏަށް ބޮޑު ހައިރާންކަމެއް ލިބިގެން ދިޔަ ކަމަށް ހޯކްސްއިން ބުނެއެވެ.

އެގޮތުން ކުރިއަތް އޮތް ތަނުގައިވެސް ދަ ހޯކްސްގެ ރިސޯސަސް މިފަދަ ނަހަމަ ގޮތެއްގައި ބޭނުންކުރުން ހުއްޓުވުމުގެ ގޮތުން ކުންފުނީގެ އެތެރޭގެ ކޮންޓްރޯލް ހަރުދަނާކުރުމަށް އިތުރު ފިޔަވަޅުތައް އަޅާނެކަމަށް ހޯކްއިން ވަނީ ބުނެފައެވެ.

ހޯކްސް އަކީ ފައިދާކުރުވަނިވި ތެލުގެ ވިޔަފާރިކުރާ ކުންފުންޏަކަށްވާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް އެތެރެކުރުމުގެ އެއްވެސް ވިޔަފާރިއެއްގައި ބައިވެރިވުމެއް އަދި އެފަދަ އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށާއި،  މީޑިއާތަކުގައި ދެކެވޭ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ވާހަކަތަކެއްކަން ފާހަގަކުރަމުން ހޯކްސްއިން ވަނީ މިފަދަ ހަބަރުތައް ރިޕޯޓުކުރުމަށް މީޑިއާތަކަށް ގޮވާލާފައެވެ.

މީގެ އިތުރުންވެސް ހޯކްސްއިން ވަނީ، މިފަދަ ކަންކަމާއި ގުޅިގެން ޒިންމާ ނަގަންޖެހޭ ފަރާތްތައް ހޯދުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުންދޭނެ ކަމުގެ ޔަގީންކަން ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.