މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
29 Oct 2024 | 13:37
5.1 ބިލިޔަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓު ފާސްކޮށްފި

ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި 5.1 ބިލިޔަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަޕްލިމަންޓްރީ ބަޖެޓު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 75 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

ބަޖެޓާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ދެއްވި ރަޢުޔުގައި ވިދާޅުވެފައިވަނީ، ބަޖެޓްގެ 40 އިންސައްތައަކީ ދަރަނިން ފައިނޭންސްކުރަން ޖެހޭ އަދަދު ކަމަށްވާތީވެ، އަހަރު ނިމޭއިރު ދައުލަތުގެ ހުރި ޖުމްލަ ދަރަންޏަށް 22 ބިލިއަން ރުފިޔާ އިތުރުވެގެން ދާނޭކަމަށް ލަފާކުރެވޭ ކަމަށެވެ. 

އޮޑިޓަރ ޖެނެރަލްގެ ފަރާތުން އެންމެބޮޑަށް ފާހަގަކުރި ކަންކަމުގެ ތެރޭގައި ހިމެނެނީ ދައުލަތަށް އެކިގޮތްގޮތުން ލިބޭނޭ ކަމަށް އަންދާޒާކުރި އާމްދަނީ އާ އެއްވަރަށް މިހާހިސާބަށް އާއިރުވެސް އާމްދަނީ ލިބިފައި ނުވުމެވެ. އެހެންކަމުން ސަޕްލިމަންޓަރީ ބަޖެޓްގައި ލިބޭނޭކަމަށް ފާހަގަކޮށްފައިވާ އަދަދުތައް ލިބޭނޭކަމުގެ ޔަގީންކަން ނެތްކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.

ސަޕްލިމަންޓަރީ ބަޖެޓްގައި ހަރަދުކުރުމަށް އެކަށައަޅާފައިވާ ދާއިރާތައް

• ޕީއެސްއައިޕީ އަށް އިތުރު 2.0 ބިލިއަން ރުފިޔާ

• ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރު 441.4 މިލިއަން ރުފިޔާ

• ކޮންޓިންޖެންސީ ބަޖެޓަށް އިތުރު 650 މިލިއަން ރުފިޔާ

• ސްޓޫޑަންޓު ލޯނު ދޫކުރުމަށް 458.4 މިލިއަން ރުފިޔާ

• މެޑިކަލް ކޮންޒިމަބަލްސް އަށް 200 މިލިއަން ރުފިޔާ

• ބޭސްފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ

• ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ

ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅިއިރު، މިއަހަރަށް ކަނޑައެޅި ބަޖެޓުން، އަދި ހުސް ނުވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން މިދިޔަ މަހުގެ ނިޔަލަށް ބަޖެޓުން ހޭދަކުރެވިފައިވަނީ، ބަޖެޓުގެ 74 އިންސައްތަކަމަށް ފިނޭންސް މިނިސްޓަރު މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ. 

ރައްޔިތުންގެ މަޖިލީހުން މިއަހަރު ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓަށް އާމްދަނީގެ ގޮތުގައި ލިބޭނޭކަމަށް ލަފާކުރީ 33.5 ބިލިއަން ރުފިޔާއެވެ. ޑެފިސިޓް ހުންނާނޭކަމަށް ލަފާކޮށްފައިވަނީ 16.3 ބިލިއަން ރުފިޔާގައެވެ. ސަޕްލިމަންޓަރީ ބަޖެޓުގެ ގޮތުގައި އިތުރުވާ 5.1 ބިލިއަން ރުފިޔާ އާއެކު، މިއަހަރުގެ ބަޖެޓް ޑެފިސިޓް 18 ބިލިއަން ރުފިޔާއަށް އަރާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.