ރާއްޖޭގެ ރަށެއްގައި ސޯލަރ ޕެނަލް ހަރުކުރަނީ-- ފޮޓޯ: ޕީއެސްއެމް ނިއުސް
ހަބަރު
30 Oct 2024 | 12:29
މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ސޯލާ ޕީވީ ސިސްޓަމަށް އެދި ހުށަހެޅުމަށް ހުޅުވާލައިފި

މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ސޯލާ ޕީވީ ސިސްޓަމަށް އެދި ހުށަހެޅުމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެވުޒާރާއިން ކުރި އިއުލާނެއްގައި ބުނީ، މަގޭ ސޯލާ ޕްރޮގްރާމަކީ އާންމު ރައްޔިތުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށާއި، ދިވެހިރާއްޖޭގައި ލިބެން ހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުންކުރުން އިތުރުކުރުމަށާއި، ދިވެހިރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިން ސައްތަ އަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ކަރަންޓަށް ހެދުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް އެކުލަވާލާފައިވާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދޭނީ ހަމައެކަނި ގޭބިސީތަކަށް ކަމަށާއި، ގޭބިސީތައް ކަނޑައަޅާނީ އާއްމުކޮށް ހުޅުވާލުމުން އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުންކަމަށް އެ ވުޒާރާއިން ބުނެއެވެ.

ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނީ، 28 އޮކްޓޫބަރު 2024 އިން ފެށިގެން އެޕްލިކޭޝަނަށް ހުޅުވާލެވޭއިރު، މި ޕްރޮގްރާމަށް އެދި ހުށަހަޅާނީ ފެނަކަ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ކަމަށެވެ. 

މި ޕްރޮގްރާމުގެ ދަށުން 748 ގޭބިސީއެއްގައި ސޯލަރ ނިޒާމު ހަރުކުރަން ނިންމާފައިވާއިރު، ކޮންމެ އަތޮޅަކަށް ލިބޭ ޖުމުލަ ސިސްޓަމްތައް އެ އަތޮޅެއްގެ ކޮންސިއުމަރުންގެ އަދަދުން ބެހިފައިވާގޮތުގެ ތަފްސީލު އެ ވުޒާރާގެ އިއުލާނުގައި ވަނީ ހިއްސާކޮށްފައެވެ.

މި އިއުލާނުގައިވާގޮތުން، މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ސޯލާ ޕީވީ ސިސްޓަމް ހަރުކުރެވޭނެ ގޭބިސީތަކާއި، ގޭބިސީތަކަށް ދޫކުރެވޭ ސޯލާ ޕީވީ ސިސްޓަމްގެ ސައިޒު ކަނޑައަޅާނީ ނެޓް މީޓަރިންގ އުސޫލުގެ ދަށުން އެދި ފެނަކަ ކޯރޕަރޭޝަނަށް ހުށަހަޅާ ގޭބިސީތައް ސާރވޭ ކުރުމަށްފަހުއެވެ. އަދި މި ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދޭ ސޯލާ ޕީވީ ސިސްޓަމަކަށް އެޑްވާންސް ޕޭމަންޓެއް ނުނެގި ނަމަވެސް ހަރުކުރުމުގެ ފީގެ ގޮތުގައި ސިސްޓަމުގެ އަގުގެ 10 އިންސައްތަގެ އަގެއް ނަގާއިރު، މި އިންސައްތައަށް ވާ ރުފިޔާ ކޮންޓްރެކްޓުގައި ސޮއިކުރާއިރު ދައްކަންޖެހޭނެކަމަށް އިއުލާނުގައިވެއެވެ.

މީގެ އިތުރުންވެސް، ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނީ، މި ޕްރޮގްރާމުގެ ދަށުން ދޫކުރެވޭނީ 3 އަދި 5 ކިލޯވޮޓުގެ ސިންގަލް ފޭސް އަދި ތްރީ ފޭސް ސިސްޓަމްތައްކަމަށާއި، އޭގެ ތެރެއިން 3 ކިލޯވޮޓުގެ ސިސްޓަމެއްގެ އަގަކީ 45،000 ރުފިޔާކަމަށާއި، 5 ކިލޯވޮޓުގެ ސިސްޓަމެއްގެ އަގަކީ 75،000 ރުފިޔާކަމަށެވެ.

މިއާއިއެކު، މި ޕްރޮގްރާމުގެ ދަށުން ފޯރުކޮށްދޭ ސިސްޓަމްތަކަށް އަގު ނެގުމަށް ހަމަޖެހިފައިވަނީ އެއްފަހަރާ ދައްކާގޮތަށް ނުވަތަ 5 އަހަރަށް ބަހާލައިގެން އިންސްޓޯލްމަންޓު ޕްލޭނެއްގެ ދަށުންކަމަށްވާއިރު، އެއްފަހަރާ އަގު އަދާކޮށް ޚަލާޞް ކުރާގޮތަށް ނުވަތަ       މަހުން މަހަށް ދައްކާ ޚަލާޞް ކުރާގޮތަށް ދެއްކޭނެކަމަށާއި، މިފަދައިން ދައްކާނަމަ ކޮންމެ މަހެއްގެ ކަރަންޓު ބިލުގައި އެމަހަކު ދައްކަންޖެހޭ ޢަދަދު ހިމެނޭނެ ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

ތިމާވެއްޓާއި ބެހޭ ވުޒާރާއިން އިތުރަށް ބުނީ، މި ޕްރޮގްރާމުގެ ދަށުން ސޯލާ ޕީވީ ސިސްޓަމް ހޯދާ އެސިސްޓަމަށް މަހުން މަހަށް ކަރަންޓު ބިލުގައި ހިމަނައިގެން އަގު އަދާކުރާ ފަރާތްތަކުން އަގު ނުދެއްކުމުން އަމަލުކުރާނީ މިހާރުވެސް ކަރަންޓު ބިލު އަދާނުކުރުމުން ހިނގާ އުސޫލުކަމަށާއި، މި ޕްރޮގްރާމުގެ ދަށުން ހަރުކުރާ ސޯލާ ޕީވީ ސިސްޓަމްތައް މަރާމާތުކޮށް ބަލަހައްޓަންޖެހޭނީ އެ ސިސްޓަމެއްގެ ވެރިފަރާތުން ނުވަތަ ގޭބިސީއަކުންކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.