އިންޑިއާއިން ފަލަސްތީނަށް ފޮނުވާ އެހީގެ ޝިޕްމަންޓެއް ބޯޓަށް ލޯޑުކުރަނީ.. ފޮޓޯ/ އިންޑިއާ ނިއުސް ނެޓްވަރކް
ހަބަރު
30 Oct 2024 | 20:34
އިންޑިއާއިން ފަލަސްތީނަށް 30 ޓަނުގެ އެހީ ފޮނުވައިފި

އިންޑިއާއިން ފަލަސްތީނަށް 30 ޓަނުގެ ސިއްހީ ތަކެތީގެ އެހީ ފޮނުވައިފިއެވެ.

އިންޑިއާގެ ޚާރިޖިއްޔާއިން ބުނާ ގޮތުގައި އެގައުމުން ފޮނުވި އެހީގައި ހިމެނެނީ ކޮންމެހެން ބޭނުންވާ ބޭހުގެ ބާވަތްތަކާއި ކެންސަރު ބަލީގެ މީހުންނަށް ބޭނުންވާ ބޭހުގެ ބާވަތްތަކެވެ.

މީގެ އިތުރުން، މިދިޔަ ހަފްތާގައި އިންޑިއާއިން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާ އދގެ ޖަމްއިއްޔާ އަންރުވާ އަށް 30 ޓަނުގެ ބޭހާއި ކާބޯތަކެތީގެ އެހީ ފޮނުވާފައެވެ. އަދި އަންރުވާއަށް 2.5 މިލިއަން ޑޮލަރުގެ އެހީ މިދިޔަ ޖުލައި މަހު ފޮނުވާފައިވެއެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ޢުދުވާނުގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން ފަލަސްތީނުގެ 40 ހާހަށްވުރެ ގިނަ މީހުން މިހާތަނަށް ޝަހީދުކޮށްލާފައިވާއިރު، ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ ކާރިސާއެއް ކުރިމަތިވެފައިވާކަމަށް އދއިން ވަނީ ބުނެފައެވެ.

އެތައް ހާސް ބަޔަކު ބަނޑުހައި ހޫނުކަމުގައި ތިބިއިރު، އެމީހުންނަށް ބޭނުންވާ އިންސާނީ އަސާސީ ޚިދުމަތްތައް އިސްރާއީލުން ވަނީ ކަނޑާލާފައެވެ. އަދި ޣައްޒާއަށް އެހީގެ ތަކެތި ވެއްދުމަށް އދ އަށްވެސް އިސްރާއީލުން ހުރަސް އަޅަމުންދާއިރު، އިސްރާއީލުގެ އަމަލުތައް ކުށްވެރިކުރަން އެއްޗެއް ބުނުން ފިޔަވައި މި ގަތުލުއާއްމު ހުއްޓުވުމަށް އިތުރުކަމެއް ކުރުމަށް ބައިނަލްއަގްވާމީ މުޖްތަމައު ވަނީ ނުކުޅެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ، ކުދި ރެނދުތައް ލި
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.