ދިވެހި ރާއްޖޭގެ ހައިކޯޓް: ފޮޓޯ/ ވޮއިސް
ހަބަރު
31 Oct 2024 | 18:50
ރައީސް އައްޔަންކުރާ ސިޔާސީ މަގާމެއްގައި ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ: ހައިކޯޓު

ރައީސް އައްޔަންކުރާ ސިޔާސީ މަގާމެއްގައި ހުރެ ދައުލަތާ ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

ހައިކޯޓުން މިގޮތަށް ނިންމީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގި މައްސަލައެއް ރައްދުވާ މީހެއްގެ ގާނޫނީވަކީލުގެ ހައިސިއްޔަތުން, އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާގިބު އަހްމަދު ކޯޓުގައި ވަކާލާތު ކުރައްވާތީ، ދައުލަތުގެ މަގާމެއް ފުރުއްވަމުންދާ ބޭފުޅެއް، ދައުލަތާއި ދެކޮޅަށް އެފަދަ މައްސަލައެއްގައި ވަކާލާތު ކުރުމަކީ މަސްލަޙަތު ފުށުއެރުމަށް ކަމަށް ބުނެ، އެކަމާ ދެކޮޅަށް ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އިއުތިރާޒު ކުރުމުންނެވެ.

މި އިއުތިރާޒުގެ ރައްދުގައި، ރާގިބު ވިދާޅުވޫ، ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހަކީ ދައުލަތް ނޫން ކަމަށާ އެއީ ސަރުކާރުގެ މުވައްސަސާއެއް ކަމަށެވެ. އަދި ދައުލަތަކީ އޭޖީ އޮފީސް ކަމަށާ، ސިޔާސީ މަގާމެއް ފުރަމުންދިއުމަކީ މިފަދަ މައްސަލައެއްގައި ވަކާލާތު ކުރުމަށް މަނާ ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. 

މި މައްސަލައިގައި ދައުލަތުގެ މުވައްޒަފަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމާމެދު ސަރުކާރު ނުވަތަ ދައުލަތަުގެ ސިޔާސަތަކީ ކޮބައިތޯ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ ސުވާލުކުރައްވާފަ އެވެ.

އެ ސުވާލާ ގުޅިގެން ޕީޖީ އޮފީހުގެ ފަރާތުން ބަންޑާރަ ނައިބުގެ އޮފީހުން ހޯދި ޖަވާބުގައި ވާގޮތުން، ދައުލަތުގެ އެންމެ އިސްވެރިޔާ ރައީސުލްޖުމްހޫރިއްޔާ، އެމަނިކުފާނުގެ މަގާމުގެ ވާޖިބުތައް އަދާކުރުމަށް ބޭނުންވާ މަގާމުތަކަށް އައްޔަންކުރެވޭ ފަރާތްތަކާއި ދައުލަތުން މުސާރަ ދޭ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ތެރެއިން ގާނޫނީ ވަކީލުންގެ ގޮތުގައި ހިމެނޭ ފަރާތްތައް ދައުލަތުގެ އިދާރާއަކާ ދެކޮޅަށް އެ ފަރާތެއްގެ މުވައްކިލު ތަމްސީލުކުރުމަކީ އެ މަގާމަށް އައްޔަންކުރި ފަރާތް ނުވަތަ މުސާރަ ދޭ ފަރާތުގެ މަސްލަހަތާ ދެކޮލަށް މަސައްކަތް ކުރެވޭ ހާލަތެއް ކަަމަށެވެ.

އަދި އޭނާގެ އޭނާގެ އެންމެ މުހިންމު މަސްއޫލިއްޔަތަކަށް ވާންވާނީ ދައުލަތުގެ މަސްލަހަތު އިސްކޮށްގެން ނެގެހެއްޓުމަށް މަސައްކަތްކުރުން ކަމަށްވާތީ ސިޔާސީ މަގާމުތަކަށް އައްޔަންކޮށް އެ މަގާމުގައި ނުވަތަ ދައުލަތުން މުސާރަ ދޭ އެ ނޫން ވެސް އެފަދަ މަގާމުތަކުގައި ތިބޭހާ ހިނދަކު ދައުލަތާ ގުޅުންހުރި މައްސަލަތަކުގައި ދައުލަތާ ދެކޮޅަށް މަސައްކަތްކުރުމަކީ އޭނާގެ ވަކީލުކަމުގެ އަމިއްލަ މަސްލަހަތާއި ދައުލަތުގެ މަސްލަހަތާ ފުށޫއަރާ ހާލަތެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އެފަދައިން ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ދައުލަތާ ދެކޮޅަށް ވަކާލާތު ކުރެވިދާނެކަމަށް ނުފެންނަ ކަމަށް ބަންޑާރަ ނާއިބު ވަނީ ވިދާލުވެފައެވެ. 

މި މައްސަލާގައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، ރާގިބު އަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅެއް ކަމުން، އެ މަގާމުގައި ހުންނަހާ ހިނދަކު ދައުލަތާއި ދެކޮޅަށް ވަކާލާތު ނުކުރެވޭނެ ކަމަށެވެ. އެގޮތަށް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ކަމުގައިވާ  ފަނޑިޔާރު ހުސައިން މަޒީދު، ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރު މުހައްމަދު ސަލީމް ވަނީ އިންތިފާގުވެވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Jun 2026
ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފަޅުތެރޭގައި އުޅަނދުފަހަރު ބެލެހެއްޓުމާއި ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ޑިޖިޓަލައިޒް ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ހާބަރ ޕޯޓަލް" ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފައިވެއެވެ.
26 Jun 2026
ފުވައްމުލަކު ސިޓީ ޤުރުއާނާއި ބެހޭ މަރުކަޒު މިއަދު ހުޅުވައިފި
ފުވައްމުލައް ޤުރުއާނާއި ބެހޭ މަރުކަޒުގައި ފަސް ކުލާސްރޫމާއި، ނަމާދު ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީންގ ރޫމެއް ހިމެނެއެވެ.
26 Jun 2026
މިއަދުގެ ރީތި ތާރީޚް؛ 50 ކައިވެނި، ކޮންބައެއް ކައިވެނިކުރީ
ރީތި ތާރީހުތަކުގައި ކައިވެނި ކުރުން އިތުރަސް ރާއްޖޭގައި ވަރި ގިނަވުމަކީ ގިނަ ބައެއްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
26 Jun 2026
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސީޝެލްސް އަށް
މި ދަތުރުފުޅަކީ ސީޝެލްސްގެ މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް
26 Jun 2026
”ލޭގެ ޞަދާޤާތް“ ލަވަ ރިލީސް ކޮށްފި
މި ލަވަ ރިލީސްކޮށްފައިވަނީ މިއަދު ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ. މިއީ މިއީ ލޭ އެޕް އިން އިސްނަގައިގެން އެހީ ޖަމިއްޔާއާއި ގުޅިގެން ނެރޭ"އިސްލާމިކް ރިދަމް"ގެ އުފެއްދުމެކެވެ. މި ލަވައިގެ މީޑިއާ ޕާޓްނަރަކީ 'ވޮއިސް' އެވެ.
26 Jun 2026
ތިން ދުވަހުން ޓީޖެޓީ ސަރަހައްދު 46 ޓަނުގެ ކުނި، ކުނިއަޅާ މީހުންގެ ފޮޓޯ ފޮނުވައިދޭން އެދިއްޖެ
މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުން ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ ނުވަތަ ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުއްވައިދިނުމަށް ކައުންސިލުން އެދެއެވެ.
26 Jun 2026
ފޮތްކިޔުމުގެ އާދަ މުހިއްމުވަނީ ކީއްވެ؟
ފޮތްކިޔުމަކީ ކޮންމެ އިންސާނެއްގެ ގައިގައިވެސް އަށަގަންނަވަން ޖެހޭ ވަރަށް މުހިންމު އާދައެކެވެ. މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ފެނުނުކަމުގައި ވިޔަސް، ކުޑަކުދިންނާއި، ބޮޑެތި މީހުން އަދި ސްކޫލް ނުވަތަ ޔުނިވާސިޓީ ދަރިވަރުންނަށްވެސް ފޮތް ކިޔުމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. ގަވަޢިދުން ފޮތްކިޔާ މީހަކަށް އާ މަޢުލޫމާތު ލިބުމުގެ އިތުރުން، ބަހުގެ ހުނަރުތައް ކުރިއަރައި، ވިސްނުން ތޫނުވެ، ދުނިޔެއަށް ލޯހުޅުވިގެންދެއެވެ. މިއަދުގެ ދުނިޔޭގައި ގިނަ ބަޔަކު ފޯނާއި، ޓީވީ އަދި ސޯޝަލް މީޑިއާގައި ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. އެހެން ކަމުން ކުރިޔަށްވުރެ ބޮޑަށް ފޮތް ކިޔުމުގެ އާދައަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތް މިވަނީ ވަރަށް ބޮޑަށް އިތުރު ކުރަން ޖެހިފައެވެ.
26 Jun 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަބުގަސްދޮށުގެ / ވ.ފެލިދޫ، ސާޖިދު ޢަބްދުލްމުހައިމިން (27އ) އެވެ.