އޭޑީކޭ ހޮސްޕިޓަލް
ހަބަރު
01 Nov 2024 | 13:04
އާސަންދައަށް ގެނައި ބަދަލާ އެކު ހިދުމަތް ލަސްވެދާނެ: އޭޑީކޭ

އާސަންދަ ރިފޯމް ކުރުމުގެ ގޮތުން އެ ޚިދުމަތް ދޭ އުސޫލަށް ގެނައި ކުއްލި ބަދަލާއެކު، އާސަންދައިގެ ޚިދުމަތް ދިނުމުގައި ދަތިވެ، ލަސްތަކެއް ކުރިމަތިވެދާނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

ސަރުކާރުން އާސަންދަ ރިޕޯމްކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، މިއަދުން ފެށިގެން ”އައުޓް ޕޭޝަންޓުންނަށް“ އާސަންދަ ދޫކުރާނީ ޕްރައިވެޓް އިންޝުއަރެންސުން ކެނޑުމަށްފަހުކަމަށް އިއްޔެ ވަނީ އިއުލާން ކޮށްފައެވެ. 

އެކަމާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުން ނެރުނު ބަޔާނުގައިވަނީ، މި ބަދަލާ ގުޅިގެން ލާޒިމުކޮށްފައިވާ ގޮތަށް، ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ އިންޝުއަރެންސް އޮތްތޯ ޔަގީންކުރާނެ ކަމަށެވެ.

އާސަންދައިގެ ދަށުން ދޭ ޚިދުމަތްތަކަކީ ސޮފްޓްވެއާއެއްގެ ދަށުން އެ ހޮސްޕިޓަލުން ދެމުން އަންނަ ޚިދުމަތެއްކަން ފާހަގަކޮށް، އޭޑީކޭއިން ބުނީމި ފަދަ ބޮޑު ބަދަލެއް ކުއްލި ގޮތަކަށް ގެނައުމުގެ ސަބަބުން، ސޮފްޓްވެއާއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން، އެ ބަދަލުތަކަށް މުވައްޒަފުން އަހުލުވެރި ކުރުވަން އެއްވެސް ވަގުތެއް ލިބިފައިނުވާ ކަމަށެވެ.

އެހެން ކަމުން، މި ބަދަލުތަކާއެކު ޚިދުމަތް ދިނުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކާ ކުރިމަތިވެ، ޚިދުމަތް ފޯރުކޮށްދިނުމުގައި ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭޑީކޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އާސަންދައިން ނިންމި ނިންމުމުގައި ވަނީ އިންޝުއަރެންސް ހަމަވުމަށްފަހު ނޫނީ އެނދުމަތިނުކޮށް ދެވޭ ފަރުވާއަށް އާސަންދައިގެ ޚިދުމަތް ނުދިނުމަށެވެ. އެހެން ނަމަވެސް އަމިއްލަ އިންޝުއަރެންސުން ކަވަރުނުކުރާ އެނދުމަތިނުކޮށްދެވޭ ފަރުވާއެއް އާސަންދައިން ކަވަރުކުރާނަމަ، އެ ޚިދުމަތަކަށް އާސަންދަ ލިބިގެންދާނެ ކަމަށް އޭޑީއޭއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Sep 2026
ދިރާގުގެ އިތުރު ހިއްސާއެއް ސަރުކާރަށް ގަތުމަކީ ބޭކާރު ޚަރަދެއް: ނަޝީދު
ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ދިރާގަކީ ސިޔާސީ ނުފޫޒާއި ބާރުވެރިކަން ނުފޯރާ، ރައްޔިތުންގެ ހަމައެކަނި ކުންފުންޏެވެ. އޭގެ ސަބަބަކީ އެ ކުންފުނި ޕްރައިވެޓައިޒް ކޮށްފައިވުމާއި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އެ ކުންފުނީގައި ނެތުމެވެ.
07 Sep 2026
ބުޅަލަށް ކާންދޭ މައްސަލަ ބޮޑު ބަހުސަކަށް؛ ބުޅާތަކުގެ ހައްގުގައި އެއްވުމެއް!
މާލެ ސަރަޙައްދުގައި ބުޅާ ގިނަވެ، އެ ތަކެއްޗަށް ކާންދިނުމާއި ބެލެހެއްޓުމުގެ މައްސަލައަކީ އަބަދުވެސް އާންމުންގެ މެދުގައި ހޫނު ބަހުސެއް ހިނގާ ކަމެކެވެ. ނަމަވެސް، ފަހަކަށް އައިސް މީސްމީޑިއާގައި ދައުރުވި ވީޑިއޯއަކާ ގުޅިގެން މި މައްސަލަ މިވަނީ އިންތިހާއަށް ހޫނުވެ، ބޮޑު އިޖުތިމާޢީ ކަންބޮޑުވުމަކަށް ބަދަލުވެފައެވެ. އެއްބަޔަކު ޖަނަވާރުންގެ ހައްގުތަކާއި ކުލުނުގެ ވާހަކަ ދައްކާއިރު، އަނެއް ބަޔަކު ފާހަގަކުރަނީ އާންމު ސާފުތާހިރުކަމާއި ސިއްހީ ނުރައްކާތަކުގެ ވާހަކައެވެ.
07 Sep 2026
އަންނަ މަހުން ފެށިގެން މުއްސަނދިންނަށް އާސަންދަ ދޭ އުސޫލް ބަދަލުކުރަނީ
އެގޮތުން އާމްދަނީގެ ގޮތުގައި 65،000 މަތީގެ މުސާރަ ލިބޭ ފަރާތްތަކަށް މިހާރު ލިބޭގޮތަށް އާސަންދަ ދެމުން އަންނަ ގޮތް ބަދަލުވާނޭކަމަށް ރައީސް ވިދާޅުވިއެވެ
07 Sep 2026
ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ ގަތުމަށް ސަރުކާރުން ނިންމައިފި
އެމްޑީޕީގެ ސަރުކާރުގައި ވިއްކާލާފައިވާ ދިރާގު އަދި އެމްޑަބްލިއުއެސްސީގެ ހިއްސާ އަނބުރާ ހޯދައި، ދިރާގުގައި ސަރުކާރުގެ އޮންނަ ހިއްސާ %51 އަށް ބޮޑު ކުރުމަށް ނިންމައިފިއެވެ.
07 Sep 2026
ފެނަކައާއި އާރްޑީސީ އުވާލާ، މަސައްކަތް ސްޓެލްކޯއާއި އެމްޓީސީސީއަށް
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ފެނަކަ އުވާލައި، ދެ ކުންފުނީގެ މަސައްކަތް ސްޓެލްކޯއާއި އެމްޓީސީސީއާ ހަވާލުކުރަން ސަރުކާރުން ނިންމައިފިއެވެ.
07 Sep 2026
އޭޑީކޭއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ރޮބޮޓިކް ސާޖަރީ ކުރަން ފަށައިފި
އޭޑީކޭގެ ޗެއާމަން ނާޝިދު ސިފަކުރެއްވީ މިކަމަކީ، އީ ޞިއްޙީ ޚިދުމަތް ހޯދުމުގައި ރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޤައުމަކަށް ހެދުމަށް އެޅުނު ބޮޑު ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.
07 Sep 2026
ހަތަރުވަނަ އޭޓީވީ ފާތުމަތު އަޒުމާއަށް
އުރީދޫ މޯލްޑިވްސްއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ 'ހިނގާ' އޭޓީވީ ޕްރޮމޯޝަންގެ ހަތަރުވަނަ ނަސީބުވެރިޔަކަށް ލ. މާބައިދޫ، ފާތުމަތު އަޒުމާ ހޮވިއްޖެއެވެ.
07 Sep 2026
ފެނަކަ އަދި ހޮސްޕިޓަލް އޭ އަށް ވިދިވިދިގެން ތިންވަނަ މޮޅު
އދ. މަހިބަދޫގައި ކުރިއަށްދާ "ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތް" ގައި އިއްޔެ ކުޅުނު ފޯރިގަދަ މެޗުތަކުން ފެނަކަ އަދި ހޮސްޕިޓަލް އޭ ޓީމު މޮޅުވެއްޖެއެވެ.