ބީއެމްއެލް މޮބައިލް އެޕް: ފޮޓޯ/ ބީއެމްއެލް
ވިޔަފާރި
01 Nov 2024 | 18:04
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކާޑު ލިމިޓް އިތުރުކުުރުމަށްޓަކައި ރަޖިސްޓްރީވާން ހުޅުވާލައިފި

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކާޑު ލިމިޓް އިތުރުކުރުމަށްޓަކައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއަދުން ފެށިގެން ބޭރުގައި ކިޔަވާ ދަރިވަރުންނަށް މަހަކު 1،200 އެމެރިކާ ޑޮލަރުގެ ލިމިޓެއް ދޭން ބީއެމްއެލްއިން ވަނީ ނިންމާފައެވެ. 

މި އައު ލިމިޓް ހޯދުމަށް ދަރިވަރުން ސްޓޫޑަންޓް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. 

ްރަޖިސްޓްރީ ވުމަށްޓަކައި ބޭނުންވާ ލިޔެކިޔުންތަކަކީ؛

* ޕާސްޕޯޓުގެ ކޮޕީއެއް

* ސްޓޫޑަންޓް ވިސާ

* ޔުނިވަރސިޓީ ނުވަތަ ކޮލެޖުން ދޫކޮށްފައިވާ އެންރޯލްމަންޓް/އެކްސެޕްޓަންސް ސިޓީ. މި ސިޓީގައި ދަރިވަރުގެ މަޢުލޫމާތާއި، ކިޔަވާ ކޯހުގެ ނަމާއި، ފެށޭ ތާރީޚާއި މުއްދަތު ހިމަނަން ޖެހެއެވެ.

އިތުރުކުރެވޭ ލިމިޓް ޕްރޮސެސް ކުރެވޭނީ އެއް ދުވަހުގެ ތެރޭގައި ކަމަށް ބޭންކުން މަޢުލޫމާތު ދީފައިވެއެވެ. އަދި ދަރިވަރުންނަށް އެމީހުންގެ ރިކުއެސްޓް ސްޓޭޓަސް ސްޓޫޑަންޓް ޕޯޓަލް މެދުވެރިކޮށް ބެލޭނެ ކަަމަށާ، ޕްރޮސެސް ކުރެވުމުން މޮބައިލް އެޕް މެދުވެރިކޮށް ނޯޓިފިކޭޝަން ލިބޭނެ ކަމަށެވެ. 

ބީއެމްއެލް އިން އިތުރަށް ބުނީ، ރަޖިސްޓްރީ ކުރުމަށްފަހު، އައު ލިމިޓް ބޭނުންކުރެވޭނީ ސްޓޫޑަންޓް ޕޯޓަލް މެދުވެރިކޮށް ޚިޔާރުކުރާ ޑެބިޓް ކާޑަކުން ކަމަށާ، އަދި މި ލިމިޓް ބޭނުންކުރެވޭނީ ދަރިވަރު ދިރިއުޅޭ ޤައުމުގައި ކަމަށެވެ.

 މީގެ އިތުރުން، މި ލިމިޓްގެ ތެރެއިން 250 އެމެރިކާ ޑޮލަރު އެހެން ބޭރު ޤައުމުތަކުގައި ބޭނުންކުރެވޭނެ ކަމަށްވެސް ބުންޏެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.