މީޑިއާ ކައުންސިލް ނަން ބޯޑް/ ފައިލް ފޮޓޯ
ހަބަރު
02 Nov 2024 | 07:50
ނޫސްވެރިކަމުގެ އެވޯޑްގެ ބައެއް ކަންކަން އުސޫލްތަކާ ހިލާފް: ފަނޑިޔާރުން


މޯލްޑިވްސް މީޑިއާ ކައުންސިލްގެ 11 ވަނަ ނޫސްވެރިކަމުގެ އިނާމުދިނުމުގެ ބައެއް ކަންކަން މިފަހަރު ކުރިއަށްގެންގޮސްފައިވަނީ، އުސޫލްތަކާ ހިލާފަށްކަމަށް އެވޯޑްތަކަށް އިންސާފްކުރެއްވި ފަނޑިޔާރުންގެ ޓީމުން ހާމަކޮށްފިއެވެ.

މައްސަލަ ބޮޑުވެފައިވާ މީޑިއާ ކައުންސިލްގެ ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑާ ގުޅޭގޮތުން ފަނޑިޔާރުންގެ ޓީމުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އެންމެ ފުރަތަމަ ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑް ދީފައިވާ އުފެއްދުމަކީ ދިވެހި މީޑިއާގެ އހަުލާގީ މިންގަނޑުގައި ބަޔާންކޮށްފައިވާ އުސޫލްތަކާ ހިލާފް ކޮންޓެންޓެއްކަން މީގެ ކުރިން މީޑިއާ ކައުންސިލުން އެ ކޮންޓެންޓާ ގުޅޭގޮތުން ނެރެފައިވާ ނެރެފައިވާ ބަޔާނަކުން ހެކިދޭކަމަށެވެ. ފަނޑިޔާރުން ބުނީ، އެކަން ފާހަގަވުމުން ކައުންސިލްގެ ކަމާބެހޭ ކޮމިޓީއަށް ހުށަހެޅި ނަމަވެސް ޒިންމާދާރުކަމާއެކު ޖަވާބުދާރީ ވެފައި ނުވާކަމަށެވެ.

މީގެ އިތުރުން މިފަހަރުގެ އެވޯޑުގައި ފަނޑިޔާރުކަން ކުރުމަށް ދީފައިވާ ފުރުސަތު ހަނިކޮށްފައިވާކަން ފާހަގަކުރަމުން އެ ބަޔާނުގައި ބުނީ އެ އެވޯޑަށް އިންސާފުކުރުމުގައި 80 އިންސައްތަ ފަރުމާކޮށްފައި އޮތީ ވީޑިއޯ އުފެއްދުމުގެ ޓެކްނިކަލް ކޮލިޓީސްތަކަށް މާކްސްދޭންޖެހޭ ގޮތަށް ކަމށެވެ. އެގޮތުން ތަހުގީގީ ނޫސްވެރިކަމަށް މާކުސް ދެވޭނެ ނަޒަރިއްޔާތަކުން އެކަން ކުރެވިފައި ނެތްކަމަށް ފަނޑިޔާރުން ނެރުނު ބަޔާނުގައި ފާހަގަކުރިއެވެ.

މި ބަޔާނުގައި އިތުރަށް ބުނީ ހުށަހަޅާފައިވާ ހުރިހާ އުފެއްދުންތައް ފަނޑިޔާރުންނާ ހިއްސާކޮށްފައި ނުވާކަމަށެވެ. އަދި މީގެ ކުރީ އަހަރުތަކުގައި މާކުސްދީ ނިމުމުން ހަވާލުކުރަނީ ސިޓީއުރައިގައި ބަންދުކޮށް، ސީލްކުރުމަށްފަހު އެކަމަށް ކަނޑައަޅާފައި އޮންނަ އޮޑިޓް ފާމަށް ނަމަވެސް މިފަހަރު އެކނަ ްއެ އުސޫލުން ކޮށްފައި ނުވާކަމަށެވެ.

މީޑިއާ ކައުންސިލްގެ މި އެވޯޑް މައްސަލާގައި ކޮމިޝަނުގެ ރައީސް އަހުމަދު މުސްތޮފާ ވެސް ވަނީ މަގާމުން ވަކިކުރައްވާފައެވެ. ނަމަވެސް މުސްތަފާ ނެރުއްވި ބަޔާނަށްފަހު އޭނާގެ ވަޒީފާ ވަނީ އަލުން އިއާދަކޮށްފައެވެ.

މީޑިއާ ކައުންސިލްގެ އެވޯޑް ކަންކަން ކުރިއަށް ގެންދަނީ އެތަނުގައި އެކަމަށް ކަނޑައަޅާފައި އޮންނަ އިނާމު ކޮމިޓީއަކުންނެވެ. މި މައްސަލާގައި މިހާރު ބަޔާނެއް ނުނެރެނީ ހަމައެކަކި އިނާމް ކޮމިޓީންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.