ވެލެންސިއާގައި ފެންބޮޑުވެފައި؛ މި ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި-- ފޮޓޯ: ޔޫރޯ ވީކްލީ ނިއުސް
ދުނިޔެ
02 Nov 2024 | 14:12
ސްޕެއިންގައި ފެންބޮޑުވެ 200 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ސްޕެއިންގެ އިރުމަތީގައި އޮންނަ ވެލެންސިއާގައި ފެންބޮޑުވެ 200 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

މިއީ މިހާތަނަށް ސްޕެއިން އަށް ކުރިމަތިވި އެންމެ ވަރުގަދަ ފެންބޮޑުވުމުގެ ކާރިސާއަށް ވާއިރު، މިއީ 1970 ގެ ފަހުން ޔޫރަޕަށް ކުރިމަތިވި އެންމެ ނުރައްކާތެރި އެއް ކާރިސާއެވެ.

މިކަމާއި ގުޅިގެން، އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ބުނި ގޮތުގައި، މި ހާދިސާގައި އެ ސަރަހައްދުގެ 90 އިންސައްތަ އަށް ވުރެ ގިނަ ގެތަކަށް އެކިވަރުގެ ގެއްލުންތައް ވެފައިވާއިރު، މިހާތަނަށް 205 މީހުން ވަނީ މަރުވެފައެވެ.

މަރުވެފައިވާ މީހުން ބޭތިއްބުމަށްޓަކައި، ވަގުތީ މޯޗަރީ އެއް ހުޅުވާފައިވާއިރު، ކުރިއަށް އޮތް ތަނުގައި ވެސް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ ހާލަތު އިތުރަށް ގޯސްވާނެކަމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މި ހާދިސާގައި ގެއްލުނު މީހުން ހޯދުމަށް އެކި ސަރަހައްދުތަކުގައި 500 ސިފައިން ހަރަކާތްތެރިވަމުން އަންނައިރު، ހާލަތަށް ބަދަލެއް ނާންނާތީ މި ހާދިސާއާއި ގުޅިގެން މަރުވެފައިވާ މީހުންގެ އަދަދު މައްޗަށްދާނެ ކަމަށް އެގައުމުން ލަފާކުރެއެވެ.

އެއް އަހަރުދުވަހުގެ ވާރޭ އެންމެ 8 ގަޑިއިރު ތެރޭގައި ވެހިފައިވާއިރު، ކޯރުތައް ބަންޑުން ޖަހާލުމުގެ ސަބަބުން، އެގައުމުގެ މަގުތަކާއި ރެއިލްވޭ ތަކުގެ އިތުރުން ބްރިޖްތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ، ކުދި ރެނދުތައް ލި
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.
11 Sep 2026
ދީނުގެ އަސާސްތައް ދެމެހެއްޓުމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކުރަންޖެހޭ
ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމަށް ދެމެހެއްޓުމަށްޓަކައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
11 Sep 2026
އަލްޖީރިއާއިން ޔޫއޭއީއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށް އަލްޖީރިއާއިން ބުނެފިއެވެ.
11 Sep 2026
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެދިއްޖެ
މި ދުވަސްވަރު ރާއްޖޭގެ ސަރަހައްދުގައި ވައިބާރުވެ، ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.