ވަޒީރު އާދަމް ޝަރީފް އުމަރު-- ފޮޓޯ: މިނިސްޓްރީ
ހަބަރު
02 Nov 2024 | 13:38
ކައުންސިލުތަކުގެ ދައުރު މިހާރަށް ވުރެ ވެސް ބޮޑު ކުރަން ޖެހޭ: ވަޒީރު އާދަމް ޝަރީފް

ރަށްރަށުގެ ތަރައްޤީއަށް ކުރާ ކަންކަމުގައި ކައުންސިލްތަކުގެ ދައުރު މިހާރަށްވުރެ ބޮޑުކުރަން ޖެހޭކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކޮޅުމަޑުލު އިސްރަށްވެހިންގެ މަހާސިންތާ 2024 ހުޅުވައިދެއްވުމަށް ރޭ ކޮޅުމަޑުލުގެ ވެރިރަށް ވޭމަންޑޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ކައުންސިލުތަކަށް އޮންނަ ހިއްސާއާ ދައުރު މިހާރަށް ވުރެ ވެސް ބޮޑުވުމަކީ، ދެކެން ބޭނުންވާ މަންޒަރާއި، އުންމީދުކުރާ ދުވަސް ކަމަށެވެ.

ވަޒީރު ވިދާޅުވީ، ސަރުކާރުގެ ފަރާތުން ކުރާ ކޮންމެ ކަމެއް ކުރުމުގައި ރައްޔިތުންނާ ހަމައަށް އައިސްގެން އެ ކަމެއް ކުރާ ކަމަށް ވާނަމަ، އެ ކަމެއްގައި ރަށްރަށުގެ ކައުންސިލްގެ ދައުރު އޮންނަންޖެހޭ ކަމަށާއި، ކައުންސިލުގެ ހިއްސާ އިތުރު ކުރަންޖެހޭ ކަމަށެވެ.

"ރަށްރަށުގައި ކުރާ ކަންތައްތައް އެއީ ނަރުދަމާ ކަމަށް ވިއަސްވެސް، އެއީ ފެނުގެ ޚިދުމަތް ކަމަށް ވިއަސްވެސް، ނުވަތަ ކަރަންޓުގެ ޚިދުމަތެއް ކަމަށް ވިޔަސްވެސް، ނުވަތަ އެ ރަށެއްގައި ދައުލަތުން ނުވަތަ ސަރުކާރުގެ ފަރާތުން ވަކި މުއައްސަސާއެއް ޤާއިމްކުރުން ކަމަށް ވިޔަސްވެސް، އެ ކަމެއް ކުރުމުގައި ރައްޔިތުންގެ ފަރާތުން ވާހަކަދައްކާ މަޝްވަރާކުރަން ތިބޭ ބަޔަކީ ކައުންސިލުތައް"

ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

މިހާ ހިސާބަށް މި އައިއިރު ވެސް ލާމަރުކަޒީ ނިޒާމަށް ބަދަލުގެނައުމަށް ޓަކައި ޤާނޫނު އަސާސީ ވެސް ބަދަލުކޮށްފައިވާއިރު، ލާމަރުކަޒީ ޤާނޫނަށް ގިނަ އިޞްލާޙުތަކެއް މިހާރު ވެސް ގެނެވިއްޖެ ކަން ފާހަގަކުރައްވަމުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ރަނގަޅުކުރުމަށް ޓަކައި ކޮންމެ ސަރުކާރަކުން ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށާ، މި ނިޒާމު ފުރަތަމަ ތަޢާރަފުކުރެވުނު އިރުގައި ވެސް ނިޒާމުގައި ރަނގަޅުކުރަންޖެހޭ އެތައް ކަމެއް ހުރިކަމަށެވެ.

އެހެންނަމަވެސް ރައްޔިތުން ވޯޓުދީގެން، ރައްޔިތުންގެ ޙައްްޤުގައި ބަސްބުނަން ތިއްބެވި ބޭފުޅުންނަކީ ކައުންސިލަރުން ކަމަށް ވާތީ، ރައްޔިތުންގެ ހައްޤުގައި ވަކާލާތު ކުރުމުގެ ފުރުޞަތާއި، ރައްޔިތުން ބޭނުންވާ ކަންތައްތައް ވިދާޅުވުމުގެ ފުރުޞަތު ކައުންސިލަރުން އެބަ އޮތް ކަމަށާއި، މިއަދު ކޮންމެ ނިންމުމެއް ނިންމަނީ މާލޭން ނޫން ކަމަށް ވެސް ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.