ރައީސް ޑރ.މުއިއްޒު
ހަބަރު
02 Nov 2024 | 18:49
ގާނޫނުގައި ބުނާ އަދަދަށް ކައުންސިލްތަކަށް މާލީ އެހީ ލިބޭނެ: ރައީސް

ޤާނޫނުނުތަކުގައި ބަޔާންކޮށްފައިވީނަމަވެސް، މިހާތަނަށް ކައުންސިލްތަކަށް ދީފައިނުވާ ފައިސާ އަދުގެ ސަރުކާރުން ދޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި މިއަދު ހުޅުވި، ކެޓްޝެލްޓަރ ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ލާމަރުކަޒީ ނިޒާމް އެންމެ ފުރިހަމައަށް ހިންގުމަށް މި ސަރުކާރުން މަސައްކަތްކުރަމުންދާކަމީ ފެންނާންއޮތް ހަގީގަތެއް ކަަށެވެ. ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަމަށާއި، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުމަށް ފުރުސަތުތައް ފަހިކޮށްދީފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މިގޮތުން ކައުންސިލްތަކަށް ފަޅުރަށްތައް މަގުފަހިކޮށްދީފައިވާއިރު، ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ވަކި އިންސައްތައެއް ކައުންސިލްތަކަް ޖަމާކޮށްދިނުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. 

ބްލޮކް ގްރާންޓްގެ 5 ޕަސެންޓް އެއީ ގާނޫނުގައި އޮތްގޮތް. އެ ގާނޫނު އޮތްގޮތަށާް ހުރިހާ ކައުންސިލްތަކަށް މިފަހަރުގެ ބަޖެޓް ފާސްވާއިރު ބްލޮކް ގްރާންޓަށްވާ ފަސް ޕަސެންޓް ލިބޭނެ

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ

ރައީސް ވިދާޅުވީ މީގެކުރިން ގާނޫނުގައި ލިޔެވިފައި، އެހެންނަމަވެސް ކައުންސިލްތަކަށް ނުދެވިހުރި އެހީތެރިކަން ދޭނޭކަން އިއުލާންކުރުން އޮންނާނޭ ކަމަށެވެ. 

ރައީސް ޑރ.މުއިއްޒު ވިދާޅުވީ ކައުންސިލްތަކަށް ޒިޔާރަތްކުރުމުން އެނގިގެންދަނީ އެތަންތަނުގެ އިމާރާތްތައް ނުހެދިހުރި ތަންކަމަށާއި، މި ސަރުކާރުން މިއަހަރުގެ ތެރޭގައި 50 ކައުންސިލެއްގެ ކައުންސިލް އިމާރާތް ކުރުމުގެ މަސައްކަތް ފަށާނޭކަމަށެވެ. އަދި މި ދައުރުގައި 120 އަށްވުރެ ގިނަ ކައުންސިލް އިދާރާ އެޅުމުގެ މަސައްކަތް ކުރެވިގެންދާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިހާތަނަށް އެމަނިކުފާނު ބައްދަލުކުރެއްވި 160 ކައުންސިލުން އެދުނު ކަންކަން ތަންފީޒުވަމުން ދާކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.