ރައީސުލްޖުމްހޫރިއްޔާ ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ބައްލަވައިލައްވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
03 Nov 2024 | 09:27
ރައީސުލްޖުމްހޫރިއްޔާ، ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ހުޅުވައިދެއްވައިފިއެވެ. އެމަނިކުފާނު މި މައުރަޒު ހުޅުވައިދެއްވީ އެކަމަށްޓަކައި ޚާއްޞަކޮށްގެން މިއަދު ހެނދުނު ނޭޝަނަލް އާޓް ގެލެރީގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައެވެ.

ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ހުޅުވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ މި މައުރަޒު ބައްލަވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުވައިދެއްވި ސިފައިންގެ މައުރަޒުން ފެނިގެންދާނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި އެދުވަހު ނަޞްރު ހޯދުމަށް ސިފައިން ދެއްކި ހިތްވަރެވެ. އަދި މި މައުރަޒުގެ މައިގަނޑު އެއް ބޭނުމަކީ ނަޞްރުގެ ދުވަހުގެ މަޢުލޫމާތު އަދުގެ ޖީލަށް ބުނެދިނުމެވެ. މި މައުރަޒުން ގާތްގަނޑަކަށް 200 އަށްވުރެ ގިނަ ޑިސްޕްލޭ ފެންނަން ހުންނާނެއެވެ. އެހެން އަހަރުތަކާ ޚިލާފަށް މިއަހަރުގެ މައުރަޒުގައި ފޮޓޯގެ އިތުރުން ނަޞްރުގެ ދުވަހު ބޭނުންކުރެއްވި ބައެއް އަސްލު ހަތިޔާރާއި ބައެއް ތަކެތި އާންމުންނަށް ދައްކާލުމަށް ބަހައްޓާފައިވެއެވެ.

ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ކުރިއަށްދާނީ ނޮވެންބަރު 3 އިން 9 އަކަށް ނެޝަނަލް އާޓް ގެލެރީގައެވެ. އަދި މި މައުރަޒު އާންމުންނަށް ބަލައިލުމަށް ހުޅުވާފައި ހުންނާނީ ހެނދުނު 0900 އިން 1200 އަށް، މެންދުރުފަހު 1400 އިން 1800 އަދި ރޭގަނޑު 2000 އިން 2200 އަށެވެ.

ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު 2024 ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އިތުރުން ސިފައިންގެ އިސްވެރިންނާއި ވަޒީރުން އަދި ދަޢުލަތުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަހަރުގެ ނަޞްރުގެ ދުވަސް ފެށިގެން ދިޔައީ ބޮޑު ޖަމާޢަތުގައި ކުރެއްވި ފަތިސް ނަމާދުންނެވެ. އަދި އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ނަޝީދުގެ ބޮޑު ބަދަލަށް ތާއީދެއް ނުކުރަން، އެ ނިޒާމު ވޯކެއް ނުކުރާނެ: ޔާމީން
"ބޮޑު ބަދަލު" ގެ ނަމުގައި ވެސް ކުރައްވަނީ އެ މަަސަައްކަތްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެ ބަދަލަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ވައިގެ މަގުން 5212، ކަނޑުމަގުން 1070 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، ނުފެނުނު
ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްެއެންޑީއެފުން ދެންމެ ބުނެފި އެވެ.
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.