ޕާކިސްތާނު ސަފީރު، ތާލިބާނުންގެ މަންދޫބާ ބައްދަލުކުރަނީ
ހަބަރު
03 Nov 2024 | 15:49
ޕާކިސްތާނު ސަފީރު އަފްޣާނު މަންދޫބާ ބައްދަލުކުރީ ހުއްދަ ނުހޯދައި: ޚާރިޖީ ވުޒާރާ

ޕާކިސްތާނަށް ކަނޑައަޅާފައި ހުރި ދިވެހި ސަފީރު އަފްޣާނިސްތާނުގެ މަންދޫބަކާ ބައްދަލުކުރީ ސަރުކާރުގެ ހުއްދަ ނެތިކަމަށް ޚާރިޖީ ވުޒާރާއިން މިއަދު ހާމަކޮށްފިއެވެ.

ތާލިބާނުންގެ މަންދޫބު ސަރުދާރު އަހުމަދު ޝަކީބާއި ސަފީރު ތޯހާއާ ޕާކިސްތާނުގައި ބައްދަލުކުރައްވާ މަންޒަރުގެ ފޮޓޯތަކެއް ބައިނަލްއަގުވާމީ މީޑިއާތަކުގައި މިދިޔަ ދެ ދުވަހު ރިޕޯޓުކޮށްފައިވެ އެވެ.

މިކަމާއި ގުޅިގެން ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިސްލާމާބާދުގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނަރާއި އަފްޣާނިސްތާނުގެ މަންދޫބަކާ ދެމެދު ބޭއްވުނު ބައްދަލުވުމަކީ ދިވެހި ސަރުކާރުގެ ހުއްދަ ލިބިގެން ބޭއްވުނު ބައްދަލުވުމެއް ނޫން ކަމަށެވެ. އަދި މިކަމާ ގުޅިގެން ސަރުކާރުން އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް އަޅާފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މީގެއިތުރުން، ރާއްޖޭން ގައުމުތަކުގެ ސަރުކާރުތައް ބަލައިގަތުމުގައި ސުވާލެއް އުފެދޭ ހާލަތެއްގައި، އދ.ގެ ޖެނެރަލް އެސެމްބްލީން ޢަމަލުކުރާ އުސޫލުތަކަށް ދިވެހި ސަރުކާރުން ތަބާވާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މި އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން، އދ.ގައި އަފްޣާނިސްތާނު ތަމްސީލުކުރާ ސަރުކާރަކީ އަފްޣާނިސްތާނުގެ ޝަރުޢީ ސަރުކާރު ކަމުގައި ދިވެހިރާއްޖެއިން ބަލާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

މި ކަމާއި ގުޅިގެން ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތަފްސީލު ހާމަކޮށްފައި ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.