އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު: ފޮޓޯ/ އެމްޑީޕީ
ހަބަރު
03 Nov 2024 | 16:22
2025 ވަނަ އަހަރުގެ ބަޖެޓަކީ ރައްޔިތުންގެ ޖީބަށް އަތް ބާނާނެ ބަޖެޓެއް: ޝާހިދު

2025 ވަނަ އަހަރުގެ ބަޖެޓަކީ ރައްޔިތުންގެ ޖީބަށް އަތް ބާނާނެ ބަޖެޓެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެއެވެ.

2025 ވަނަ އަހަރުގެ ބަޖެޓާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ މި ބަޖެޓުން ފެންނަނީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދޭނެ ގޮތެއް ހޯދިފައި ނެތް ކަން ކަމަށެވެ.

ޝާހިދު ފާހަގަކުރެއްވި ގޮތުގައި ރައީސް މުޢިއްޒު އިންތިޚާބުގެ ތެރޭގައި ވިދާޅުވެފައިވަނީ ރާއްޖޭގެ މާލީ ހާލަތު އެނގިވަޑައިގަންނަވާ ކަމަށާއި އަދި ވަޢުދުތައްވެސް ފުއްދަވާނެ ކަމަށެވެ. އެހެންނަމަވެސް، ވެރިކަމަށް އަހަރެއްވާން ގާތްވެފައި އޮތްއިރު ހުށަހެޅުއްވި ބަޖެޓުގައި ރަނގަޅު ޕްލޭނެއް، ރޭވުންތެރިކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ބަޖެޓުން ރައްޔިތުންނާއި ވިޔަފާރިތަކުން ނަގާ ޓެކްސްތައް ބޮޑުކުރީމާ އެ ފަރާތްތަކުގެ ފުއްދުންތެރިކަން ދަށްވެ، އިޤްތިސާދީ ނަފާއަށް ނޭދެވޭ އަސަރު ކުރާނެ. ޓެކްސް އާމްދަނީއާ ނުބައްދަލު މިންވަރަކަށް ޚަރަދު ބޮޑުކުރުމުން މާލީ ދެމެހެއްޓެނިވިކަން ގެއްލިގެންދޭ." ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މި ބަޖެޓުގައި ރައްޔިތުންނާ ގުޅުންހުރި ޚައްސާސް ބައިތަކުން ޚަރަދު ކުޑަ ކުރާނެ ކަމަށް ބުނާއިރު، ސަރުކާރުން ކުރާ އިސްރާފާއި، ސިޔާސީ މަޤާމްތަކުގެ މުސާރައާއި އިނާޔަތްތަކަށް ހޭދަކުރާ މިންވަރު ކުޑަކުރާކަށް މަސައްކަތް ކުރާ ތަނެއް ބަޖެޓުން ނުފެންނަ ކަމަށެވެ.

އަދި ދައުލަތުގެ ރިކަރަންޓް ޚަރަދު މައްޗަށް ދާއިރު، މި ބަޖެޓު ފޫބައްދަން 16.9 ބިލިއަން ރުފިޔާ ހޯދަން ޖެހޭ ކަމަށާއި، މި ފައިސާ ހޯދާނެ ގޮތުގެ ހަރުދަނާ ރޭވުންތެރިކަމެއް ބަޖެޓުން ނުފެންނަ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"މި ބަޖެޓުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު އަންނަ އަހަރު ދަށްވާނެ. ވިޔަފާރިތަކުގެ ފައިދާ ދަށްވާނެ. އިޤްތިސާދީ ދުވެލި ބުރަކި ޖެހޭނެ," ޝާހިދު ވިދާޅުވިއެވެ.

‏”މި ބަޖެޓަކީ ރައްޔިތުންގެ އުއްމީދުތަކުގައި ކޮޅުފައިން ޖަހާ ރައްޔިތުންގެ ޖީބަށް އަތް ބާނާނެ ބަޖެޓެއް.“

އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު

ޝާހިދު ވިދާޅުވި ގޮތުގައި ސަރުކާރުން ދަނީ އެމްޑީޕީ ސަރުކާރުން ގެނައި ހާމަކަން ބޮޑު ދެފުށް ފެންނަ ސިޔާސަތު ބަދަލުކޮށް، ސިއްރުވެރި ވަންހަނާ ސިޔާސަތަކަށް ބަދަލުކުރަމުންނެވެ. އެގޮތުން، ބަޖެޓުގައި އަބަދުމެ ހުންނަ ތަފްސީލުތައް ސަރުކާރުން ފޮރުވާފައިވާ ކަމަށާ ބަޖެޓުގެ މުހިއްމު ތާވަލުތައް ވަނީ ގެއްލުވާލައިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

‏ދައުލަތުގެ ބަޖެޓުގެ އެންމެ ބޮޑު 2 ބަޔަކީ މުވައްޒަފުންގެ މުސާރަ އާއި ތަރައްޤީގެ މަޝްރޫޢުތައް. މުވައްޒަފުންގެ މުސާރަ ބެހިގެންދާ ގޮތުގެ ތަފްސީލެއް ބަޖެޓުގައި ނެތް. ތަރައްޤީ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ 12 ބިލިއަން ރުފިޔާ ޚަރަދު ކުރަނީ ކޮން ރަށެއްގެ ކޮން މަޝްރޫޢަކަށް ކަމެއް އެނގޭކަށް ނެތް.

އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު

‏މީގެ ސަބަބުން ރައްޔިތުންނަށާއި ރައްޔިތުންގެ މަންދޫބުންނަށް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ހުރަސް އެޅި ވައްކަމާއި ފަސާދައަށް މި ބަޖެޓު ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.