ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ..
ހަބަރު
03 Nov 2024 | 22:07
ސިފައިންނާއި ފުލުހުން އިތުރުކޮށް ތަމްރީނުކުރުމަށް 400 މިލިއަން ރުފިޔާގެ ބަޖެޓެއް ވާނީ ހަމަޖައްސާފައި: ރައީސް

ސިފައިންނާއި ފުލުހުން އިތުރުކޮށް ތަމްރީނުކުރުމަށް 400 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ.މުއިއްޒު މިރޭ ވިދާޅުވީ، ސިފައިންނާއި ފުލުހުން އިތުރުކުރުމަށް ސަރުކާރުން ނިނބްމާފައިވާކަމަށެވެ. ނެޝަނަލް ސާވިސް ނަމުގައި ކުރިއަށްްގެންދާ މި ޕްރޮގްރާމަކީ ވަރަށް ހާއްސަ ޕްރޮގްރާމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ޕްރޮގްރާމުގެ ދަށުން ކުރިއަށްއޮތް ހަތަރު އަހަރުދުވަހުގެ ތެރޭގައި 4،000 ސިފައިންނާއި 1،000 ފުލުހުން ތަމްރީނު ކުރާނޭ ކަމަށެވެ.

ސްކޫލްނިމޭ ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށްގެންދާ މި ޕްރޮގްރާމު ހާއްސަ ކުރާނީ ސްކޫލްނިމޭ ދަރިވަރުންގެ ތެރެއިން ވަޒީފާ ހޯދަން ނުވަތަ މަތީ ތަމްރީނު ހޯދުމަށް ފުރުސަތު ހޯދަން ދަތިވާ ކުދިންނަށްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ ސްކޫލް ނިމޭ ދަރިވަރުންގެ ތެރެއިން މަތީ ތައުލީމާއި ވަޒީފާ ނުލިބޭ ދަރިވަރުންގެ އަދަދު ދެހާހުން މަތީގައި އުޅޭކަމަށާއި އެކުދިންނަށް މިފަދަ ޕްރޮގްރާމެއްގެ މުހިއްމުކަން ބޮޑުކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގައުމީ ހިދުމަތުގެ މި ޕްރޮގްރާމުގައި 16 އަހަރު ފުރިފައިވާ ކުދިންނަށް ބައިވެރި ވެވޭނޭގޮތް ހެދުމަށްޓަކައި ގާނޫނީގޮތުން އެކަން ފަހިކޮށްދެއްވާނޭ ކަމަށެވެ. ރައީސް ވިދާޅުވީ ގައުމީ ދިފާއީބާރު އިތުރަށް ތަރައްޤީކުރަން ޖެހިފައިވާ ކަމަށާއި، އަތޮޅުތެރޭގައި ހުރި ސިފައިންގެ މަރުކަޒުތައް މަރާމާތުކޮށް ތަރައްޤީކުރަން ޖެހިފައިވާކަމަށެވެ. މިކަމަށް ބޭނުންވާ އެހީތެރިކަން އެކުވެރި ދައުލަތްތަކުން ލިބިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އަންނަ އަހަރު މި މަސައްކަތް ފެށިގެންދާނޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.