ނަސްރުގެ ދުވަހުގެ ހާއްސަ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ/ ރައީސް އޮފީސް
ހަބަރު
03 Nov 2024 | 22:46
ނޮވެމްބަރު 3 ގެ ޝަހީދުވި އާއިލާތަކަށް އެލަވަންސެއްދީ، ބޯހިޔާވަހިކަންދެނީ

ނޮވެމްބަރު 3 ގެ ޝަހީދުވި އާއިލާތަކަށް އެލަވަންސެއްދީ، ބޯހިޔާވަހިކަންދޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނުގައި ޝަހީދުވި އާއިލާތަކަށާއި، ހާއްސަ މެޑަލް ލިބިލެއްވި ފަރާތްތައް ހިމެނޭހެން ދެމެހެއްޓެނިވި ގޮތެއްގައި އެލަވަންސެއް ދޭނޭކަމަށެވެ. އަދި ޝަހީދުވި އާއިލާތަކަށް ހާއްސަކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 50 ހައުސިން ޔުނިޓްގެ، ހައުސިން އިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 1979 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެކިފަހަރުމަތިން ވޭތުވެދިޔަ 40 އަހަރުދުވަހުގެ ތެރޭގައި 29 ސިފައިންނާއި ދެ ފުލުހުން ޝަހީދުވެފައިވާކަމަށެވެ.

މީގެކުރިން ސަރުކާރުިތަކުން އެފަރާތްތަކުގެ އަގުވަޒަންކުރެވިފައި ނުވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އަންނަ އަހަރުން ފެށިގެން ޝަހީދުވި ފަރާތްތަކުގެ އާއިލާތަކަށް ކަނޑއެޅޭ އުސޫލެއްގެ މަތިން ދެމެހެއްޓެނިވި ގޮތެއްގައި އެލަވަންސް ދެމުންގެންދާނޭ ކަމަށެވެ.

ކުރީގައި ޝަހީދުވި އާއިލާތަކަށް ކޮންމެވެސް ވަރެއްގެ ފައިސާގެ އެހީތަރިކަމެއް ދިން. އެހެންނަމަވެސް ފަހަކަށް އައިސް އެކަންވެސް ވަނީ ނުވެފައި. އަޅުގަނޑު ގަބޫލްކުރާ ގޮތުގައި އެއީ ވަރަށްބޮޑު ބޭއިންސާފެއް.

ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރުން ފެށިގެން ޝަހީދުވި އާއިލާތަކަށް އެލަވަންސެއް ދިނުމަށް ނިންމަވާފައިވާކަން ރައީސް އިއުލާން ކުރެއްވިއިރު، މި އެލަވަންސް ނޮވެމްބަރު ތިނެއްގައި މެޑަލް ފޯ އެކްސެޕްޝަނަލް ބްރޭވަރީ ލިބުނު ފަސް ފަރާތަކާއި، މެޑަލް ފޯ ބްރޭވަރީ ލިބިފައިވާ 10 ފަރާތަށް، ދިނުމަށް ވަނީ އިއުލާނުކޮށްފައެވެ. 

އެ ފަރާތްތަކަށް އެލަވަންސް ދޭނީ ގެޒެޓް ކުރާ އުސޫލެއްގެ ދަށުންކަމަށްވެސް ރައީސް ޑރ.މުއިއްޒު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޝަހީދުންގެ އާއިލާތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ 50 ޔުނިޓްގެ ހައުސިން އިމާރާތް މިހިނގާ ދައުރު ނިމުމުގެ ކުރިން ނިންމާލެވޭނޭކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.