ނަސްރުގެ ދުވަހުގެ ޖަލްސާގައި ރައީސް މައުމޫން ވާހަކަދައްކަވަނީ... ފޮޓޯ/ރައީސް އޮފީސް
ހަބަރު
03 Nov 2024 | 23:58
ވިސްނަންވީ ކޮންމެފަދަ ވަގުތެއްގައިވެސް ރާއްޖެއަށް ކުއްލި ނުރައްކަލުގެ ހާލަތެއް މެދުވެރިވެދާނެކަމަށް: ރައީސް މައުމޫން

ދުނިޔޭގެ ސިޔާސީ އޮއިވަރު ކުރިއަށްދާގޮތުން ކޮންމެފަދަ ވަގުތެއްގައިވެސް ކުއްލި ނުރައްކަލުގެ ހާލަތެއް މެދުވެރިވެދާނޭކަމަށް ވިސްނަންޖެހޭކަމަށް، ރާއްޖޭގައި 30 އަހަރު ވެރިކަންކުރެއްވި ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫނަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނުގައި އޭރު ރާއްޖޭގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ދުނިޔޭގެ ސިޔާސީ އޮއިވަރު މިއަދު ހުރިގޮތަށް ބަލާއިރު، ކޮންމެ ފަދަ ވަގުތެއްގައިވެސް ރާއްޖެއަށް ކުއްލި ނުރައްކަލުގެ ހާލަތެއް އަތުވެދާނޭކަމަށް ދިވެހިން ތިބެން ޖެހޭނީ ތައްޔާރުވެގެން ކަމަށެވެ. މިކަމަށް ދިވެހިރައްޔިތުން މިއަދުވެސް އަދި މާދަމާވެސް ފުރިހަމައަށް ތައްޔާރުވެގެން ތިބެންޖެހޭކަމަށް ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.

ދިވެހިން އަބަދުވެސް ހަނދާންކުރަންވީ ކަމަކީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހާދިސާއިން ސަލާމަތްވުމަކީ މާތްﷲ ގެ ހަޒްރަތުން ލިބުނު ނަސްރެއްކަމަށެވެ.

މީގެ އިތުރުން އެ ހާދިސާގައި ދިވެހިންނަށް އެހީތެރިވި ފަރާތްތަކުގެ އެހީތެރިކަން އަބަދުވެސް ފާހަގަކުރަން ޖެހޭނޭ ކަމަށާއި، މިގޮތުން އަވައްޓެރި އިންޑިއާ އާއި ކޮމަންވެލްތުގެ ނަން ރައީސް މައުމޫނު ފާހަގަކުރެއްވިއެވެ. ރައީސް މައުމޫނު ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ހާދިސާއިން ދިވެހިޤައުމުގެ މިނިވަންކަމަށްޓަކައި ޤައުމުގެ އިއްޒަތާއި ޝަރަފަށްޓަކައި ހަށިގަނޑާއި ފުރާނައިން ޤުރުބާންވުމަށް ކެރުމަކީ ދިވެހިންގެ ތެެރޭގައި ވަރަށް ފުނަށް ބިންވަޅު ނެގިފައިވާ ހަގީގަތެއްކަން ސަބިތުވެގެންދިޔަ ކަމަށެވެ.

މީގެ އިތުރުން ރައީސް މައުމޫނު ވަނީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިސްރާއީލްގެ ނިރުބަވެރިން ހިންގަމުންދާ ކަންތައްތައް ކުއްވެރިކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި ފަލަސްތީނުގެ މިނިވަންކަން ހޯދުމަށް ކުރަމުންގެންދާ އެ މަސައްކަތުގައި ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމިތިބެންޖެހޭނޭ ކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.