އައިކެއާ އޮޕްޓިކަލްސް
ހަބަރު
04 Nov 2024 | 13:12
8000ރ އަށް ލިބޭ އިންޖެކްޝަން، އާސަންދައަށް ބިލްކުރަނީ 23000ރ އަށް

8000 ރުފިޔާއަށް ލިބޭ އިންޖެކްޝަނެއް، އާސަންދައަށް ބިލްކުރާއިރު 23000 ރުފިޔާ ކަމަށް ޖަހައި ބޮޑު އަދަދުން ފައިދާ ނަގަމުންދިޔަކަން ހާމަވެއްޖެއެވެ. 

މިކަން ހާމަކޮށްދެއްވީ އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން، ލޮލުގެ ބައްޔެއް ހުންނަ މީހަކު ޖަހަންޖެހޭ އިންޖެކްޝަނެއް އައިކެއާ މެދުވެރިކޮށް ގެނެސްގެން، އެ ބޭނުން ކުރަމުން އަންނަ ކަމަށާ މީގެ ކުރިން އާސަންދައިން ލިބޭ ނަމަވެސް، އަލަށް ގެނެވުނު އިސްލާހު ތަކާއެކު އެ އިންޖެކްޝަނަށް އާސަންދަ ނުލިބޭނެ ކަމަށް އައިކެއާއިން އަންގާފައިވާ ކަމަށް ބުނެ މީހަކު މީސްމީޑިއާގައި ވަނީ  ޕޯސްޓެއް ކޮށްފައެވެ. އަދި އެއީ 24،000 ރުފިޔާގެ އިންޖެކްޝަނެއް ކަމަށްވެސް އޭނާ ލިޔެފައިވެއެވެ. 

އެކަމާއި ގުޅިގެން ހީނާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، އެއީ އާސަންދައިން ވިޔަފާރިކޮށް ނާޖާއިޒު ބޮޑެތި ފައިދާ ނަގައި، އުޞޫލުތަކުން ބޭރުން ކަންކުރާ ކަމުގެ ލާމަސީލު މިސާލެއް ކަމަށެވެ. 

އެގޮތުން ހީނާ ވިދާޅުވީ، އާސަންދައިގެ ބޭހުގެ އަގު ރިވައިޒްކުރުމުގެ ތެރެއިން، އެންމެ ޚަރަދު ބޮޑު އެއް ބޭސްކަމުގައިވާ "Lucentis Injection“ (ލުސެންޓިސް އިންޖެކްޝަން) ގެ އަގު ޗެކްކުރުމުގެ ގޮތުން، ލޮލުގެ ފަރުވާގެ ޚިދުމަތް ދޭ ފަރާތަކުން ބޭސް ގަންނަ އަގު ހޯދުމަށް އެދުމުން، ފޮނުވި  އިންވޮއިސްތަކުން މި ކަން ހާމަވި ކަމަށެވެ.

މިގޮތުން 500$ މި ބޭސް ގެނެސް 23000 (ތޭވީސްހާސް) ރުފިޔާ އަށް އާސަންދަ އަށް ބިލްކޮށްފައިވޭ. މިއީ އަށާރަ ރުފިޔާގެ ރޭޓުން ޑޮލަރު ބެލިކަމުގައިވިޔަސް، އެންމެ އިންޖިކްޝަނަކުން 14،000 (ސާދަހާސް) ރުފިޔާގެ ފައިދާއެއް.

ހީނާ ވަލީދު

އިތުރަށް ބެލިބެލުމުން، މި ބޭސް އެތެރެކުރަން ރަޖިސްޓަރކޮށްފައިވަނީ މުޅިން އެހެން ކުންފުންޏަކުންކަން އެނގުނު ކަމަށާ، ނަމަވެސް އެ ފަރާތުން އެއްވެސް ވަރަކަށް މި ބޭސް އެތެރެކޮށްފައި ނުވާ ކަން ހީނާ ފާހަގަކުރެއްވިއެވެ.

އަދި ލޮލުގެ ފަރުވާގެ ޚިދުމަތްދޭ މި ފަރާތުން ބޭސް ވިއްކާފައިވަނީ ބޭސް އެތެރެކުރުމަށް ރަޖިސްޓަރީނުކޮށް، ހަމައެކަނި ޕްރިސްކްރިޕްޝަނަށް ކަމަށް ވާއިރު އާސަންދަ، ސްކީމްގެ ތެރެއިން މި އިންޖެކްޝަނަށް އެންމެ ގިނައިން ބިލްކޮށްފައިވަނީ އެ ފަރާތުން ކަމަށް ހީނާ ވިދާޅުވުއެވެ. 

މީގެ އިތުރުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ރަޖިސްޓަރީކޮށްފައިނުވާ އިންޖެކްޝަނަކަށް ބިލުކޮށްފައިވުމާއި، އަގުގެ ބޮޑު ތަފާތަކުން ބޮޑު ފައިދާއެއް ނަގަމުންދިޔައިރު އެކަން އާސަންދަ ކުންފުންޏަށް ނުވަތަ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް އަންގާފައިނުވާކަންވެސް ފާހަގަކުރެވުނު ކަމަށް ވިދާޅުވިއެވެ.

މިކަން ފާހަގަވީ އަޅުގަނޑުމެން މަސައްކަތް ފަށައި، އާސަންދައިގެ ބޭހުގެ އަގު ރިވައިޒްކުރުމުގެ ތެރެއިން. މި ކަން ހުއްޓުވުމަށް ފިޔަވަޅު އަޅައި އެންސްޕާގެ ވެލްފެއާ އެހީގެ ދަށުން މިހާރުވެސް ކޮންޓްރޯލްޑް އަގެއްގައި ބޭނުންވާ ފަރާތްތަކަށް މި ބޭސް ހޯދުމަށް އެހީތެރިކަން ދެވެމުންދޭ. މިކަން އިތުރަށް ފުރިހަމަކުރުމުގެ މަސައްކަތްވެސް ދަނީ ހިނގަމުން

ހީނާ ވަލީދު

މިއާއެކު ހީނާ ވިދާޅުވީ، އެކި އަމިއްލަ ފަރާތްތަކުން ވިޔަފާރީގެ ފައިދާގެ ބޭނުމަށް އާސަންދަ ބޭނުންކުރުމުގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުންނަށް ބޮޑެތި ގެއްލުން ލިބޭކަމީ ހަގީގަތެއް ކަމަށެވެ.

އަދި މިހެން ދިމާވަނީ ޒަމާނުއްސުރެ މިނިޒާމްގެ ތެރޭގައި ހުރި މިފަދަ އެތައް މައްސަލައަކަށް އެޓެންޑް ނުކުރެވި، އެއް ނިޒާމް އަނެއް ނިޒާމާ ވާހަކަ ނުދެކެވި ބޮއްސުންލާން ދޫކޮށްލެވިފައި އޮތުމުގެ ސަބަބުންކަންވެސް ފާހަގަކުރެއްވިއެވެ.

”ރައީސްގެ ލަފާފުޅުގެ ދަށުން، الله ގެ އިރާދަފުޅާއެކު އަޅުގަނޑުމެން އެކަން ބަދަލުކޮށް އިސްލާޙު ކުރާނަން.“ ހީނާ ވިދާޅުވިއެވެ. 

ކޮމެންޓް
ހީނާ
ޢެންސްޕާ ހުސްކޮށްގެން ޓީވީ ސްޓޭޝަން ހެދި އިރު އެއީ ހީނާ އާއި މުއިއްޒުގެ މުސާރައިން ހެދިތަނެއްތަ
16 Mar 2025
ގުޅޭ ލިޔުންތައް
26 Jun 2026
ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފަޅުތެރޭގައި އުޅަނދުފަހަރު ބެލެހެއްޓުމާއި ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ޑިޖިޓަލައިޒް ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ހާބަރ ޕޯޓަލް" ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފައިވެއެވެ.
26 Jun 2026
ފުވައްމުލަކު ސިޓީ ޤުރުއާނާއި ބެހޭ މަރުކަޒު މިއަދު ހުޅުވައިފި
ފުވައްމުލައް ޤުރުއާނާއި ބެހޭ މަރުކަޒުގައި ފަސް ކުލާސްރޫމާއި، ނަމާދު ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީންގ ރޫމެއް ހިމެނެއެވެ.
26 Jun 2026
މިއަދުގެ ރީތި ތާރީޚް؛ 50 ކައިވެނި، ކޮންބައެއް ކައިވެނިކުރީ
ރީތި ތާރީހުތަކުގައި ކައިވެނި ކުރުން އިތުރަސް ރާއްޖޭގައި ވަރި ގިނަވުމަކީ ގިނަ ބައެއްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
26 Jun 2026
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސީޝެލްސް އަށް
މި ދަތުރުފުޅަކީ ސީޝެލްސްގެ މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް
26 Jun 2026
”ލޭގެ ޞަދާޤާތް“ ލަވަ ރިލީސް ކޮށްފި
މި ލަވަ ރިލީސްކޮށްފައިވަނީ މިއަދު ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ. މިއީ މިއީ ލޭ އެޕް އިން އިސްނަގައިގެން އެހީ ޖަމިއްޔާއާއި ގުޅިގެން ނެރޭ"އިސްލާމިކް ރިދަމް"ގެ އުފެއްދުމެކެވެ. މި ލަވައިގެ މީޑިއާ ޕާޓްނަރަކީ 'ވޮއިސް' އެވެ.
26 Jun 2026
ތިން ދުވަހުން ޓީޖެޓީ ސަރަހައްދު 46 ޓަނުގެ ކުނި، ކުނިއަޅާ މީހުންގެ ފޮޓޯ ފޮނުވައިދޭން އެދިއްޖެ
މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުން ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ ނުވަތަ ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުއްވައިދިނުމަށް ކައުންސިލުން އެދެއެވެ.
26 Jun 2026
ފޮތްކިޔުމުގެ އާދަ މުހިއްމުވަނީ ކީއްވެ؟
ފޮތްކިޔުމަކީ ކޮންމެ އިންސާނެއްގެ ގައިގައިވެސް އަށަގަންނަވަން ޖެހޭ ވަރަށް މުހިންމު އާދައެކެވެ. މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ފެނުނުކަމުގައި ވިޔަސް، ކުޑަކުދިންނާއި، ބޮޑެތި މީހުން އަދި ސްކޫލް ނުވަތަ ޔުނިވާސިޓީ ދަރިވަރުންނަށްވެސް ފޮތް ކިޔުމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. ގަވަޢިދުން ފޮތްކިޔާ މީހަކަށް އާ މަޢުލޫމާތު ލިބުމުގެ އިތުރުން، ބަހުގެ ހުނަރުތައް ކުރިއަރައި، ވިސްނުން ތޫނުވެ، ދުނިޔެއަށް ލޯހުޅުވިގެންދެއެވެ. މިއަދުގެ ދުނިޔޭގައި ގިނަ ބަޔަކު ފޯނާއި، ޓީވީ އަދި ސޯޝަލް މީޑިއާގައި ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. އެހެން ކަމުން ކުރިޔަށްވުރެ ބޮޑަށް ފޮތް ކިޔުމުގެ އާދައަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތް މިވަނީ ވަރަށް ބޮޑަށް އިތުރު ކުރަން ޖެހިފައެވެ.
26 Jun 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަބުގަސްދޮށުގެ / ވ.ފެލިދޫ، ސާޖިދު ޢަބްދުލްމުހައިމިން (27އ) އެވެ.