"ހިޔާވެހި ފައިނޭންސް ސްކީމް" އިފްތިތާޙް ކުރުމަށް ބޭއްވި ޖަލްސާގައި ވަޒީރު ހައިދަރު ވާހަކަ ދައްކަވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
05 Nov 2024 | 10:56
ހިޔާވެހި ފައިނޭންސް ސްކީމްގެ ސަބަބުން ދަތިހާލުގައި އުޅޭ ގިނަ އާއިލާތަކަކަށް ގެދޮރު ލިބޭނެ: ހައިދަރު

"ހިޔާވެހި ފައިނޭންސް ސްކީމް" ގެ ދަށުން މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ދަތިހާލުގައި އުޅޭ ވަރަށް ގިނަ އާއިލާތަކަކަށް ގެދޮރުގެ ތަނަވަސްކަން ލިބިގެންދާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

"ހިޔާވެހި ފައިނޭންސް ސްކީމް" އަކީ ގެ އަޅަން ބޭނުންވެ އެކަން ނުވެ ތިބި މީހުންނާއި، ގެދޮރު މަރާމާތު ކުރަން ބޭނުންވެ އެކަންވެސް ނުވެފައި ތިބި މީހުންނަށް ކުޑަ އިންޓަރެސްޓް ރޭޓްގައި ލޯނު ދޫކުރުމަށް ކުރިއަށް ގެންދާ ޚާއްސަ ސްކީމެކެވެ. މި ސްކީމް އިފްތިތާޙް ކޮށްފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވުމު ޚާއްސަ ރަސްމިއްޔާތެއްގައެވެ. 

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ހައިދަރު ވިދާޅުވީ، "ހިޔާވެހި ފައިނޭންސް ސްކީމް" އަކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރައްޔިތުންނަށް މާލީ ގޮތުން ދިމާވެފައިވާ ދަތިތައް ހައްލު ކުރުމަށް ހުޅުވާލެވޭ ”ދޮރޯއްޓެއް“ ކަމަށެވެ.

"ރާއްޖޭގެ އެކި ރަށްރަށުގައި ގެދޮރުނޭޅި ފަޅަށްހުރި ގޯތިތަކުގައި ގެދޮރު އިމާރާތްކުރުމަށް %5 ގެ ސާރވިސް ޗާޖެއްގައި ފައިސާ ދޫކުރުމަށް އެކުލަވާލާފައިވާ "ހިޔާވެހި ފައިނޭންސް ސްކީމް". މި ސްކީމްގައި ހިމެނޭ ވަސީލަތްތަކުގެ އެހީގައި މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ދަތިހާލުގައި އުޅޭ ވަރަށްގިނަ އާއިލާތަކަކަށް ގެ ދޮރުގެ ތަނަވަސްކަން ލިބިގެންދާނެކަމަށް ގަބޫލުކުރަން."

ވަޒީރު ހައިދަރު

”ހިޔާވެހި ފައިނޭންސް ސްކީމު“ ތިން ކެޓަގެރީއެއް ހިމެނެއެވެ. އެއީ

* ހުރިހާ ރަށަކަށް ދޫކުރެވޭ 1 މިލިއަން ރުފިޔާގެ ފައިސާއަށްވާ ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ހައުސިންގ ލޯން ވަސީލަތްތަކާއި، 

* މާލޭ ސަރަހައްދަށް ދޫކުރެވޭ 6 މިލިއަން ރުފިޔާގެ ވަސީލަތްތަކާއި

* އާބަން ސަރަހައްދު ތަކަށް ދޫކުރެވޭ 3 މިލިއަން ރުފިޔާގެ ވަސީލަތްތައް

ވަޒީރު ވިދާޅުވި ގޮތުގައި، މި ވަސީލަތްތަކަކީ އާއިލާތަކަށް ފުރަތަމަ ބޯހިޔާވަހިކަން ހޯދުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އެކުލަވާލި ފައިނޭންސް ސްކީމްގެ ދަށުން ދޫކުރެވޭނެ ތަކެތި ކަމަށެވެ.

ވުމާއެކު އެކަމަށް ހުށަހަޅާ ފަރާތުގެ ނަމުގައި އަމިއްލަ ނުވަތަ ދައުލަތުން ދޫކޮށްފައިވާ ބޯހިޔާވަހިކަމެއް އޮވެގެންނުވާނެކަމަށް ވަޒީރު ހައިދަރު ވިދާޅުވިއެވެ.

މި ލޯނަށް ކުރިމަތިލާން ޖެހެނީ ހިޔާވަހި ޕޯޓަލް މެދުވެރިކޮށެވެ. މާދަމާއިން ފެށިގެން ލޯނަށް އެދި ހުށަހެޅޭނެ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ