ބަޖެޓުގެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ޕީއެންސީ ކުރިޔަށް ގެންދާ ”ބަޖެޓު ސައްލާ“ ގެ ފުރަތަމަ ޕްރޮގްރާމްގެ ތެރެއިން: ފޮޓޯ/ ޕީއެންސީ
ހަބަރު
05 Nov 2024 | 12:54
ބަޖެޓުން ކުރާ ކޮންމެ ހޭދައަކީ ރައްޔިތުންނަށް ފައިދާވާ ގޮތަށް ކުރާ ހޭދައަކަށް ހެދުމަށް ރައީސް އިސްކަންދެއްވާ: ފިރުޒުލް

ދައުލަތުގެ ބަޖެޓު ފަރުމާ ކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އެންމެ ބޮޑަށް ވިސްނާވަޑައިގެންފައިވަނީ އެ ބަޖެޓުން ހޭދަކުރާ ކޮންމެ ރުފިޔާއަކީވެސް ރައްޔިތުންނަށް ފައިދާވާ ގޮތަށް ކުރާ ހޭދައަކަށް ހެދުމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު ފިރުޒުލް އަބްދުالله ޚަލީލް ރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓުގެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ޕީއެންސީ ކުރިޔަށް ގެންދާ ”ބަޖެޓު ސައްލާ“ ގެ ފުރަތަމަ ޕްރޮގްރާމްގައި ފިރުޒުލް ވިދާޅުވީ، މި ބަޖެޓަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭ ބަޖެޓަކަށް ހެދުމަށް ރައީސް މުޢިއްޒު ވަރަށް ބޮޑު އަހައްމިޔަތުކަމެއް ދެއްވާފައިވާ ކަމަށެވެ. 

މި ބަޖެޓް ފަރުމާ ކުރެއްވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ކުރެއްވިއިރު، އެމަނިކުފާނުގެ ވިސްނުންފުޅު ބެހެއްޓެވީ، މި ބަޖެޓުގެ ތެރެއިން ހޭދަކުރެވޭ ކޮންމެ ވަކި އެއް ރުފިޔާ އަކީ އެއީ ރައްޔިތުމީހާގެ ސީދާ ބޭނުމަށް ކޭޓަރ ކޮށްދެވޭ އެއްޗަކަށް ހަދަން. 

އެހެންކަމުން، ދައުލަތުގެ ބަޖެޓުގެ ތެރެއިން ކިރާ ހޭދައިގެ ތެރެއިން އިސްރާފުގެ ގޮތުގައި ކުރެވޭ ކަންކަން ހުއްޓެވުމަށް އެމަނިކުފާނު ނިންމެވި ކަމަށް ވިދާޅުވިއެވެ. 

ރާއްޖޭގެ ދައުލަތުގެ ބަޖެޓަށް ފަރުމާކޮށްގެން އަޅުގަނޑުމެން ކުރާ ހޭދަ، ކޮންމެ އަހަރެއްގެ ޚަރަދު ބަރަދު ހުރީ އަޅުގަނޑުމެންގެ އިގްތިޞާދުގެ ނިސްބަތުން އަޅާކިޔާ ކަމަށް ވަންޏާ ދުނިޔޭގެ އެންމެ ކުރިއަރާފައިހުރި ގައުމުތަކަށް ވުރެވެސް މަތީގައި. ޖަރުމަނު، އެމެރިކާ، ޖަޕާނު މި ގައުމުތަކަށްވުރެވެސް މަތީގައި ނިސްބަތުން އަޅުގަނޑުމެންގެ ޚަރަދު ހުރީ

ކަން މިހެން ހުރި ނަމަވެސް، ރައްޔިތުންގެ އަބަދުގެ ޝަކުވާ އަކަށް ވަނީ، އެ ރައްޔިތުން ބޭނުންވާ ކަންކަން ނުވާ ކަމުގެ ޝަކުވާކަން ފިރުޒުލް ފާހަގަކުރެއްވިއެވެ. 

އެހެންވެއްޖެއްޔާ އެ ކުރާ ހޭދަ މިދަނީ ކޮންތާކަށްހެއްޔާ. އެއީ ބަޖެޓް ފަރުމާ ކުރެއްވި ސުވާލަކީ. އެ ސުވާލުގެ ޖަވާބުގައި ބަޖެޓް ތެރޭގައި ހޭދަތަކަށް ހުރި އިސްރާފްތަކާއި ޚަރަދު ކުޑަކުރުމަށްޓަކައި 7.7 ބިލިއަނެއްހާ ރުފިޔާ ޚަރަދު ކުޑަކުރައްވައި، ރައްޔިތުންނަށް ބުރަ ނުވާނޭހެން 4.9 ބިލިއަން ރުފިޔާ އާމްދަނީ އިތުރުވާނޭހެން މުޅި ބަޖެޓް ފަރުމާ ކުރެއްވީ

މިފަދައިން ބަޖެޓް ފަރުމާ ކުރެއްވީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފަހިކޮށްދެއްވުމަށް ކަމަށް ފިރުޒުލް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.