ޓްރާންސްޕޯޓް މިނިސްޓަރު އަމީން ނޫސްވެރިންނާ ވާހަކަދައްކަވަނީ
ހަބަރު
05 Nov 2024 | 13:06
ދޫކޮށްފައިހުރި ހުރިހާ ޑޮމައިންތަކުގެ ހުއްދަ އައުކުރުމަށް ފުރުސަތު ހުޅުވާލަނީ

ޓްރާންސްޕޯޓް މިނިސްޓްރީން މިހާޓަނަށް ދޫކޮށްފައިހުރި ޑޮމައިންތަކުގެ ހުއްދަ އައުކުރުމަށް ފުރުސަތު މިމަހުގެ 17 ވަނަ ދުވަހު ހުޅުވާލުމަށް ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އަމީން ވިދާޅުވީ، ޑޮމައިން ވިއްކުމުގެ ކަންކަން މީގެ ކުރިން މިނިސްޓްރީ އޮފީހުގެ ތެރެއިން ކުރިއަށްގެންދިޔަ ނަމަވެސް މީގެ ފަހުން ޑޮމައިން ވިއްކުން ކުރިއަށްގެންދާނީ ބީލަމުގެ އުސޫލުން ކަމަށެވެ.

މިނިސްޓަރު ވަނީ މިހާތަނަށް ދޫކޮށްފައިވާ ޑޮމައިންތަކުގެ ރަޖިސްޓްރީ އަލުން ދޫކުރާގޮތަށް ނިންމައި، ހުރިހާ ޑޮމައިންތައް އައުކުރުމުގެ ފުރުސަތު މިމަހުގެ 17 ވަނަ ދުވަހު ހުޅުވާލާނޭކަމަށް ވިދާޅުވެފައެވެ. ޑޮމައިން އަލުން ރަޖިސްޓްރީކުރުމަށް ހުށަހެޅުމުން 60 ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ހަވާލުކުރެވޭނޭކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އައު ޑޮމައިން ނަމްބަރުތައް ދޫކުރުމަށް ނިންމާފައިވަނީ ބިޑްކުރާ ގޮތަށް ދެފުއްފެންނަ އުސޫލަކުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދުބާއީފަދަ ގައުމުތަކުގައިވެސް ޑޮމައިން ނަމްބަރު ވިއްކުމުގެ ކަންކަން ކުރިއަށްގެންދަނީ ވާދަވެރި ގޮތަކަށް ބީލަމުގެ އުސޫލުން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިހާތަނަށް ޑޮމައިން ވިއްކުމުގެ އުސޫލު ކުރިއަށްގެންގޮސްފައި ހުރީ އުސޫލާ ހިލާފަށް ކަމަށާއި، ބައެއް ޑޮމައިންތައް ދޫކުރި މީހުންގެ ނަންވެސް އިދާރާގެ ރެކޯޑްތަކުގައި ނެތްކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މީގެ ކުރިން ވަނީ ރާއްޖޭގައި ބޭނުންކުރަމުންގެންދާ ވެހިކަލްތަކުގެ ޑޮމައިން ނަމްބަރުތަކުގެ ތެރެއިން 700 އެއްހާ ޑޮމައިން ނަމްބަރުގެ އަސްލު ނޭނގޭ ކަމަށެވެ. ރާއްޖޭގައި 1200 އެއްހާ ޑޮމައިން ނަންބަރު ގެންގުޅޭކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ލަފާކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.