ރައީސް ޑރ މުޙައްމަދު މުޢިއްޒު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
06 Nov 2024 | 10:39
އަޅުގަނޑުމެން ބޭނުންވަނީ ގައުމު ތަރައްގީކުރަން؛ ރައްޔިތުން މުއްސަނދިވާން: ރައީސް މުޢިއްޒު

އަދުގެ ސަރުކާރުން ބޭނުންވަނީ ގައުމު ތަރައްގީވެ ރައްޔިތުން މުއްސަނދިވާން ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ކުރިއަށް އޮތް 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން އިފުތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތުގައު ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެންޕެއިން ތެރޭގައި އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ ދެމެހެއްޓެވިނިވި ތަރައްގީގެ ވިސްނުމުން، އެންމެހައި ދިވެހި ރައްޔިތުންގެ ބައިވެރިވުމާއެކު 20 އަހަރު ދުވަހުގެ ތަރައްގީގެ ޕްލޭނެއް އެކުލަވައިލުން ކަމަށެވެ. 

އަދި ސިޔާސީ ފިކުރުގެ އަވާގައި ޖެހިގެން، އެ އިރެއްގެ ވެރިކަމުގައި އޮންނަ ސިޔާސީ ޕާޓީގެ ފިކުރަށް އަބަދު ބަދަލުތައް އަންނަ ގޮތަށް ގައުމުގެ ތަރައްގީގެ  ކަންކަން ގެންދާ ނަމަ ރައްޔިތުންނަށްއެއިން އެންމެ ފައިދާ ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިއަދު ކަންކަން ވަމުންދަނީ އެފަދައިންކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ އެކަން ބަދަލުކޮށް ރައްޔިތުން އެދޭ ގޮތަށް ރައްޔިތުން ކަނޑައަޅާ މަގަކުން ދިޔުމުން ގައުމަށް ތަރައްގީ ލިބޭނެ ކަމަށް ވިދާޅުވެފައެވެ. 

އެހެންވެ އަޅުގަނޑު ނިންމީ ގައުމީ ތަރައްގީއާ ބެހޭ ގާނޫނެއްވެސް އެކުލަވާލައިގެން މިކަން ކުރިއަށް ގެންދަން. އެކަމާ ބެހޭ މަސައްކަތްވެސް ކުރިއަށް ދާނެ. މި ގާނޫނަކީ ގާނޫނު އަސާސީވެސް ރިކޮގްނައިޒްކުރާ ކަމަކަށް ހެދުމަށް ގާނޫނު އަސާސީއަށްވެސް އިރާދަކުރެއްވިއްޔާ އިސްލާހެއް ގެންނާނަން. 

ރައީސް ޑރ މުޙައްމަދު މުޢިއްޒު

އެފަދަ ގާނޫނެއް އެކުލަވާލެވި ގާނޫނު އަސާސީއަށް އިސްލާހް ގެނައުމުގެ ބޭނުމަކީ ރައްޔިތުން ބޭނުންވާ މަގުން ކަންކަން ދާނެކަން ޔަގީން ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. 

އަޅުގަނޑުމެން ބޭނުންވަނީ ގައުމު ތަރައްގީ ކުރަން. ރައްޔިތުން މުއްސަނދިވާން. ފުދުންތެރިވާން. ގެދޮރުވެރިކަން އެންމެނަށް ލިބިގެންދާން. ތަފާތު ކުރުމެއްނެތި ހުރިހާ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ލިބޭނެކަން ޔަގީންވާން. އަޅުގަނޑުމެންގެ ސިއްހީ ކަންކަމާއި ތައުލީމީ ކަންކަން އަދި އިޖްތިމާޢީ ހުރިހާ ކަންކަމެއްވެސް އަޅުގަނޑުމެން ބޭނުންވާ ފެންވަރަށް ގެންދަން

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ރައީސް އިތުރަށް ވިދާޅުވީ، އެ މަނިކުފާނުގެ އަމާޒަކީ 2040 ވަނަ އަހަރު އަންނައިރު ހުރިހާ ގޮތަކުން ވެސް ރާއްޖެއަކީ އެއްކޮށް ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ގިންތިކުރެވިގެން ދިއުން ކަމަށެވެ. އެއީ، އެންމެން ގުޅިގެން މަސައްކަތްކޮށްފި ނަމަ، ނުކުރެވޭނެ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ނަޝީދުގެ ބޮޑު ބަދަލަށް ތާއީދެއް ނުކުރަން، އެ ނިޒާމު ވޯކެއް ނުކުރާނެ: ޔާމީން
"ބޮޑު ބަދަލު" ގެ ނަމުގައި ވެސް ކުރައްވަނީ އެ މަަސަައްކަތްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެ ބަދަލަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ވައިގެ މަގުން 5212، ކަނޑުމަގުން 1070 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، ނުފެނުނު
ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްެއެންޑީއެފުން ދެންމެ ބުނެފި އެވެ.
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.