ގައުމީ ތަރައްގީގެ 20 އަހަރުގެ ޕްލޭން އިފްތިތާޙް ކުރުން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
06 Nov 2024 | 12:03
ޤައުމީ ތަރައްޤީގެ 20 އަހަރުގެ މާސްޓަރޕްލޭންގެ މަޝްވަރާ ބައްދަލުވުން ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފި

ޤައުމީ ތަރައްޤީގެ 20 އަަހަރުގެ މާސްޓަރޕްލޭންގެ މަޝްވަރާ ބައްދަލުވުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވައިފިއެވެ. ޤައުމީ ތަރައްޤީގެ 20 އަަހަރުގެ މާސްޓަރޕްލޭންގެ މަޝްވަރާތައް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވާފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެެވެ.

މިރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ސިޔާސީ ފިކުރު އެއްކިބާކޮށް، ޤައުމަށާއި އަދި އަންނަން އޮތް ޖީލުތަކަށް ފައިދާވާނޭ ގޮތަށް މި ޕްލޭން ރާވާ، ތަންފީޒުކުރުމުގައި އެންމެހާ ރައްޔިތުންގެ އެއްބާރުލެއްވުމަށް އެދިވަޑައިގެންފައެވެ. އަދި، މިޕްލޭން ރާވާ، ފުރިހަމައަށް ތަންފީޒުކުރެވިއްޖެނަމަ، ރާއްޖެއަކީ 2040 ވަނަ އަހަރުގެ ކުރިން، ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ގިންތިކުރެވިގެންދާނޭ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ތަރައްޤީގެ މާސްޓަރޕްލޭންގައި ޒަމާނީ ޓެކްނޮލޮޖީއާއި ޑިޖިޓަލް އިޤްތިޞާދަށް އިސްކަންދީގެން، ރައްޔިތުންނަށް ކުރިމަތިވެފައިވާ މައި ގޮންޖެހުންތައް ޙައްލުކުރުމުގެ ވިސްނުން އިސްކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަަކަފުޅަށްފަހު، ޤައުމީ ތަރައްޤީގެ 20 އަަހަރުގެ މާސްޓަރޕްލޭންގެ މަޝްވަރާ ބައްދަލުވުމުގެ ޕެނަލް ޑިސްކަޝަން ވަނީ ފަށާފައެވެ. މި ޕެނަލް ޑިސްކަޝަންގައި ބެލެނިވެރިންނާއި، މުދައްރިސުންނާއި، ދަރިވަރުންނާއި، މުޢައްސަސާތަކާއި، ސިވިލް ސޮސައިޓީއާއި، ޚާޢްޞައެހީއަށް ބޭނުންވާ ފަރާތްތަކާއި، އަދި އެކި ދާއިރާތަކުގެ ބައިވެރިން ހިމެނެއެވެ.

ޤައުމީ ތަރައްޤީގެ 20 އަހަރުގެ ޕްލޭން އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވަނީ އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް މަސައްކަތް ނިންމާލުމަށް އަޒުމު ކަނޑައަޅައިގެންނެވެ. މި ޕްލޭނަށް ޤާނޫނީ ބާރުވެރިކަންދިނުމަށާޓަކައި ގާނޫނުއަސާސީއަށް މާއްދާއެއް އިތުރުކުރުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ނަޝީދުގެ ބޮޑު ބަދަލަށް ތާއީދެއް ނުކުރަން، އެ ނިޒާމު ވޯކެއް ނުކުރާނެ: ޔާމީން
"ބޮޑު ބަދަލު" ގެ ނަމުގައި ވެސް ކުރައްވަނީ އެ މަަސަައްކަތްކަން ފާހަގަކުރައްވާ ޔާމީން ވިދާޅުވީ އެ ބަދަލަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ވައިގެ މަގުން 5212، ކަނޑުމަގުން 1070 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، ނުފެނުނު
ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ އޮޕަރޭޝަނުގައި، ވައިގެ މަގުން 5212 އަކަ ނޯޓިކަލް މޭލު، ކަނޑުމަގުން 1070.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްެއެންޑީއެފުން ދެންމެ ބުނެފި އެވެ.
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.