އައްޝެއިޚް އަބްދުއްސަލާމް ދާވޫދު: ފޮޓޯ/ ދާރިސް ޓީވީ
ދީން
07 Nov 2024 | 08:19
މުވައްޒަފުންނަށް ނަމާދު ކުރުން މަނާކުރާނަމަ ދެދުނިޔޭގައިވެސް އަޒާބު ލިބޭނެ: ޝެއިޚް އަބްދުއްސަލާމް

ތިމާގެ ދަށުން ވަޒީފާ އަދާކުރާ ފަރާތްތަކަށް الله މަތިން ހަނދުމަކޮށް ނަމާދު ކުރުން މަނާ ކުރާ ވެރިން އެ އެކުރަނީ ވަރަށް ނުބައިވެގެންވާ ކަމެއް ކަމަށާ އެމީހަކަށް ދެދުނިޔޭގައި އެކަމުގެ އަޒާބު ލިބޭނެ ކަމަށް ދީނީ ޢިލްމުވެރިޔާ އައްޝެއިޚް އަބްދުއްސަލާމް ދާވޫދު ވިދާޅުވެއްޖެއެވެ.

ދާރިސް ޓީވީން ގެނެސްދޭ ޢިލްމީ ޚަޒާނާ ޕްރޮގްރާމްގައި، ވަޒީފާ އަދާކުރާ ބައެއް ތަންތަނުގައި ނަމާދު ކުރެވޭނެ ފަދައެއް ނެތުމާއި، ބައެއް ތަންތަނުގެ ވެރިންގެ ފަރާތުންވެސް ނަމާދު ކުރުމަށް ހުރަސް އަޅާ ކަން ފާހަގަކޮށް ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން، ޝެއިޚް އަބްދުއްސަލާމް ވިދާޅުވީ، ނަމާދު ޤާއިމް ކުރުމަކީ އެންމެ މަތިވެރި އެންމެ މުހިންމު އަޅުކަން ކަމަށެވެ.

އަދި ވަޒީފާ އަދާކުރާ ތަނަކަށްވެސް އެންމެ ރަނގަޅުވާނީ އެތަނުގެ މުވައްޒަފުންނަކީ މާތް الله އާއި އޮތް ގުޅުން ރަނގަޅު ކޮށއފައިވާ އަޅުން ކަމުގައި ވާނަމަ، އެ މީހުންގެ ވަޒީފާއަށްވެސް ފަރުވާތެރިވެ އަމާނާތްތެރިވާނެ ކަމަށެވެ.   

ހަމަގައިމުވެސް الله އަށް ބިރުވެތި ނުވާ ބަޔަކު، ގިޔާމަތަށް ބިރުވެތި ނުވާ ބަޔަކު، اللهގެ ހަޟުރަތަށް ނަމާދަށް ކުއްތަންނުވާ ބަޔަކު ވަޒީފާއަށްވެސް، އަޅުތަކުންނަށް އަމާނާތްތެރި ތެދުވެރި ބަޔަކަށް ނުވާނެކަން ވެރިންވެސް ދަންނަން ޖެހޭނެ

އައްޝެއިޚް އަބްދުއްސަލާމް ދާވޫދު 

މިއާއެކު ޝެއިޚް ވިދާޅުވީ، ތަންތަނުގެ ވެރިންގެ ގޮތުގައި ތިބޭ މީހުންވެސް، އޭނާގެ ދަށުގައި މަސައްކަތްކުރާ މީހުންނަށް ކޮށްދޭންޖެހޭ އެންމެ މުހިންމު ކަމަކީ އެމީހުން އެމީހުންގެ ވެރި ރައްބަށް އަޅުކަން އަދާކުރުމަށް ފުރުސަތު ދިނުން ކަމަށެވެ. 

الله އަށް އަޅުކަން އަދާކުރުން، އެކަލާނގެ އަށް ޒިކުރުކުރުން މަނާ ކުރާ ފަރާތެއް ނަމަ، އެމީހާ އެކުރަނީ ވަރަށް ނުބައިވެގެންވާ ކަމެއް. އެބައިމީހުން الله އަށް ބިރުވެތިވުން މާ ހެޔޮކަން ބޮޑޭ. އެބައިމީހުންނަށް ދުނުޔޭގައިވެސް ވޭންދެނިވި އަޒާބު އަދި ނިކަމެތިކަން. އަދި އާޚިރަތުގައި އެބައިމީހުންނަށް ވޭންދެނިވި އަޒާބު ހުއްޓޭ. އެހާވެސް ނުރައްކާތެރި ކަމެއް. ތިމާ އަދި އަމުދުން ނަމާދު ނުކުރާ މީހެއް ކަމުގައިވާނަމަ، އަދި އެއާއެކު އެހެން މީހުން ނަމާދު ކުރުމަށް ހުރަސްއެޅޭ ގޮތަށް ނުވަތަ ތިމާއަށް ލިބިފައިވާ ނުފޫޒުގެ ބޭނުން ކޮށްގެން އެކަން މަނާ ކުރާ ކަމަށް ވާނަމަ އެ އަރައިގަންނަނީ އުރެދުމުގެ މައްޗަށް އުރެދުމަށް. ތިމާއަކީ ނަމާދު ކުރާ މީހެއް ނަމަވެސް އެހެން މީހުންނަށް އެ ފުރުސަތު ހޯދައި ނުދޭ ނަމަ، އެ ފާފަ ތަހަންމަލް ކުރަންޖެހޭނެ. 

އައްޝެއިޚް އަބްދުއްސަލާމް ދާވޫދު 

މިއާއެކު ޝެއިޚް ވަނީ، ނަމާދު ކުރާނެ ގޮތް ފަހިކޮށް ދިނުމަކީ ވަޒީފާ ދޭ މީހާގެ ވާޖިބެއް ކަމަށާ އެކަން ނުކޮށއދޭ ނަމަ، ވަޒީފާ އަދާކުރާ ފަރާތްތައް ކޮންމެ ގޮތަކުން ނަމަވެސް ނަމާދު އަދާކުރަންވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.