"ހިޔާވަހި ފައިނޭންސިން ޕްރޮގްރާމް" ރަސްމީކޮށް ފެށުން: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
08 Nov 2024 | 14:33
މިއަދުން ފެށިގެން"ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް ހައުސިންގ ލޯނަށް އެދެވޭނެ

ބޯހިޔާވަހިކަމަށް ގެދޮރު އިމާރާތްކުރުމަށް ފަސް ޕަސެންޓުގެ އިންޓަރެސްޓަށް ވުރެ ބޮޑު ނޫން އިންޓަރެސްޓު ރޭޓުގައި ދޭ ލޯނަށް، "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް މިއަދުން ފެށިގެން އެދެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން އެކސްގައި ކުރި ޕޯސްޓެއްގައި ބުނިގޮތުގައި ހިޔާވެހި ޕޯޓަލް މެދުވެރިކޮށް، ހިޔާވެހި ފައިނޭންސިން ޕްރޮގްރާމްގައި މިއަދުން ފެށިގެން ބައިވެރިވެވޭނެއެވެ. އަދި މި ޕޯޓަލްއަށް އީފާސް މެދުވެރިކޮށް ލޮގްއިން ވެވޭނެއެވެ.

ގެދޮރު އިމާރާތްކުރުމަށް 5 އިންސައްތައިގެ އިންޓަރެސްޓް ރޭޓެއްގައި ލޯނު ދޫކުރާ "ހިޔާވަހި ފައިނޭންސިން ޕްރޮގްރާމް" ރަސްމީކޮށް ފައްޓަވާފައިވަނީ މިމަހު 5 ވަނަ ދުވަހުއެވެ. 

މި ޕްރޮގްރާމް ހިންގުމަށް ސަރުކާރުން ވަނީ ތިން ބޭންކަކާ ގުޅިގެން މަސައްކަތް ފަށާފައެވެ. އެއީ؛ 

1) ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)،

2) ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި 

3) މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.

މި ޕްރޮގްރާމްގެ ދަށުން ލޯނު ދޫކުރެވޭނީ ތިން ކެޓަގަރީއަކަށެވެ:

1. ހިޔާވަހި ރަށްވެހި: މި ކެޓަގަރީގެ ދަށުން ރަށްރަށުގައި ގެދޮރު އިމާރާތްކުރުމަށް 1 މިލިއަން ރުފިޔާއާ ހަމައަށް އެޗްޑީއެފްސީ މެދުވެރިކޮށް ލޯނު ދޫކުރެވޭނެއެވެ. މި ލޯނަށް އިކުއިޓީ ބޭނުމެއް ނުވެއެވެ. ނަމަވެސް މިނިސްޓްރީން ކަނޑައަޅާ އަގެއްގައި ބަންޑާރަ ގޯތި މިލްކުކުރަން ފީއެއް ދައްކަން ޖެހޭނެއެވެ. 

މި ލޯނު ދޫކުރަނީ 25 އަހަރުން އަނބުރާ ދައްކާ ގޮތަށް %5 އިންޓަރެސްޓްގައެވެ. 

2. ހިޔާވަހި ސަހަރު: މި ކެޓަގަރީގެ ދަށުން އާބާދީ ބޮޑެތި އާބަން ސެންޓަރުތަކުގައި ގެދޮރު އިމާރާތްކުރުމަށް 3 މިލިއަން ރުފިޔާއާ ހަމައަށް ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށް ލޯނު ދޫކުރެވޭނެއެވެ.

މި ލޯނު ދޫކުރަނީ 25 އަހަރުން އަނބުރާ ދައްކާ ގޮތަށް %5 އިންޓަރެސްޓްގައެވެ. 

3. ހިޔާވަހި ފުރަ މާލެ: މި ކެޓަގަރީގެ ދަށުން ގްރޭޓަރ މާލެ ސަރަޙައްދުގައި ގެދޮރު އިމާރާތްކުރުމަށް 6 މިލިއަން ރުފިޔާއާ ހަމައަށް ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށް ލޯނު ދޫކުރެވޭނެއެވެ.

މި ލޯނަށް އިކުއިޓީއަށް 10% ނަގާއިރު، މިއީވެސް %5 އިންޓަރެސްޓްގައި 25 އަހަރުން އަނބުރާ ދައްކާ ގޮތަށް ދޫކުރެވޭ ލޯނެކެވެ.

މި ސްކީމުގެ ދަށުން 600 އަކަފޫޓަށް ވުރެ ކުދި ބިންތައް އެއްކޮށްލައިގެން ގެ ހަދަން ވެސް ލޯނު ދުކުރާނެވެ. އެގޮތަށް ދޫކުރާ ލޯނުގައި 6 މިލިއަން ރުފިޔާގެ އިތުރަށް އިތުރުކުރާ ކޮންމެ ބިމަކަށް 1 މިލިއަން ރުފިޔާ ލިބޭއިރު މިގޮތުން ޖުމްލަ ދޫކުރާނީ 10 މިލިއަން ރުފިޔާ އެވެ. 

ސަރުކާރުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ޕްރޮގްރާމްގެ މަޤްޞަދަކީ މާލީ ދަތިކަމުގެ ސަބަބުން ގެދޮރު އިމާރާތްކުރަން ނުފެށިފައިވާ ނުވަތަ ފަށައިގެން ނުނިމި ހުރި ފަރާތްތަކަށް އެހީތެރިވުމެވެ. އަދި މާލޭގެ ތޮއްޖެހިފައިވާ ސަރަޙައްދުތަކުގައި ކުދި ގޯތިތައް އެއްކޮށްގެން ގެދޮރު އިމާރާތްކުރުމަށްވެސް މި ޕްރޮގްރާމުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.