ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ހަބަރު
15 Nov 2024 | 14:28
ރައްޔިތުންގެ ފަޅި ދޫކުރައްވައި ނަޝީދު ވިޔަފާރިވެރިންގެ ކޮޅަށް؛ ޑޮލަރު މާރު ކުރުމާ ދެކޮޅުހައްދަވައިފި!

ޓުއަރިޒަމް ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާއިން ބައެއް ބޭންކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް އޮތް ގަވާއިދަށް ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްއެމްއޭއިން ނެރެފައިވާ ގަވާއިދުގައި ވަނީ، ރިސޯޓުތަކާއި އިންޓަގްރޭޓެޑް ރިސޯޓާއި ފަތުރުވެރިކަމުގެ އުޅަނދުފަހަރާއި ރިސޯޓު ހޮޓަލާއި ސިޓީ ހޮޓާ ފަދަ ތަންތަނުން އެ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަަކަށް 500 ޑޮލަރު މާރުކުރަންޖެހޭނެ ކަމަށެވެ.

އަދި 50 އެނދަށްވުރެ މަދު އެނދު ހުންނަ ގެސްޓުހައުސްތަކުން ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރު މާރުކުރަންޖެހޭނެ ކަމަށެވެ. މި ފައިސާ މާރުކުރަންޖެހޭނީ އެ މަހެއްގައި އައި ޓޫރިސްޓުން ހިސާބުކުރުމަށްފަހު އެ މަސް ނިމޭ ދުވަހުން ފެށިގެން ތިންވަނައަށްވާ މަހުގެ 28 ވަނ ދުވަހުގެ ކުރިން ކަމށްވެސް ގަވާއިދުގައި ބަޔާންކުރެ އެވެ.

އަދި މި ގަވައިދުގައި ރިސޯޓްތަކަށް ދަތިނުވާނެ ގޮތަށް ލޯނު ހުރިނަމަ އެކަމަށްވެސް ރިޔާއަތް ކުރެވޭނެ އިސްތިސްނާތައް ހިމަނާފައިވެ އެވެ.

ކަންމިހެން ހުރި ނަމަވެސް، ބައެއް ރިސޯޓް އޯނަރުން ވަނީ އެފަދައިން ޑޮލަރު މާރު ނުކުރެވޭނެ ކަމަށް އެމްއެމްއޭއަށް އަންގާފައެވެ. 

އެ މައްސަލާގައި، ޓުއަރިޒަމް ވިޔަފާރިވެރިން ތިބޭ ވަޓްސް އެޕް ގްރޫޕަކަށް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ޓޫރިޒަމް ވިޔަފާރި ތަކުން ދައުލަތަށް ނަގާ ޓެކްސްގެ ބޭރުން ދެން އިތުރު އެއްވެސް ކަމެއް ކުރަން، ރިސޯޓް ހިންގާ ވިޔަފާރިވެރިންނަށް ސަރުކާރުން އަންގައިގެން ނުވާނެ ކަމަށެވެ.

"އަޅުގަނޑުގެ ދެކޭ ގޮތުގައި، ރައްޔިތުން އަމިއްލަ ފައިސާއިން ކުރަން ޖެހޭ ކަންކަން ސަރުކާރަކަށް ނުނިންމޭނެ. ރިސޯޓްތަކުގެ ވެރިން ޓެކްސް ދައްކާ. ބާކީ އެއީ އެމީހުންގެ އަމިއްލަ ފައިސާ. ބަހައްޓަން ބޭނުންވާ ތަނެއްގައި ބެހެއްޓެން ވާނެ. ހަރަދުކުރަންވީ ގޮތެއް ވެސް އެ މީހުންނަށް ނިންމެން ވާނެ،" ނަޝީދުގެ މެސެޖުގައި ލިޔުއްވާފައިވެ އެވެ.

އެ މަނިކުފާނު ވިދާޅުވީ ފޮރިން ރިޒާވު ސަރުކާރަށް އިތުރު ނުކުރެވޭ ކަމަށާ އެ ކަން ސަރުކާރުން ގަބޫލު ކުރަންޖެހޭ ކަމަށެވެ. އަދި ސަރުކާރަށް ދައްކަން ޖެހިފައިވާ ދަރަންޏަށް ބަލާއިރު ކިތަންމެ ވަރަކަށް ޓެކްސް ބޮޑުކޮށްވެން ވެސް އެ ވަރުގެ އާމްދަނީއެއް ހޯދޭނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށާ، މި ހުރިހާ ކަމަކަށް އޮތް ހައްލަކީ، ދަރަނި ދެއްކުން ފަސްކުރުމާއި މުރާޖާ ކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވާއިރު، މިހާތަނަށް 173 ރިސޯޓަކުން ވަނީ މަނީ އެކްސްޗޭންޖުގެ އާ ގަވައިދުގެ ދަށުން އެމްއެމްއޭގައި ރަޖިސްޓްރީކޮށްފަ އަދި އަލަށް ހުޅުވަން ތައްޔާރުވާ 12 ވަރަކަށް ތަންވެސް ވަނީ ރަޖިސްޓްރީކޮށްފަ އެވެ. 


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.