4,000 ފްލެޓް ހިމެނޭ ޓަވަރުތަކުގެ، ކޮމާޝަލް ޔުނިޓްތައް ހިމެނޭ އޭރިއާ
ހަބަރު
21 Nov 2024 | 17:12
4,000 ފްލެޓް ހިމެނޭ ޓަވަރުތަކުގެ، ކޮމާޝަލް ޔުނިޓްތައް ދޫކުރުމަށް ތައްޔާރުވަނީ

ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4،000 ހައުސިން ޔުނިޓް ހިމެނޭ، އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގެ ބައެއް ކޮމާޝަލް ޔުނިޓްތައް ކުއްޔަށްދޫކުރުމަށް ތައްޔާރުވެއްޖެއެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަނުން މިއަދު ވަނީ ނޫސްވެރިންނަށް އެ މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކޮމާޝަލް ޔުނިޓްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ. އަމާން އުދަރެސް އަދި އަމާން ދޯދި މި މަޝްރޫޢުގައި ޖުމްލަ 32 ޓަވަރު ހިމެނޭއިރު އެތަންތަން ތަރައްޤީކުރަމުންދަނީ 6 ޒޯނަކަށް ބަހާލައިގެންނެވެ. ފަހިދިރިއުޅުން ކޯޕަރޭޝަނުން ލަފާކޮށްފައިވަނީ، މި ޓަވަރުތަކުގައި 28،400 މީހުން ދިރިއުޅޭނޭކަމަށެވެ. 

އަމާން އުދަރެސް އަދި އަމާން ދޯދި، މިއިން ކޮންމެ ބައެއްގައި 2،000 ހައުސިން ޔުނިޓް ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ 3 ކޮޓަރީގެ 1400 ޔުނިޓާއި 2 ކޮޓަރީގެ 600 ޔުނިޓެވެ. މީގެ ތެރެއިން 3 ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑުމިނަކީ 900 އަކަފޫޓެވެ. އަދި 2 ކޮޓަރި ހިމެނޭ ޔުނިޓްތަކުގެ ބޮޑުމިނަކީ 650 އަކަފޫޓެވެ.

4,000 ފްލެޓް ހިމެނޭ ޓަވަރުތަކުގެ، ކޮމާޝަލް ޔުނިޓްތައް ހިމެނޭ އޭރިއާ

މި ޓަވަރުތަކުގައި ސުޕަމާކެޓްތަކާއި ރެސްޓޯރެންޓްތަކުގެ އިތުރުން ކްލިނިކްތައް ހިމެނެއެވެ.

އަމާން އުދަރެސް އަދި އަމާން ދޯދި ޓަވަރުތަކުގެ ކޮމާޝަލް ޔުނިޓްތަކާ ގުޅޭގޮތުން ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރަމުން ފަހިދިރިއުޅުން ކޯޕަރޭޝަނުގެ ބިޒްނަސް އެނަލިސްޓް މަރިޔަމް ސޮފާ ވިދާޅުވީ، ޓަވަރުތަކުގައި ޖުމްލަ 127 ކޮމާޝަން ޔުނިޓް ހުންނާނޭކަމަށެވެ. މި ކޮމާޝަން ޔުނިޓްތަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލާނޭކަމަށް ސޮފާ ވިދާޅުވިއެވެ. ކޮމާޝަލް ޔުނިޓްތައް ހުންނާނީ ކޮންމެ ޓަވަރެއްގެވެސް ފުރަތަމަ ފަންގިފިލާގައެވެ. އެތަންތަނަކީ 580 އާއި 6200 އަކަފޫޓުގެ ތަންތަނެވެ. 


4,000 ފްލެޓް ހިމެނޭ ޓަވަރުތަކުގެ، ކޮމާޝަލް ޔުނިޓްތައް ހިމެނޭ އޭރިއާ

ފަހިދިރިއުޅުން ކޯޕަރޭޝަނުން ތައްޔާރުވަމުންދަނީ، ފެށޭ ހަފްތާގެ ތެރޭގައި ޒޯނު އެކެއްގައި ހިމެނޭ ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ދޫކުރުމަށް ހުޅުވާލާނޭކަމަށެވެ. މި ޔުނިޓްތަކުގެ އަގުތައް ހުންނާނީ މާކެޓް ރޭޓުގައިކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ