އިސްލާމިކް މިނިސްޓަރު ޝަހީމް
ހަބަރު
23 Nov 2024 | 12:41
ރާއްޖޭގައި ދީނީ އިލްމު ކިޔެވުމުން، ދީނީ ނަސޭހަތް ދެވޭގޮތަށް ދަރަޖަކުރަނީ

ރާއްޖެއިން ދީނީ އިލްމު ކިޔަވާ މީހުނަށް ދީނީ ނަސޭހަތް ދެވޭގޮތަށް ދަރަޖަ ކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދާ ފަތުވާ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ.ޝަހީމް ވިދާޅުވީ ދިވެހިރާއްޖޭގައި ފަތުވާދިނުމާއި ދީނީ ނަސޭހަތްދިނުން ދަރަޖަކުރުމަކީ ސަރުކާރުގެ ވިސްނުމެއް ކަމަށެވެ. ޝަހީމް ވިދާޅުވީ ސަރުކާރުން ވަރަށް އަވަހަށް މިކަންކުރަން ބޭނުންވާކަމަށާއި ރާއްޖޭގައި ދިނީ އެއްބައިވަންތަކަން ގާއިމްކުރުމަށްޓަކައި މިކަމަކީ ކުރަންޖެހިފައިވާ ކަމެއްކަމަށް ދެކޭކަމަށެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ ފަތުވާދިނުމަކީ ވަރަށް މަތީ ކަމެއް ކަމަށާއި، ޝަރީއަތުގެ ހުކުމްތައް ބަޔާންކޮށް ފަތުވާ ދިނުމަކީ ވަރަށް މަތީ ކަމެއް ކަމަށެވެ. ނަމަވެސް ރާއްޖޭގެ ޔުނިވަރސިޓީފަދަ ތަންތަނުން ދީނީ އިލްމުއުނގެނޭ މީހުންނަށް އެފުރުސަތު ނެތްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް މިކަން ކުރުމުގެ ފުރުސަތު އޮންނަނީ ރާއްޖެއިްނ ބޭރުގެ ޔުނިވަރސިޓީތަކުން ކިޔަވާވިދާޅުވެގެން އަންނަ އިލްމުވެރިންނަށް ކަަމަށެވެ. އެންމެކުޑަމިނުން ރާއްޖޭގެ ޔުނިވަރސިޓީތަކުން ދީނީ ތައުލީމް ކިޔަވައިގެން ނިކުންނަ މީހުންނަށް ދީނީ ނަސޭހަތރް ދިނުމުގެ ހުއްދަވެސް ނޯންނަކަމަށް ޝަހީމް ފާހަގަކުރެއްވިއެވެ.

ބައެއް ދަރިވަރުން ކިޔަވާފައިތިބެނީ އަރަބިބަހުން. އެކުދިންނަށް އަރަބި ބަސްވެސް އެނގޭ. އިނގިރޭސިބަސްވެސް އެނގޭ. މައުލޫމާތު ހޯދުމުގެ ރިފަރެންސްތަކަށް ރުޖޫއަވުމުގެ ގާބިލްކަންވެސް އެމީހުންގެ ޝަހްސިއްޔަތުގައި އެބަހުރި. އެކަމަކު އެމީހުންނަކަށް ނެތް ހުއްދައެއް. ހަމައެކަނި ހުއްދަ މި އޮންނަނީ ބޭރުގެ ޔުނިވަރސިޓީ ތަކުގައި ކިޔަވާ ބޭފުޅުންނަށް އެކަނި

މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ

ޝަހީމް ވިދާޅުވީ އެހެން އެކަން އޮތުމުގެ ސަބަބުން ރާއްޖޭގެ ރަށްތަކުގައި މީހުން އިސްލާމްދީނާ ދުރުވެގެން ދަނީ އެމީހުންގެ ތެރޭގައި ދީނަށް ހިތްވަރު ދޭނޭ މީހުން ނެތީމައި ކަމަށެވެ. މިގޮތުން ކޮންމެ ސްކޫލެއްގައި އިސްލާމް ޓީޗަރެއް ހުންނައިރު އެ ފަރާތަށް ދީނީ ނަސޭހަތް ނުދެވޭކަން މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެފަދަ ހާަލަތްތަކުގައިވެސް ދީނީނަސޭހަތް ދޭން ބޭނުންނަމަ ގެންނަން ޖެހެނީ ޝޭހެއް ކަމަށާއި، ޝޭހެއް ނުލިބިއްޖެނަމަ އެ އަތޮޅެއްގެ އެ ރަށެއްގައި ދީނީ ނަސޭހަތް ދެވެން ނޯންނަކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ދީނީ ނަސޭހަތްދިނުމުގެ ކަންކަން ދަރަޖަ ކުރަންޖެހެނީ މިފަދަ ސަބަބުތަކަށްޓަކައިކަން މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ