ފުއާދު ތައުފީގު
ހަބަރު
23 Nov 2024 | 14:07
އިލެކްޝަންސްގެ ރައީސް، ފުއާދު ތައުފީގުގެ ދައުރު ހަމަވެއްޖެ

އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ފުއާދު ތައުފީގުގެ ރައީސްކަމުގެ ދައުރު ހަމަވެއްޖެއެވެ.

އިލެކްޝަންސްގެ ރައީސް ފުއާދުގެ ދައުރު މިއަދަށް ހަމަވިއިރު، މިއީ އީސީގެ ރައީސްކަމުގެ މަގާމް ފުއާދަށް ފުރުއްވޭނެ އެންމެ ފަހު ފަހަރެވެ. އިލެކްޝަން ކޮމިޝަނުގެ ގަވާއިދު ބުނާގޮތުން ދެ ދައުރަށް ވުރެ ގިނައިން ކޮމިޝަނުގެ މެމްބަރުކަމުގައި ނުުންނެވޭނެއެވެ.

ފުއާދު ތައުފީގް އެންމެ ފުރަތަމަ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި ހުންނެވީ، 2008 ވަނަ އަހަރެވެ. އޭރުއެއީ ރާއްޖެއަށް ސިޔާސީޕާޓީތައް ތައާރަފްވެ، އެންމެފުރަތަމަ ގިނަ ޕާޓީތަކެއް ބައިވެރިވެގެން އިންތިހާބު ބޭއްވި އަހަރެވެ. އެއަށްފަހު ދެން އިެލކްޝަނުގެ މެމްބަރުކަމަށް ފުއާދު ވަޑައިގެންނެވީ 2019 ވަނަ އަހަރެވެ. ފުއާދު ކޮމިޝަނުގެ ރައީސްކަމުގެ މަގާމަށް އައްޔަނުކުރެވުނީ، 2021 ވަނަ އަހަރު އޭރު ކޮމިޝަނުގެ ރައީސަކަށް ހުންނެވި އަހުމަދުޔ ޝަރީފް މަގާމުން އިސްތިއުފާދިނުމުންނެވެ.

ފުއާދު ތައުފީގަކީ އިލެކްޝަންސް ކޮމިޝަނުގައި އެންމެ ގިނަދުވަސްވަންދެން މަސައްކަތްކުރައްވައި އެ ދާއިރާގައި ހުރި ރާއްޖޭގެ އެންމެ ތަޖުރިބާކާރު ބޭފުޅާއެވެ. ގިނަބައެއްގެ މަގުބޫލުކަން ލިބިވަޑައިެގންފައިވާ ފުއާދު ތައުފީގަކީ ތަފާސްހިސާބުގެ އިލްމުން ރާއްޖޭގައި އެންމެ ފުންނާބުއުސް އެއް އިލްމުވެރިޔާއެވެ. 

ގިނަބަޔަކު ފުއާދު ތައުފީގް ފާހަގަކުރައްވަނީ ކެތްތެރިކަމުގެ ގޮތުން އެފަދަ ދެވަނައެއްނުވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ކައިރިވެފައިވަނިކޮށް އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތައް އެންމެ ބާރުބޮޑުވެގެން ދިޔަ ދުވަސްވަރު ފުއާދު ތައުފީގުގެ ދަރިކަލުން އަހުމަދު ފުއާދު ނިޔާވި ހަބަރާއެކުވެސް އެދުވަހު އޮފީހަށް ނިކުންނަވައި ގައުމީ ވާޖިބުތައް އަދާކުރެއްވުމަށް ދެއްކި ހިތްވަރު ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.