އެންމެ ދިގު އަންހެން މީހާ އާއި އެންމެ ކުރު އަންހެން މީހާ
ދުނިޔެ
24 Nov 2024 | 11:32
ދުނިޔޭގެ އެންމެ ދިގު އަންހެން މީހާއާއި އެންމެ ކުރު އަންހެން މީހާ ބައްދަލުކޮށްފި!

ލަންޑަނުގައި ބޭއްވުނު ގިނަސް ވޯލްޑް ރެކޯޑްސް ދުވަހުގެ މުނާސަބަތުގައި، ދުނިޔޭގެ އެންމެ ދިގު އަންހެން މީހާއާއި އެންމެ ކުރު އަންހެން މީހާ ހަވީރުގެ ސައިފޮދަކަށް ބައްދަލުކޮށްފިއެވެ. މި ދެ މީހުން ބައްދަލުކުރީ ލަންޑަނުގެ މަޝްހޫރު ސަވޯއި ހޮޓެލްގައެވެ.

ދުނިޔޭގެ އެންމެ ދިގު އަންހެން މީހާ ކަމަށްވާ ޓާކީގެ ރުމެއިސާ ގެލްގީގެ އިސްކޮޅަކީ 215.16 ސެންޓިމީޓަރެވެ(7 ފޫޓު 07އިންޗި). އަދި ދުނިޔޭގެ އެންމެ ކުރު އަންހެން މީހާ ކަމަށްވާ އިންޑިއާގެ ޖިޔޯޓީ އަމްގޭގެ އިސްކޮޅަކީ 62.8 ސެންޓިމީޓަރެވެ. (2 ފޫޓު 07 އިންޗި). މި ދެމީހުންގެ އިސްކޮޅުގެ ތަފާތަކީ 152.36 ސެންޓިމީޓަރެވެ. (5ފޫޓު)

މި ދެމީހުންގެ ބައްދަލު ވުމާއި ގުޅިގެން ގެލްގީ ބުނެފައިވަނީ، އެއީ ތަފާތު ތަޖުރިބާއެއް ކަމަށެވެ.

"އަޅުގަނޑުމެން ދެމީހުންގެ ވެސް ވަރަށް ގިނަ ކަންތައްތައް އެއްގޮތޭ. އަޅުގަނޑުމެން ދެމީހުންނަށް ވެސް މޭކަޕާއި، ސެލްފް-ކެއަރއާއި، ގަހަނާއާއި، ނިޔަފަތި ރީތި ކުރުމަށް ލޯބިކުރަން. އިސްކޮޅުގެ ތަފާތުގެ ސަބަބުން އެކަކު އަނެކެއްގެ ލޮލަށް ބެލުމަށް އުނދަގޫވި ނަމަވެސް، މިއީ ވަރަށް ތަފާތު ތަޖުރިބާއެއް" ގެލްގީ ބުނެފައިވެއެވެ.

ޖިޔޯޓީ އަމްގޭ ބުނެފައިވަނީ، އޭނާއާ އެއްފަދަ ރެކޯޑް ހޯލްޑަރަކާ ބައްދަލުވީތީ ވަރަށް އުފާވެފައިވާ ކަމަށެވެ.

ވެބް ޑިޒައިނަރެއް ކަމަށްވާ ގެލްގީއަކީ 2021 ވަނަ އަހަރު ދުނިޔޭގެ އެންމެ ދިގު އަންހެން މީހާގެ ގޮތުގައި ކަނޑައެޅުނު މީހާއެވެ. އޭނާގެ އިސްކޮޅު މިހާ ދިގުވެފައިވަނީ ވީވަރ ސިންޑްރޯމް ކިޔާ ވަރަށް މަދުން ޖެހޭ ބައްޔެއްގެ ސަބަބުންނެވެ. ގިނަސް ވޯލްޑް ރެކޯޑްސްގެ މަޢުލޫމާތު ދައްކާ ގޮތުގައި، މުޅި ދުނިޔޭގައި މި ބަލި ޖެހިފައިވަނީ އެންމެ 27 މީހުންނަށެވެ.

27 އަހަރުގެ ގެލްގީ އަކީ އެންމެ ބޮޑު އަތް ހުރި އަންހެން މީހާ އަދި އެންމެ ދިގު ބުރަކަށި ހުރި އަންހެން މީހާގެ ރެކޯޑު ވެސް އޮތް މީހާއެވެ. މީގެ އިތުރުން އޭނާއަކީ އެންމެ ދިގު ކަންފަތް ހުރި އަންހެން މީހާގެ ރެކޯޑު ވެސް އޮތް މީހާއެވެ.

އެކްޓްރެސްއަކާއި މީޑިއާ ޝަޚްޞިއްޔަތެއް ކަމަށްވާ އަމްގޭއަށް ޖެހިފައިވަނީ އެކޮންޑްރޮޕްލޭޒިއާ ކިޔާ ކަށީގެ ބައްޔެކެވެ. މި ބަލީގެ ސަބަބުން އަތާއި ފައިގެ ކަށިތައް އާންމު މީހުންނާ އަޅާބަލާއިރު ކުރުވެފައި ހުރެއެވެ. މި ހާލަތު ދިމާވަނީ މަންމަގެ ބަނޑުގައި ކުއްޖާ އުފެދެމުންދާއިރު ވަރަށް ކުރީކޮޅުގައެވެ. އަދި މި ބަލީގެ ސަބަބުން އަސަރުކުރަނީ ކުއްޖާގެ އަތްތަކާއި ފައިތަކަށް ވާންޖެހޭ ކާޓިލޭޖް (ގާކަށި) ޓިޝޫއަށެވެ.

ގިނަސް ވޯލްޑް ރެކޯޑްސް ދުވަހަކީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ މެދުތެރޭގައި ފާހަގަކުރާ ދުވަހެކެވެ. މި ދުވަހުގެ މަޤްޞަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ރެކޯޑު ހޯލްޑަރުންނާއި ރެކޯޑު ހެދުމަށް މަސައްކަތްކުރާ ފަރާތްތައް އެއްތަނަކަށް ގެނެސް، އެމީހުންގެ އުފެއްދުންތެރިކަމާއި ޤާބިލުކަން ފާހަގަކުރުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.