ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފައިނަލް ގާލާގެ ތެރެއިން
ހަބަރު
25 Nov 2024 | 10:13
މިފަހަރުވެސް، ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ރާއްޖެއަށް!

ރާއްޖޭން ފަސް ވަނަ ފަހަރަށް ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު އަދި ފުރަތަމަ ފަހަރަށް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑް ހޯދައިފިއެވެ. 

ޕޯޗުގަލްގެ މަދޭރާގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފައިނަލް ގާލާގައި މި ދެ އެވޯޑާ ހަވާލުވެވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލެވެ.

ވޯލްޑްސް ލީޑިންގ ގްރީން ޑެސްޓިނޭޝަން އެވޯޑް ހިމެނޭއިރު، މިއީ ތިމާވެއްޓާއި ރަށްޓެހި ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ހިންގާ މަންޒިލްތަކަށް ދޭ އެވޯޑެކެވެ.

މި ދެ އެވޯޑުގެ އިތުރުން، މިއަހަރު ރާއްޖެއަށް ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަން ކެޓެގަރީން އެވޯޑްތަކެއް ވެސް ލިބިފައެވެ. އޭގެތެރޭގައި، އިންޑިއަން އޯޝަންސް ކެޓެގަރީގެ ލީޑިން ހަނީމޫން ޑެސްޓިނޭޝަން އެވޯޑާއި ލީޑިން ގްރީން ޑެސްޓިނޭޝަނާއި ލީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑު ހިމެނެއެވެ.

މި އިނާމުތަކާ ހަވާލުވެވަޑައިގަތުމަށްފަހު ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވީ މި ކާމިޔާބީތަކަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހިމެނޭ ހުރިހާ ފަރާތްތަކުން އެކުގައި ކުރެވުނު މަސައްކަތުގެ ނަތީޖާ ކަމަށެވެ.

އެގޮތުން ވަޒީރު ވަނީ، ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް، ޑައިވް ސެންޓަރުތަކާއި އެއަރލައިންތަކާއ،ި ޓްރެވަލް އޭޖެންސީތަކާއި، ޓުއަރ ގައިޑުންނާއ،ި ދާއިރާގައި މަސައްކަތްކުރާ އެންމެހައި ރިސޯޓް މުވައްޒަފުން އަދި ޖުމުލަކޮށް މުޅި މުޖުތަމަޢުތައް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ