ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
27 Nov 2024 | 19:30
ބޭންކުތަކަށް ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ބަދަލެއް ނުގެނޭ؛ ބިލުގައި ހިމެނީ އިސްތިސްނާ ޙާލަތްތައް: ފިރުޒުލް

ބޭންކުތަކަށް ޑޮލަރު މާރުކުރުމުގެ މިހާރުގެ ގަވާއިދަށް ބަދަލެއް ނުގެނެވޭނެ ކަމަށާއި، އަލަށް އެކުލަވާލާފައިވާ ބޭރު ފައިސާއާ ބެހޭ ބިލުގައި ހިމަނާފައިވަނީ އިސްތިސްނާ ޙާލަތްތަކެއް ކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ކުރިޔަށް ގެންދިޔަ ޖަލްސާގައި ރައީސް ވަނީ ޑޮލަރު ގަވައިދަށް އަމަލު ކުރުން ނޫން ގޮތެއް ނެތްކަމަށާއި، އެ ގަވައިދަށް ދެން ގެންނާނެ އިތުރު ބަދަލެއް ނެތްކަމަށް ވިދާޅުވެފައެވެ.

ނަމަވެސް، މިހާރު އެކުލަވާލާފައިވާ ބޭރު ފައިސާއާ ބެހޭ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުމާއެކު، އެ ބިލުގައި އޮތީ ރައީސް އޭރު ވިދާޅުވި ގޮތަށް ނޫންކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ދިޔައެވެ.

މިކަމާއި ގުޅިގެން ފިރުޒުލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ބިލުގައި ބޭންކުތަކަށް ޑޮލަރު މާރުކުރުމުގައި މިހާރުގެ ގަވާއިދުގައި އަމަލުކުރަންޖެހޭ އުސޫލަށް ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ. އެގޮތުން ބިލުގެ އަށްވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ޓޫރިޒަމް ވިޔަފާރިތަކަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އެކުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ބޭންކަކަށް ޖަމާކުރަންޖެހޭނެ ކަމަށެވެ.

ފިރުޒުލް އިތުރަށް ވިދާޅުވީ، އަލަށް އެކުލަވައިލި ބިލުގައި ޑޮލަރުން ލިބޭ އާމްދަނީ ޖަމާކުރުން އިތުރަށް ހަރުކަށިކޮށް ފުޅާކޮށްފައިވާ ކަމަށެވެ. މިގޮތުން ޓޫރިޒަމް ވިޔަފާރި ނޫން ވިޔަފާރިތަކުގެ ތެރެއިން އަހަރަކު މަދުވެގެން 20 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭ ވިޔަފާރިތަކުންވެސް އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ ދިވެހިރާއްޖޭގެ ބޭންކަކަށް ޖަމާކުރަންޖެހޭނެ ކަމުގައި ބަޔާންކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.  

ހަމަ އެހެންމެ، ޑޮލަރުން ލިބޭ އާމްދަނީ ޖަމާކުރުން އިތުރަށް ހަރުކަށިކޮށް ފުޅާކޮށް، ޓޫރިޒަމް ވިޔަފާރި ނޫން ވިޔަފާރިތަކުގެ ތެރެއިން އަހަރަކު މަދުވެގެން 20 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭ ވިޔަފާރިތަކުންވެސް އެ ފަރާތްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ ދިވެހިރާއްޖޭގެ ބޭންކަކަށް ޖަމާކުރަންޖެހޭނެ ކަމުގައި އެ ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ފަރާތްތަކުން %25 މާރުކުރަންވެސް ލާޒިމުކޮށްފައިވެއެވެ.

އައު ބިލުގައި އުސޫލަށް ގެނައި ހަމައެކަނި ބަދަލަކީ، 50 އެނދަށްވުރެ ގިނަ އެނދު ހުންނަ ގެސްޓުހައުސް އަދި ސިޓީ ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތައް 25 ޑޮލަރު މާރުކުރާ ކެޓަގަރީއަށް ބަދަލުކުރުން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

މީގެއިތުރުން، ގަވާއިދުގައި ނެތް އައު ކަމެއްގެ ގޮތުގައި މި ބިލުގައި ތައާރަފުކޮށްފައިވަނީ ތިން އިސްތިސްނާ ހާލަތެއް ކަމަށް ފިރުޒުލް ފާހަގަކުރެއްވިއެވެ. އެއީ އެ ތިން ބާވަތެއްގެ ފަތުރުވެރިން ޑޮލަރު މާރުކުރާއިރު ހިމަނަންނުޖެހޭ ގޮތަށް ހިމަނާފައިވާ އިސްތިސްނާތަކެކެވެ.

މި އިސްތިސްނާތަކުގެ ތެރޭގައި ހިމެނެނީ:

1. ގިނަވެގެން 24 ގަޑިއިރު ހޭދަނުކުރާ ޓޫރިސްޓުން

2. އުމުރުން ދެ އަހަރު ފުރިހަމަނުވާ ކުޑަކުދިން

3. ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީކޮށް ތިބޭ ފަރާތްތައް

މި ބިލު މިހާރު ވަނީ އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައެވެ: 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.