އޮކްސްފޯޑް ޔޫނިއަންގެ ބަހުސްގެ ތެރެއިން
ދުނިޔެ
01 Dec 2024 | 09:49
އިސްރާއީލަކީ ނަސްލީ ތަފާތުކުރުން ގެންގުޅޭ, ގަތުލު ޢާއްމު ހިންގަމުންދާ ބައެއް: އޮކްސްފޯޑް ޔޫނިއަން

އޮކްސްފޯޑް ޔުނިވަރސިޓީގެ މަޝްހޫރު ޑިބޭޓިންގ ސޮސައިޓީ، އޮކްސްފޯޑް ޔޫނިއަނުން އިސްރާއީލަކީ ނަސްލީ ތަފާތުކުރުން ގެންގުޅޭ، ފަލަސްތީނުގައި ގަތުލުޢާއްމު ހިންގަމުންދާ ބައެއްކަމަށް ފާސްކޮށްފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވުނު މި ޑިބޭޓުގައި 278 މެންބަރުން ވޯޓުދިނީ މި ހުށަހެޅުމަށް ތާއީދުކޮށެވެ. އަދި 59 މެންބަރުން ވޯޓުދިނީ މި ހުށަހެޅުމާ ދެކޮޅަށެވެ.

މި ޑިބޭޓުގައި ތާއީދުކޮށް ވާހަކަދެއްކި ފަރާތްތަކުގެ ތެރޭގައި އިސްރާއީލް-އެމެރިކާ އެކްޓިވިސްޓް މީކޯ ޕެލެޑް، ފަލަސްތީނު ޝާޢިރު މުޙައްމަދު އަލް-ކުރުދު އަދި މަޝްހޫރު ލިޔުންތެރިޔާ ސޫސަން އަބުލްހަވާ ހިމެނެއެވެ.

އޮކްސްފޯޑް ޔޫނިއަންގެ ރައީސް އިބްރާހީމް ޢުޘްމާން-މުވާފީ ވެސް މި ހުށަހެޅުމަށް ތާއީދުކޮށް ވާހަކަދެއްކިއެވެ. އޭނާ ވާހަކަދައްކަމުން، އިސްރާއީލުގެ ޢުދުވާނީ ޙަމަލާއެއްގައި ގައްޒާގެ ހޮސްޕިޓަލެއްގައި 19 އަހަރުގެ ޝަބާން އަލް-ދަލޫމް އަނދައި މަރުވި ހިތާމަވެރި ހާދިސާ ހަނދާންކޮށްދިނެވެ. އަދި މިހާރު ގައްޒާގައި ހިނގަމުންދާ އަނިޔާވެރި ޢަމަލުތަކަކީ އިސްރާއީލުން ގައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ "ހޮލޯކޯސްޓެއް" ކަމަށް އޭނާ ބުންޏެވެ.

މި ޑިބޭޓް ބާއްވާފައި މިވަނީ އިސްރާއީލުން ގައްޒާގައި ހިންގަމުންދާ ގަތުލް އާއްމު ހުއްޓުމެއްނެތި އިތުރަށް ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައެވެ. އިސްރާއީލުގެ ޙަމަލާތަކުގައި ގައްޒާގެ ގިނަ އަދަދެއްގެ ހޮސްޕިޓަލުތަކާއި، ގެދޮރާއި، މުހިންމު ވަސީލަތްތައް ހަލާކުވެ، އިންސާނީ ބޮޑު ކާރިސާއަކަށް މަގުފަހިވެފައިވެއެވެ. މީގެ އިތުރުން، ގައްޒާގެ އާބާދީގެ ގާތްގަނޑަކަށް އެންމެން ވަނީ ގެދޮރު ދޫކޮށްދާން މަޖުބޫރުވެފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނަށް އަމާޒުކޮށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި މިހާތަނަށް 44،363 އަށްވުރެ ގިނަ ފަލަސްތީނުގެ މުސްލިމުން ޝަހީދުވެފައިވާއިރު، 105،070 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ. ޝަހީދުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި އެތައް ހާސް މީހުން ވަނީ ގެދޮރު ހަލާކުވެ އެކި ސަރަޙައްދުތަކުގައި ވީނުވީއެއް ނޭނގި ގެއްލިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.