ކްރިމިނަލް ކޯޓު
ހަބަރު
01 Dec 2024 | 20:20
ޑިސެމްބަރު 15 ގައި ކްރިމިނަލްކޯޓު ރިސެސްއަށްދަނީ

ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހު ކްރިމިނަލްކޯޓު ރިސެސްއަށްދިއުމަށް ނިންމައިފިއެވެ.

ކްރިމިނަލްކޯޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޑިސެމްބަރު 15 އިން 31 ވަނަ ދުވަހަށް އެ ކޯޓް ރިސެސްއަށް ދާން އެކޯޓުގެ ޤާޟީންގެ މަޖިލީހުން ނިންމާފައިވާކަމަށެވެ. އެ ބަޔާނުގައި ބުނެފައިވަނީ، ކޯޓު އިމާރާތަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން އަދިވެސް ހައްލުވެފައިނުވާތީވެ، މިވަގުތުވެސް ކޯޓުން މަސައްކަތްކުރަނީ ޝަރީއަތްކުރާ މާލަންތައް އެކި ޤާޟީންނަށް އެކި ދުވަސްތަކަށް ބަހާލައިގެން ކަމަށެވެ. ކޯޓުން އެންމެ ބޭނުންވާ މިންވަރަށް އަޑުއެހުންތައް ތާވަލްކުރުމަށް ގޮންޖެހުންތައް ހުރުމުން، ޑިސެމްބަރުމަސް އެއްކޮށް ރިސެސްއަށް ނުދިއުމަށް ނިންމާފައިވާކަން ކްރިމިނަލް ކޯޓުން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ހުޅުމާލޭގައި ހުންނަ ކުރިން ކޮވިޑް ފެސިލިޓީގެ ގޮތުގައި ބޭނުންކުރަމުންދިޔަ އިމާރާތަށް ކޯޓުގެ މަސައްކަތްތައް ބަދަލުކުރެވިއްޖެނަމަ، ކޯޓުގެ ޖާގައިގެ ދަތިކަމަށް ހައްލުލިބި މައްސަލަތައް އަވަސްވާނޭކަމަށް ގަބޫލުކުރެވޭކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

ނޮވެމްބަރުމަހުގެ ނިޔަލަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަތަކުގެ ތެރޭގައި:

- 7،958 ޤަޞިއްޔާގެ އަޑުއެހުން ތާވަލްކުރި

- 515 ޤަޟިއްޔާ ކޯޓުން ނިންމި

- 2،615 މީހުންގެ ބަންދާ މެދު ގޮތެއް ނިންމި

- 2،043 ތަފާތު އެކި ކޯޓް އަމުރު ދޫކުރި

ކްރިމިނަލް ކޯޓުން ބުނީ އެ މުއްދަތުގެ ތެރޭގައި ކޯޓް ރެސިސްއަށް ދިޔަނަމަވެސް، ކޮންމެހެން ކުރަންޖެހޭ ކަންކަން ކުރަމުންދާނޭކަމަށެވެ. އޭގެ ތެރޭގައި :

- ކޯޓުގެ އިމާރާތް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި ތަރުތީބުކުރުން.

- ބަންދާމެދު ގޮތެއް ނިންމުމުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުން.

- ތަފާތު އެކި ކޯޓު އަމުރު ދޫކުރުމުގެ މަސައްކަތް.

- ހޭބިއަސް ކޯޕަސް އަމުރުތަކާއި މުދާ ދޫކުރުމަށް އެދި ހުށަހަޅާ މައްސަލަތައް.

- ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ މައްސަލަތަކާއި، ގާނޫނާއު ގަވާއިދުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިމެންޖެހޭނެކަމަށް ކަނޑައަޅާފައިވާ ކަންތައްތައް ކުރިއަށް ގެންދިއުން.

- އިމާރާތުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ދެ އިމާރާތެއްގައި ކޯޓުން މަސައްކަތް ކުރަން ޖެހިފައި ވާތީ، އިދާރީ ގޮތުން ދިމާވާ ދަތިތައް ހައްލުކޮށް ހަރުދަނާކުރުމަށްޓަކައި މަސައްކަތްތައް އިންތިޒާމުކުރުމާއި މިކަމާއި ގުޅިގެން އިދާރީ އެސްއޯޕީތަކާއި މުއައްޒަފުންނާއި ގުޅުންހުރި އުސޫލުތައް ތައްޔާރުކުރުމާއި އަންނަ އަހަރަށް ތައްޔާރުވުމުގެ ގޮތުން އިދާރީ ގޮތުން ކުރަންހުރި މަސައްކަތްތައް ކުރުން.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.