ޖަރުމަންވިލާތުގެ ޚާރިޖީ ވަޒީރު އަނެލީނާ ބަޔަބޮކް
ހަބަރު
02 Dec 2024 | 15:57
ޔޫކްރެއިން ހަނގުރާމައިގައި ޗައިނާއިން ގެންގުޅޭ ސިޔާސަތަކަށް ޖަރުމަނުން ފާޑުކިޔައިފި

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ޗައިނާއިން ގެންގުޅޭ ސިޔާސަތަށް ޖަރުމަންވިލާތުގެ ޚާރިޖީ ވަޒީރު އަނެލީނާ ބަޔަބޮކް ފާޑުވިދާޅުވެއްޖެއެވެ.

އެކަމަނާ ޗައިނާއަށް ފާޑުވިދާޅުވީ ޗައިނާގެ އިސް ފަރާތްތަކާއި ބައްދަލުކުރެއްވުމަށް ބެއިޖިންގއަށް ފުރާވަޑައިގަތުމުގެ ކުރިންނެވެ. މިހާރު ބަޔަބޮކް ހުންނެވީ ބެއިޖިންގ ގައެވެ.

އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެމްބަރެއްގެ ގޮތުގައި އޮވެ، ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމަށް ނަގަން ޖެހޭ ޒިންމާއިން އެކަހެރިވެ، ޗައިނާއިން މަސައްކަތްކުރަނީ ވިލާތުގެ ޤައުމުތަކުގެ މަސްލަހަތާއި ފުށުއަރާގޮތަށް، ރަޝިޔާއަށް އަސްކަރީ އަދި އިގްތިސާދީ އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށް ބަޔަބޮކް ތުހުމަތުކުރެއްވިއެވެ. އެކަމަނާ ވިދާޅުވީ ރަޝިޔާއިން ޔޫކްރެއިންއަށް ދެމެންދާ ޙަމަލާތަކަކީ ސުލްހައަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އެކަމަނާ އަޅާ ނުލައި ނުތިބެވޭނެކަމަށާއި، ޗައިނާ ދަތުރުފުޅުގައި އެކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެކަމަށް ފުރާވަޑައިގަތުމުގެ ކުރިން ޖަރުމަން މީޑިއާތަކާ ބައްދަލުކުރައްވައި އެކަމަނާ ވިދާޅުވިއެވެ.

ޖަރުމަންވިލާތުގެ ޚާރިޖީ ވަޒީރު ޗައިނާއަށް ކުރައްވާ މި ދަތުރުފުޅުގައި މިއަދު ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރައްވާނެއެވެ. ޗައިނާއިން ރަޝީޔާއަށް އެހީތެރިވާ މައްސަލައަކީ މި ދެބޭފުޅުންގެ މަޝްވަރާގެ އެޖެންޑާގެ އެންމެ ކުރީގައި އޮންނާނެ މައުޟޫކަމަށް ބެލެވެއެވެ. ދެ ޤައުމުގެ ޚާރިޖީ ވަޒީރުން މިއަހަރު މީގެ ކުރިން 2 ފަހަރަކު ބައްދަލުކުރައްވައި، މަޝްވަރާކުރައްވާފައިވެއެވެ.

ވިލާތުގެ އިއްތިޙާދުން ދަނީ ރަޝިޔާއާ ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ 15 ވަނަ ޕެކޭޖަށް ތައްޔާރުވަމުންނެވެ. ރަޝިޔާގެ ޑްރޯންތަކުގައި ބޭނުންކުރާ ސާމާނު އުފައްދާ ޗައިނާގެ ބައެއް ކުންފުނިތަކާ ދެކޮޅަށްވެސް މިފަހަރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމަށް ބެލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ދަރިވަރުންގެ ޢާއިލާތަކަށް ބަދަލުދޭން އިންޑިއާ ސަރުކާރުން އެއްބަސްވެއްޖެ
ނީޓް އިމްތިޙާނާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކަށް ޙައްލެއް ހޯދުމަށް ސަރުކާރާއި އިދިކޮޅު ސީޖޭޕީ ޕާޓީއާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބި، ދަރިވަރުންގެ ބައެއް މައިގަނޑު ޑިމާންޑްތަކަށް ސަރުކާރުން އެއްބަސްވެއްޖެއެވެ.
24 Jul 2026
ޓްރާންސްޕޭރެންސީން ވަކިކުރީ މުވައްޒަފަކަށް 3.5 ލައްކަ ރުފިޔާދޭން އަންގައިފި
ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) ގައި މަސައްކަތްކުރި ސީނިއާ މުވައްޒަފެއް ކަމަށްވާ ޢަލީ ޝަރީފް، ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ނިންމި ނިންމުމާ އެއްގޮތަށް، އޭނާއަށް ލިބެންޖެހޭ 356,932 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އަމުރުކުރުމުން އެ ފައިސާ ނުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
24 Jul 2026
އިންޑިއާގެ "ކޮކްރޯޗް" ޕާޓީގެ ވެރީން ސަރުކާރާ މަޝްވަރާކޮށްފި
އެ މަޝްވަރާތައް ބޭއްވީ މުޒާހަރާތަކަށް ތާއީދުކޮށް 26 ދުވަސް ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ހުންނެވި އެކްޓިވިސްޓް ސޯނަމް ވާންގްޗުކް ހަޅުތާލު ހުއްޓައިލިތާ ގަޑިތަކެއް ފަހުގައެވެ. ނަމަވެސް ސީޖޭޕީން ބުނީ މަޝްވަރާތައް ކުރިއަށް ގެންދާ ކަމުގައި ވިޔަސް މުޅި ޤައުމުގައި ކުރަމުންދާ އިޙުތިޖާޖުތައް ހުއްޓައިނުލާނެ ކަމަށެވެ. ބައްދަލުވުމަށް ފަހު ސީޖޭޕީގެ ލީޑަރުން ބުނީ ސަރުކާރުން ހޮނިހިރު ދުވަހުގެ މެންދުރުފަހާ ހަމައަށް ޖަވާބު ދެއްވަން ވަގުތު ބޭނުންވާ ކަމަށް އެންގި ކަމަށެވެ.
24 Jul 2026
ހަނދާން ނެތުމާއި، ސަމާލުކަން ނުދެވުމުގެ މައްސަލައިން އަރައިގަތުން
ދިރިއުޅުމުގެ ކަންކަމުގައި އުޅޭއިރު ބުރަބޮޑުވެ، މަސައްކަތުގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގެ ޒިންމާތައް އިތުރުވާ ވަގުތުތަކުގައި، ބައެއް ފަހަރު ވިސްނުން ފުސްވެ، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވާ ހާލަތަކަށް ދެވޭގޮތްވެއެވެ. މިއީ "ބްރެއިން ފޮގް“ އެވެ. މިއީ ވަކި ބައްޔެއް ނޫން ނަމަވެސް، ސަމާލުކަން ދިނުމާއި، ހަނދާން ބެހެއްޓުމާއި، ވިސްނުމުގެ ބާރު ދަށްވުން ފަދަ ކަންކަން ހިމެނޭ ޞިއްޙީ ހާލަތެކެވެ.
24 Jul 2026
އިނގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓު ވައިރުކުރަން ދަސްކޮށްދީފި
ރ. އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން ހިންގާ "ހުނަރު ޕޮރޮގުރާމު" ގެ ތެރެއިން ފެނަކައިގެ ޓެކްނީޝަނުން މެދުވެރިކޮށް ދަރިވަރުންނަށް ކަރަންޓު ވައިރުކުރުމުގެ ޢަމަލީ ތަމްރީނު ދީފިއެވެ.
24 Jul 2026
ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހުޅުވައިލަނީ
މާލޭ ބޮޑުތަކުރުފާނު މަގުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރި ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވައިލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
24 Jul 2026
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލާންޖެހޭނެ
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.