އެންސްޕާގެ ސީއީއޯ ހީނާ
ހަބަރު
02 Dec 2024 | 18:24
މީޑިއާ ހައުސްއިން ކުއްޔަށްހިފި ތަނުގެ އެއްބަސްވުން އެންސްޕާއިން އުވާލުމަށް ނިންމައިފި

ނެޝަނަލް ސޯޝަލް ޕްރޮޓަކްޝަން އޭޖެންސީ (އެންސްޕާ) ގެ ބޭނުމަށް، މޯލްޑިވްސް މީޑިއާ ހައުސްއިން ކުއްޔަށްހިފި ތަންތަނުގެ އެއްބަސްވުން އުވާލުމަށް ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން އެންސްޕާއިން ނެރުނު ބަޔާނެއްގައި ބުނީ އެ އެޖެންސީ ހިންގަމުންދާ މޫކައި ސުއިޓު އިމާރާތުގެ މަސައްކަތްކުރުމަށްޓަކައި ހުސްކުރުމަށް އަންގާފައިވާކަމަށެވެ. އެގޮތުން އެ އެޖެންސީ ހިންގުމަށް ތަނެއް މޯލްޑިވްސް މީޑިއާ ހައުސްއިން ތަނެއް ކުއްޔަށް ހިފީ، އެކަން ކުރުމަށް އޮންނަ އުސޫލުގެ ތެރެއިން، ކުރެވުނު އޯޕަން ޓެންޑަރގެ ދަށުންކަމަށް އެންސްޕާއިން ބުންޏެވެ. 

އެންސްޕާއިން ބުނީ އެއްބަސްވުން ނިމުމަކަށް ގެންނަން ބޭނުންވީ މި މުއާމަލާތްތަކާ ގުޅިގެން މޯލްޑިވްސް މީޑިއާ ހައުސްގެ އަގު ވައްޓާލައި އެ ކުންފުނި ބަދުނާމުކުރުމަށް ހަގީގަތާ ހިލާފް އެތައް ވާހަކަތަކެއް ދައްކައި، މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އަސްލެއްނެތް ދޮގު ވާހަކަތައް ފެތުރުމުގެ ސަބަބުން އެކުންފުންޏަށް މާއްދީ ގޮތުންނާއި މައުނަވީގޮތުން ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ކުރިމަތިވުމުން ކަމަށެވެ.

މޯލްޑިވްސް މީޑިއާ ހައުސްއާއެކު އެންސްޕާއިން ގާއިމްކުރި އެ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމީ ފިނޭންސް މިނިސްޓްރީއަށްވެސް އެންގުމަށްފަހުއެވެ. އެންސްޕާއިން ބުނީ މިކަމާ ގުޅޭގޮތުން އިތުރަށް ކުރަންޖެހޭ މުއާމަލާތްތަކާއި އެއްބަސްވުން ނިމުމަކަށް ގެނައުމަށްފަހު ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް މާލީ ވުޒާރާގެ އިރުޝާދުގެ ދަށުން ކުރިއަށްދާަކމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Jun 2026
ށ.ފުނަދޫ އިސްރަށްވެހިންގެ ހިޔާވަހި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
މި މަޝްރޫޢުގެ ދަށުން ގާއިމުކުރާ މި މަރުކަޒަކީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި އިޖުތިމާޢީ ޕްރޮގްރާމްތައް ހިންގޭނެ އިންތިޒާމުތަކުގެ އިތުރުން، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކަކާއެކު 60 މީހުންގެ ޖާގައިގެ މަރުކަޒެކެވެ.
25 Jun 2026
"ލޭ އެޕް"އިން އިސްނަގައިގެން ނެރޭ ލަވަ މާދަން ރިލީސް ކުރަނީ
މި ލަވަ ނެރުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު، ޓީވީއެއްގެ ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ.
25 Jun 2026
މާލެ އޭރިއާގެ 84 ފުލުހަކަށް ޝަރަފުގެ ނިޝާން
މި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 84 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެ އެވެ.
25 Jun 2026
ޖަޕާނުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި
މިއީ ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށްޓަކައި ހަދިޔާ ކުރި ސިސްޓަމެކެވެ.
25 Jun 2026
އެމްއެންޔޫގެ ޢަރަބި ބަހުގެ ކްރޭޝް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު
އެމްއެންޔޫއިން ބުނީ މި ކޯހަކީ ޢަރަބި ބަހުގެ އަސާސްތައް ދަސްކޮށްދިނުމަށާއި، އެ ޔުނިވަރސިޓީން ކުރިއަށްގެންދާ ޢަރަބި ބަހުގެ އެކި ޕްރޮގްރާމްތަކަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ކޯހެއް ކަމަށެވެ.
25 Jun 2026
ޓޫރިޒަމް އޯފް ސީޒަނުގައި ބޭންކްތަކަށް އެމްއެމްއޭއިން ވިއްކާ ޑޮލަރު އިތުރުކުރަން ނިންމައިފި
ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރުމަށް ނިންމީ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ
25 Jun 2026
ދިރާގު އެލީޓް ކްލަބްގެ ޕަރޓްނަރަކަށް އީޒެޕް
މިޕަރޓްނަރޝިޕްގެ ދަށުން، ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންނަށް އީޒެޕްމެދުވެރިކޮށް %5 އިން %15 އާ ހަމައަށް ހާއްސަ ޑިސްކައުންޓްތައް ލިބިގެންދާނެއެވެ.
25 Jun 2026
އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ގެއްލުންދެނީ
މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ތާރީޚީ ބިނާއަށް ބަޔަކު ގަސްދުގައި ގެއްލުންދެމުންދާކަން މިހާރު ވަނީ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައެވެ.