ދެކުނު ކޮރެއާގެ މިލިޓަރީ
ދުނިޔެ
04 Dec 2024 | 12:59
ދެކުނު ކޮރެއާގެ ރައީސް ޔޫން، މަގާމުން ދުރުކުރަން ތައްޔާރުވެއްޖެ

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލް، މަގާމުން ދުރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެޤައުމުގެ އިދިކޮޅު ޕާޓީތަކުން ބުނެފިއެވެ.

ޔޫން މަގާމުން ދުރުކުރުމަށް އިދިކޮޅުން މަސައްކަތް ފަށާފައިމިވަނީ، ރޭގެ ވަގުތެއްގައި ކުއްލި ހާލަތު އިއުލާނުކޮށް އަސްކަރީ ވެރިކަން ހިންގެވުމަށް ނިންމައި، ރައްޔިތުންނާ ދެކޮޅަށް އަސްކަރީ ސިފައިން ނެރުމުންނެވެ. ޔޫން ވަނީ ރޭގެ ވަގުތެއްގައި މާޝަލް ލޯ ހިންގަވަން ނިންމައި ޤައުމުގެ ކަންކަން ހިންގުމަށް ސިފައިން ނެރުއްވާފައެވެ.

އަސްކަރީ ވެރިކަން ހިންގަވަން ނިންމަވައި ޔޫން ވަނީ ގާނޫނުހަދާ މަޖިލީހުގެ ބާރު ކަނޑުވާލައި މަޖިލީހުގެ އިމާރާތުގެ ތެރެއަށް ސިފައިންވަދެ މަޖިލީސް ހައިޖެކްޓްކޮށްފައެވެ. މީގެ އިތުރުން ދައުލަތުގެ އޮފީސްތަކާއި މަގުތަކަށް ނިކުމެ، ސިޔާށީ އެއްވުންތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އަދި އެންމެ ފާހަގަކުރެވުނު ކަމަކީ މީޑިއާތަކުގެ ފުލް ކޮންޓްރޯލްވެސް، ސަލާމަތީ ބާރުގެ ދަށަށް ގެނައުމެވެ. މިކަމާ ގުޅިގެން ދެކުނު ކޮރެއާގެ ސޯލްގައި ސިފައިންނާއި އާއްމުންނާ ދެމެދު ކުރިމަތިލުންތައް ވަނީ ހިނގާފައެވެ.

އަސްކަރީ ވެރިކަން ހިންގުމަށް އިއުލާނުކުރެއްވި ނަމަވެސް ރައީސް ޔޫން ވަނީ މަދު ގަޑިއިރެއްގެ ތެރޭގައި ނިންމުން އަނބުރާ ގެންގޮސްފައެވެ. ސަބަބަކީ ގިނަ އަދަދެއްގެ ރައްޔިތުންނާއި، އިދިކޮޅު ފަރާތްތަކުގެ އިތުރުންވެސް އަމިއްލަ ޕާޓީންވެސް އެކަމަށް ފިއްތުންތައް ކުރިމަތިވުމެވެ.  އަސްކަރީ ވެރިކަމެއް ހިންގެވުމަށް ނިންމެވި މައިގަނޑު ސަބަބެއްކަމަށް ރައީސް ޔޫން ވިދާޅުވެފައިވަނީ، އިދިކޮޅު ބައެއް ފަރާތްތަކާއި އުތުރުކޮރެއާ ގުޅިގެން ސަރުކާރާ ދެކޮޅަށް ކަންތައްތަކެއް ހިންގަން އުޅޭކަމެވެ. 

މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ އެއީ ހަގީގަތުގެ މައްޗަށް އެކުލެވިގެންވާ ވާހަކަތަކެއް ނޫންކަމަށް ބުނެފައެވެ. ދެކުނު ކޮރެއާގެ ރައީސް ޔޫންގެ އަމުރުފުޅަށް ރޭ ހިނގާދިޔަ ކަންތައްތަކާ ގުޅިގެން އެޤައުމުގެ ނޫސްތަކުން މިއަދު ވަނީ ވަރަށްބޮޑަށް ފާޑުކިޔާފައެވެ. ނޫސްތަކުގެ ފަލަ ސުރުހީތަކުގައި ލިޔެފައިވަނީ، ރައީސް ޔޫން ވަނީ ރައްޔިތުންނާއި ދައުލަތަށް ހަމަ ރަނގަޅަށްވެސް ހިޔާނާތްތެރިވެފައި ކަމަށެވެ. ރޭ ހިންގި ކަންކަން ތަހުގީގު ކުރަން ޖެހޭކަން ފާހަގަކުރަމުން އިދިކޮޅު ފަރާތްތަކާއި ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ މަޖިލީޙުގެ ތެރެއިން ޔޫން މަގާމުން ދުރުކުރަންޖެހޭކަމަށް ގޮވާލާފައެވެ.

"ޔޫން މަގާމުގެ ޒިއްމާ އަދާކުރައްވާކަށް ކުފޫ ހަމައެއް ނުވޭ. މަޖިލީހުގެ ތެރެއިން ރައީސް ޔޫންގެ ކޮނޑުފުޅުން ރައީސުލްޖުމްހޫރިއްޔާގެ ޒިއްމާތައް ނަގަންޖެހޭ" ބައެއް ނޫސްތަކުގެ އެޑްޓޯރިއަލް ލިޔުންތަކުގައި ބުނެފައިވެއެވެ.

އިދިކޮޅު އިސް ފަރާތްތަކުންވެސް ވަނީ ޔޫން މަގާމުން ދުރުކުރުމަށް އެންމެން އެކައްޗެއް ކިޔައިގެން މަސައްކަތްކުރަންޖެހޭކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
ނީޓް ދަރިވަރުންގެ ޢާއިލާތަކަށް ބަދަލުދޭން އިންޑިއާ ސަރުކާރުން އެއްބަސްވެއްޖެ
ނީޓް އިމްތިޙާނާ ގުޅިގެން އުފެދިފައިވާ ހަމަނުޖެހުންތަކަށް ޙައްލެއް ހޯދުމަށް ސަރުކާރާއި އިދިކޮޅު ސީޖޭޕީ ޕާޓީއާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބި، ދަރިވަރުންގެ ބައެއް މައިގަނޑު ޑިމާންޑްތަކަށް ސަރުކާރުން އެއްބަސްވެއްޖެއެވެ.
24 Jul 2026
ޓްރާންސްޕޭރެންސީން ވަކިކުރީ މުވައްޒަފަކަށް 3.5 ލައްކަ ރުފިޔާދޭން އަންގައިފި
ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) ގައި މަސައްކަތްކުރި ސީނިއާ މުވައްޒަފެއް ކަމަށްވާ ޢަލީ ޝަރީފް، ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ނިންމި ނިންމުމާ އެއްގޮތަށް، އޭނާއަށް ލިބެންޖެހޭ 356,932 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އަމުރުކުރުމުން އެ ފައިސާ ނުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
24 Jul 2026
އިންޑިއާގެ "ކޮކްރޯޗް" ޕާޓީގެ ވެރީން ސަރުކާރާ މަޝްވަރާކޮށްފި
އެ މަޝްވަރާތައް ބޭއްވީ މުޒާހަރާތަކަށް ތާއީދުކޮށް 26 ދުވަސް ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ހުންނެވި އެކްޓިވިސްޓް ސޯނަމް ވާންގްޗުކް ހަޅުތާލު ހުއްޓައިލިތާ ގަޑިތަކެއް ފަހުގައެވެ. ނަމަވެސް ސީޖޭޕީން ބުނީ މަޝްވަރާތައް ކުރިއަށް ގެންދާ ކަމުގައި ވިޔަސް މުޅި ޤައުމުގައި ކުރަމުންދާ އިޙުތިޖާޖުތައް ހުއްޓައިނުލާނެ ކަމަށެވެ. ބައްދަލުވުމަށް ފަހު ސީޖޭޕީގެ ލީޑަރުން ބުނީ ސަރުކާރުން ހޮނިހިރު ދުވަހުގެ މެންދުރުފަހާ ހަމައަށް ޖަވާބު ދެއްވަން ވަގުތު ބޭނުންވާ ކަމަށް އެންގި ކަމަށެވެ.
24 Jul 2026
ހަނދާން ނެތުމާއި، ސަމާލުކަން ނުދެވުމުގެ މައްސަލައިން އަރައިގަތުން
ދިރިއުޅުމުގެ ކަންކަމުގައި އުޅޭއިރު ބުރަބޮޑުވެ، މަސައްކަތުގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގެ ޒިންމާތައް އިތުރުވާ ވަގުތުތަކުގައި، ބައެއް ފަހަރު ވިސްނުން ފުސްވެ، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވާ ހާލަތަކަށް ދެވޭގޮތްވެއެވެ. މިއީ "ބްރެއިން ފޮގް“ އެވެ. މިއީ ވަކި ބައްޔެއް ނޫން ނަމަވެސް، ސަމާލުކަން ދިނުމާއި، ހަނދާން ބެހެއްޓުމާއި، ވިސްނުމުގެ ބާރު ދަށްވުން ފަދަ ކަންކަން ހިމެނޭ ޞިއްޙީ ހާލަތެކެވެ.
24 Jul 2026
އިނގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓު ވައިރުކުރަން ދަސްކޮށްދީފި
ރ. އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން ހިންގާ "ހުނަރު ޕޮރޮގުރާމު" ގެ ތެރެއިން ފެނަކައިގެ ޓެކްނީޝަނުން މެދުވެރިކޮށް ދަރިވަރުންނަށް ކަރަންޓު ވައިރުކުރުމުގެ ޢަމަލީ ތަމްރީނު ދީފިއެވެ.
24 Jul 2026
ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހުޅުވައިލަނީ
މާލޭ ބޮޑުތަކުރުފާނު މަގުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރި ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވައިލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
24 Jul 2026
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލާންޖެހޭނެ
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.