ހިޔާ ޓަވަރުތައް.. ފޮޓޯ: ވޮއިސް
ހަބަރު
04 Dec 2024 | 14:22
ހިޔާގައި އިތުރު ލިފްޓް ހަރުކުރުމަށް 18 މިލިއަން ޑޮލަރު ހަރަދުވޭ: ފަޒުލް

ހިޔާ ޓަވަރުގައި ލިފްޓް ހަރުކުރުމަށް 18 މިލިއަން ޑޮލަރު ހަރަދުވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރުި ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު މެމްބަރަކު ކުރިމަތިކުރުވި ސުވާލަކަށް ޖަވާބުދެއްވަމުން ފަޒުލް ވިދާޅުވީ، ހިޔާގެ ހުރިހާ ޓަވަރެއްގައި އިތުރަށް ހަރުކުރަންޖެހޭ ލިފްޓްތަކަށް 18 މިލިއަން ޑޮލަރު ހަރަދުވާކަމަށެވެ. އެއީ ދިވެހި ފައިސާއިން ބަލާނަމަ، 277.5 މިލިއަން ރުފިޔާއެވެ. ފަޒުލް ވިދާޅުވީ ހިޔާގައި 16 ޓަވަރު ހިމެނޭއިރު، ޖުމްލަ 32 ލިފްޓް ހަރުކުރުމަށް ނިންމާފައިވާކަމަށެވެ.

ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރަށް 2 ލިފްޓް ހަރުކުރުމަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ހިޔާގައި ލިފްޓް ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު، އިތުރުކުރެވޭ ދެ ލިފްޓްގެ ތެރެއިން އެއް ލިފްޓަކީ ސްޓްރެޗަރު އެރުވޭނެ ވަރުގެ ލިފްޓެއްކެވެ. ލިފްޓް ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން ހަވާލުކޮށްފައިވަނީ، ޝެންޔަންގް ޔުއާންޑ އިންޓެލެކްޗުއަލް ގުރޫއްޕާއެވެ. އެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ފެބުރުއަރީމަހުގެ 14 ވަނަ ދުވަހުއެވެ.

ހިޔާގައި އިތުރު ލިފްޓް ހަރުކުރުމުގެ މަސައްކަތުގެ ތެރެއިން.. ފޮޓޯ: އެޗްޑީސީ

ހިޔާގައި އިތުރު ލިފްޓް ހަރުކުރުމަށް ކުރިއަށްގެންދާ މަޝްރޫއު އަކީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ލިފްލެޓްގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށް ގެންދެވޭ މަޝްރޫއެކެވެ. އަދި މި ލިފްޓުތައް ގާއިމްކުރުމުން ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓް ގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާނޭކަމަށް އެޗްޑީސީން އުއްމީދުކުރެއެވެ.

ކޮމެންޓް
ހިޔަލަ ޕެއާ
ޕްރޮޖެކްޓް ނަގައިގެން ލިފްޓަ ހަރުކުރަނީ އެމްޑީޕީ ބައެއް މިކަމުގައި ބަޔަކަށް ނާޖާއިޒުފައިދާ ވާނެ ގައުމު ދަވާލަން ވީމަ އޯކޭ ކަޒޫބެ އެމްޑީޕީ ޔާވެސް ގުޅިފަ....މީވެސް މަނީލޯންޑަރިންގެ ފުރިހަމަ މިސާލެއް
04 Dec 2024
ގުޅޭ ލިޔުންތައް
25 Jun 2026
މާލެ އޭރިއާގެ 84 ފުލުހަކަށް ޝަރަފުގެ ނިޝާން
މި ރަސްމިއްޔާތުގައި، މާލެ އޭރިއާގައި މަސައްކަތްކުރާ ފުލުހުންގެ ތެރެއިން 84 ފުލުހަކަށް ޝަރަފުގެ ނިޝާން ލިބިފައިވެ އެވެ.
25 Jun 2026
ޖަޕާނުން ރާއްޖެއަށް ފޭޝަލް ރިކޮގްނިޝަން ސިސްޓަމެއް ހަދިޔާކޮށްފި
މިއީ ދިވެހިރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ކުރުމަށްޓަކައި ހަދިޔާ ކުރި ސިސްޓަމެކެވެ.
25 Jun 2026
އެމްއެންޔޫގެ ޢަރަބި ބަހުގެ ކްރޭޝް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު
އެމްއެންޔޫއިން ބުނީ މި ކޯހަކީ ޢަރަބި ބަހުގެ އަސާސްތައް ދަސްކޮށްދިނުމަށާއި، އެ ޔުނިވަރސިޓީން ކުރިއަށްގެންދާ ޢަރަބި ބަހުގެ އެކި ޕްރޮގްރާމްތަކަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ ކޯހެއް ކަމަށެވެ.
25 Jun 2026
ޓޫރިޒަމް އޯފް ސީޒަނުގައި ބޭންކްތަކަށް އެމްއެމްއޭއިން ވިއްކާ ޑޮލަރު އިތުރުކުރަން ނިންމައިފި
ބޭންކުތަކަށް ބޭރު ފައިސާ އިތުރަށް ދޫކުރުމަށް ނިންމީ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ މިންވަރު ދަށްވާ ދުވަސްވަރެއްގައި، ރާއްޖޭން ބޭރަށް ފޮނުވަންޖެހޭ ފައިސާގެ ޑިމާންޑް އެއްވަރެއްގައި ހުރުމުން ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ކަމަށް އެމްއެމްއޭއިން ބުންޏެވެ
25 Jun 2026
ދިރާގު އެލީޓް ކްލަބްގެ ޕަރޓްނަރަކަށް އީޒެޕް
މިޕަރޓްނަރޝިޕްގެ ދަށުން، ދިރާގުގެ އެލީޓް ކްލަބްގެ މެންބަރުންނަށް އީޒެޕްމެދުވެރިކޮށް %5 އިން %15 އާ ހަމައަށް ހާއްސަ ޑިސްކައުންޓްތައް ލިބިގެންދާނެއެވެ.
25 Jun 2026
އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ގެއްލުންދެނީ
މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، 100 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މި ތާރީޚީ ބިނާއަށް ބަޔަކު ގަސްދުގައި ގެއްލުންދެމުންދާކަން މިހާރު ވަނީ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައެވެ.
25 Jun 2026
ޤަތަރަށާއި ޔޫއޭއީއަށް ސަފީރުން އައްޔަނު ކުރައްވައިފި
އެގޮތުން ރައީސުލްޖުމްހޫރިއްޔާ، ސްޓޭޓް އޮފް ޤަތަރަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ޢައްޔަން ކުރެއްވީ، ކުރީގެ ސިޓީތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.
25 Jun 2026
ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި
އެ މީހުން ހައްޔަރުކޮށް، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.