ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
05 Dec 2024 | 10:30
ހައިބްރިޑް ހަތިޔާރާއި އޭގެ އުކުޅުތައް ދަސްކުރުމަށް ނައިބު ރައީސް ގޮވާލައްވައިފި

މިއަދު ހަނގުރާމަތައްކޮށް ޤައުމުތައް ސުންނާފަތި ކުރުމުގައި ބޭނުން ހިފަނީ ހައިބްރިޑް ހަތިޔާރާއި އޭގެ އުކުޅުތައް ނުވަތަ ކައްޗަރީ ވިސްނުމާއި އޭގެ ހުނަރުތައް ކަމުގައި ވީ ހިނދު، މި ހަނގުރާމައާ ކުރިމަތިލާން ބޭނުންވާ ފަންނިއްޔާތުގެ ހުނަރުތައް ދަސްކުރުމަށް އަދުގެ ޒުވާނުންނަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ގޮވާލައްވައިފިއެވެ.

ނައިބު ރައީސް މިފަދައިން ގޮވާލައްވާފައިވަނީ މި އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތުގައި އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ރޭގައި އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މިގޮތުން ނައިބު ރައީސް ވިދާޅުވީ، މި ޒަމާނަށް ހޭލަންވާނީ ވަރުގަދަ ޢަޒުމަކާއި، ހިތްވަރާއެކު، ކަމުގެ ޢިލްމާއި ހުނަރާއި ފަންނުތައް ދަސްކޮށް، އެ ކަންކަމަށް ހޭލުންތެރިވެގެން ކަމަށާއި، 21 ވަނަ ޤަރުނުގެ ތަހުޒީބާއި ތަމައްދުންގެ އުކުޅުތަކާއި ގޮތްތައް ދަސްކުރުމަށް، އަދުގެ ކޮންމެ ބޭފުޅަކަށްވެސް އިލްތިމާސްކުރައްވާ ކަމަށެވެ.

ކައްޗަރީ ހަނގުރާމައިގެ ނުފޫޒުތައް ފެތުރުން ވަނީ ޤައުމެއްގެ އިޖުތިމާޢީ ބިނާރަށް ތާއަބަދަށް ދެވޭ ގެއްލުމަކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، މިކަމުގެ ނަތީޖާއެއްގެ ގޮތުން، އިޖުތިމާޢީ އެއްބައިވަންތަކަމާއި ޢިޤްތިޞާދީ ހަމަޖެހުމަށް ގެއްލުންވެ، އެތައް ޒަމާނަކަށް ދޮގު މައުލޫމާތު ފެތުރިގެންދާކަމަށާއި، މިފަދަ ތޫނު ޚަންޖަރުތަކުން ދެވޭ ޒަޚަމްތަކަކީ ޤައުމު ބައިބައިވެ، ޤައުމީވަންތަކަން ބަލިކަށިވެ، ރައްޔިތުންގެ މެދުގައި ޤައުމީ މަސްލަހަތާ މެދު އޮންނަ އިތުބާރު ފުނޑުފުނޑުވެ، ދާއިމަށް ދެމިގެން ހިނގައިދާނެ ފަދަ ބިރުވެރިކަމެއް ކަމަށެވެ.

މިއާއިއެކު، ނައިބު ރައީސް ވިދާޅުވީ،  ހައިބްރިޑް ހަނގުރާމައިން ދަފަރާވާން ކުރާންޖެހިފައިވާ ވަރަށް ގިނަ ކަންކަން އެބަހުރިކަމަށާއި، ސައިބަރ ރައްކާތެރިކަމުގެ ތަމްރީނުތައްދީ، ނުރައްކާތައް ދެނެގަތުމުގެ އުކުޅުތައް ދަސްކޮށްދީ، އެކި ގޮތްގޮތުން ފެތުރޭ ދޮގު މައުލޫމާތާ ދެކޮޅަށް މަސައްކަތް ކުރުމަށް މަޖުބޫރުވެފައިވާ ކަމަށެވެ.

" މިއަދު ހައިބްރިޑް ހަނގުރާމައިން ދަފާރާވުމަށް ކުރަންޖެހިފައިވާ ވަރަށް ގިނަ ކަންކަން އެބަހުރި. ސައިބަރ ރައްކާތެރިކުރުމުގެ ތަމްރީނުުތައް ދީ ނުރައްކާތައް ދެނެގަތުމުގެ އުކުޅުތައް ދަސްކޮށްދޭން އެބަޖެހޭ. އެކިގޮތްގޮތުން ފެތުރޭ މަޢުލޫމާތާއި ދެކޮޅަށް މަސައްކަތް ކުރަން މިއަދު މިވަނީ މަޖުބޫރުވެފައި،" 

ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ނައިބު ރައީސް ވަނީ އަދުގެ ޒުވާން ޖީލަކީ މާދަމާއަށް ނަމޫނާ ޖީލަކަށް ވާންޖެހޭ ބައެއް ކަމަށްވާއިރު، އެ ނަމޫނާ ދެއްކޭނީ ދޮންބަންޑާރައިން ފަދަ އިއްޔެގެ މާޒީގެ ބަޠަލުންނަށް އަދާކުރާން ޖެހޭ ޝުކުރު، ޙަޤީޤީ މާނައިގައި އަދާކޮށްގެން ކަން ފާހަގަކުރައްވާ، ޒުވާނުންނަކީ ފަންނީ ގޮތުން ހުނަރުވެރި ބަޔަކަށް ހެދުމަށްޓަކައި އަދުގެ ސަރުކާރުން ކުރައްވާ މުހިންމު މަސައްކަތްޕުޅުތަކުގައި ޢަމަލާއި ބަހުން ޝާމިލްވެ، ޤައުމީތަރައްޤީއަށް ބޭނުންވާ ލަނޑުދަނޑިތައް ޙާޞިލު ކުރުމަށް ގޮވާލައްވާފައެވެ.

މިގޮތުން މި ސަރުކާރުން ދިވެހި ޤައުމުގެ އެންމެ މަތީ މަސްލަހަތުން ފެށިގެން އާންމު މަސްލަހަތުތައް ހިމާޔަތްކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާކަމަށާއި، ފަންނިއްޔާތުގެ ދާއިރާއަށް އަންނަމުންދާ ހަލުވި ތަރައްޤީއާއި، މަސްނޫއީ ވިސްނުން ފުޅާވާމުން އަންނަ އައުމާއެކު ސައިބަރ ސަލާމަތީ ފިޔަވަޅުތައްވެސް ކަމާބެހޭ ފަރާތްތަކުގެ ފަންނީ އެހީއާއެކު ހަރުދަނާކުރައްވަމުން ގެންދަވާކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ތަރައްޤީއާއި ތަހުޒީބު، އަދި އިޖުތިމާޢީ ރައްކާތެރިކަމާއި، މުޖުތަމަޢުގެ ދުޅަހެޔޮކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް އަލުއަޅުވާލައްވައި، ނައިބު ރައީސް ވަނީ، ދިވެހި ޤައުމު އާރާސްތުކުރައްވައި ދިވެހި ޤައުމުގެ ހައިބަތާއި ޢިއްޒަތް ދުނިޔެއަށް ހާމަކުރެއްވުމުގައި ރައީސުލްޖުމުހުރިއްޔާ ކުރައްވަމުން ގެންދަވާ އަގުހުރި، ޙިކުމަތްތެރި މަސައްކަތްޕުޅުތަކަށް އިޙުތިރާމާއެކު ޝުކުރު ދަންނަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.