ޅ. އަތޮޅުން ފެނުނު އާ ވައްތަރެއްގެ މަސް، - ފޮޓޯ: ލުއިސް
ހަބަރު
06 Dec 2024 | 09:51
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އާ ވައްތަރެއްގެ މަހެއް ހޯދައިފި

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މުޅިން އާ ވައްތަރެއްގެ މަހެއް ފެނިފައިވާކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. މި މަހުގެ ހަށިގަނޑުގެ ކުލައަކީ ޕާރލް ވައިޓެވެ.

މި ހޯދުން ހާމަކޮށްފައިވަނީ ރިސާޗް ގޭޓްގައި ޝާއިޢުކޮށްފައިވާ ދިރާސީ މައުލޫމާތުގައެވެ. 

ނިލަމެހި އާއިލާއަށް ނިސްބަތްވާ މި މަސް ރާއްޖޭގެ ކަނޑުގެ އަޑިން ދެނެގަތީ މެރިން ސައިންސްގެ ޓީމަކުންނެވެ. މި ޓީމުގައި ކެލިފޯނިއާ އެކަޑަމީ އޮފް ސައިންސަސް، ސާއޯ ޕާއުލޯ ޔުނިވަރސިޓީ އަދި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ މެންބަރުން ހިމެނެއެވެ. މި ޓީމުގައި އިސްވެ ހަރަކާތްތެރިވެފައިވަނީ ލުއިޒް އޭ ރޯޗާ އެވެ.

މި އާ ވައްތަރުގެ މަހަށް ދީފައިވަނީ ދިވެހި ނަމެކެވެ. އެއީ "ކްރޯމިސް އަބަދަށް" މި ނަމެވެ. މި ނަމުގައި ކްރޯމިސް އަކީ މި މަހުގެ އާއިލީ ނަމެވެ. ދިވެހި ބަހެއް ކަމަށް "އަބަދަށް" މި މަހުގެ ނަމުގައި ހިމަނާފައިވަނީ މި މަސް ހޯދުމަށް ކުރެވުނު ދަތުރަށް ފައިސާ ދިން ރޯލެކްސް ޕަރޕެޗުއަލް ޕްލެނެޓް އިނީޝިއޭޓިވްގެ ޝަރަފުގައެވެ.

މި މަސް ފުރަތަމަ ފެނުނީ ޅ. އަތޮޅުގެ ކަނޑުގެ އަޑިންނެވެ. އެ އަތޮޅުން ފެނުނު މަހުގެ ދިގުމިނަކީ 2.7 އިންޗިއެވެ. މި މަސް ހިފީ ކަނޑުގެ އަޑިން 101 މީޓަރު ފުންމިނުންނެވެ.

ޅ.އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް 8 ތަނަކުން މި މަސް ފެނިފައިވެއެވެ. އަދި މި މަސް ރާއްޖޭގެ ގިނަ ސަރަހައްދުތަކުން ފެންނާނެ ކަމަށް ގަބޫލުކުރެވެއެވެ.

މި މަސް ދެނެގަތް ޓީމުގެ ތެރޭގައި ދިވެހި ބަޔޮލޮޖިސްޓް އަހްމަދު ނަޖީބުގެ ނަންވެސް ރިސާޗްގޭޓްގެ އެ ދިރާސާ ރިޕޯޓްގައި ހިމަނާފައިވެއެވެ.

ކޮމެންޓް
އެދުރުބެ
"އަބަދަށް" އެއީ ނަމެއް؟
07 Dec 2024
ގުޅޭ ލިޔުންތައް
09 Aug 2026
މުއައްޒަފަކާ ގުޅުވައިގެން ދައްކަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއްނެތް: ހުޅުމާލެ ހޮސްޕިޓަލް
އެކަށިގެންވާ، ގޮތުގައި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، ދަތިތަކާ ކުރިމަތިވެގެން ދިޔަ ނުދިނުމަށް ކަށަވަރުނުވާ "ހަގީގަތާ ޚިލާފު މަޢުޫމާތުތައް ނުފެތުރުމަށް އެދޭކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ
09 Aug 2026
ގެއްލުނު ތިން މީހުން ހޯދުމަށް ކަނޑުމަގުން އެކަނިވެސް 1370.10 އަކަ ނޯޓިކަލް މޭލު ބަލައިފި
މި އޮޕަރޭޝަނުގައި އެންމެބޮޑު ސަރަހައްދެއް ބަލާފައިވަނީ ވައިގެމަގުންނެވެ. ގެއްލުނު މީހުންގެ ހަބަރެއް އަދިވެސް ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ
08 Aug 2026
ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކް ހުޅުވައިފި
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ