މާރާ މާރީ ހިނގި ސަރަހައްދުގައި ބިދޭސީން ހަރަކާތްތެރި ވަނީ
ހަބަރު
06 Dec 2024 | 21:23
ހުކުރު ދުވަހާ ދިމާކޮށް އާޓިފިޝަލް ބީޗުގައި ބިދޭސީންގެ މާރާމާރީއެއް؛ މިއަދުގެ މާރާމާރީގައި ކުޑަ ކުއްޖަކަށްވެސް އަނިޔާ!

މާލޭ އާޓިފިޝަލް ބީޗުގައި ބިދޭސީންގެ ދެ ގުރޫޕެއް ދެމެދުގައި މާރާމާރީއެއް ހިނގައި ކުޑަކުއްޖަކަށް އަނިޔާ ވެއްޖެއެވެ.

ވޮއިސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮންމެ ހުކުރަކާއި ދިމާކޮށް މި މާރާމާރީ ހިނގާތާ މިވީ ތިންވަނަ ހަފްތާއެވެ. 

މިއަދުގެ އިރުއޮއްސުނު ވަގުތު ހިނގި މާރާމާރީ އާއި ގުޅޭ ވީޑިއޯ، މީސް މީޑިއާގައި ދައުރުވަމުންދާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި، ބިދޭސީން އެކެއް އަނެކެއް ގައިގައި ތަޅަމުންދިޔައިރު، އަދި ތަޅަން މަސައްކަތް ކުރަމުންދިޔައިރު، އެމީހުން ހުއްޓުވުމަށްވެސް ބަޔަކު ދިޔައީ ހަރަކާތްތެރިވަމުންނެވެ. އަދި އެތަނުން ބައެއް ބިދޭސީން ގޮވައިގެން އެ ސަރަހައްދުން ދާމަންޒަރުވެސް ފެންނައިރު، މާރާމާރީ ހިނގިއިރު އެތަނުގައި ކުޑަކުދިންނާއި ބިދޭސީ އަންހެނުންވެސް ތިއްބެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި މާރާމާރީ ހިންގަނީ އިންޑިޔާއަށް ނިސްބަތްވާ ބިދޭސީން ތަކެކެވެ.

އެ މާރާމާރީއާ ގުޅިގެން ފުލުހުން ބުނީ، މިއަދު 18:22 ހާއިރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ބަޔަކު މާރާމަރީ ހިންގި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި މިހާތަނަށް މިކަމުގައި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށާއި މާރާމާރީއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.

މިކަމާއި ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު ޝަމްއާން ވަޙީދު ވިދާޅުވީ، އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގައި، އާންމު މަސްލަތު ނަގައިލުމުގައި ބައިވެރިވެފައިވާ ބިދޭސީންތަކެއްގެ މައްސަލަ އިމިގްރޭޝަންގެ ޓާސްކްފޯހުން ބަލަމުން އަންނަ ކަމަށެވެ.

އަދި އެ ކަމުގައި ޝާމިލުވާ ބިދޭސީންނާ މެދު ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ވެސް ޝަމްއާން ވަނީ ދެއްވައިފައެވެ.

ކޮމެންޓް
މޮޔަވެއްޖެ.
3 ހަފުތާ ވަންދެން މާރާމާރީ ހިންގި އިރު ފުލުހުން ނިދާފާ!!!!
06 Dec 2024
ދިރާސާ
މަސައްކަތު ބިދޭސިން ތިތަނަށް ދިއުން މަނާކުރަންވި
06 Dec 2024
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ