އިންޑިއާގެ އައިޓީ މެއިން ހަބް ކަމަށްވާ ބެންގަލޫރު ސިޓީ.. ފޮޓޯ/ވޮއިސް
ހަބަރު
07 Dec 2024 | 09:15
އީ.ކިއު.ޓީއިން އަންދާޒާކުރި ވަރަށްވުރެ ގިނައިން އިންޑިއާގައި އިންވެސްޓްކޮށްފި

ސްވިޑަންގެ އީ.ކިއު.ޓީ ކުންފުނިން އިންޑިއާގައި އިންވެސްޓްކުރަން އަމާޒުކުރި 5 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ގިނައިން އެގައުމުގައި ވޭތުވެދިޔަ އަހަރުތަކުގައި އިންވެސްޓްކޮށްފިއެވެ.

އީ.ކިއު.ޓީގެ އޭޝިއާ ބިޒްނަސްގެ ސީއީއޯ އެރިކް ސަލާޓާ ވިދާޅުވީ މިދިޔަ 18 މަސްދުވަހުގެ ތެރޭގައި އެކުންފުނިން އިންޑިއާގައި ކުރި އިންވެސްޓްމަންޓްތަކުގެ އަދަދު 6 ބިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށެވެ. އޭޝިއާ ސަރަހައްދުގައި ތިން ވަނަޔަށް އެންމެ ބޮޑު އިގްތިސާދެއް އޮތް އިންޑިއާގައި ކުރިއަތް އޮތްތަނުގައިވެސް ރަނގަޅު ވިޔަފާރީގެ އަދި އިންވެސްޓްމަންޓްގެ ފުރުސަތުތަކެއް ހުރިކަމަށް އެކުންފުނިން ދެކެއެވެ. އީ.ކިއު.ޓީއިން މިހާރުވެސް 295 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓް މެނޭޖްކުރެއެވެ.

ސަލަޓާ ވިދާޅުވީ އިންޑިއާއަކީ އީ.ކިއު.ޓީފަދަ ބައިނަލްއަގްވާމީ އިންވެސްޓްމަންޓް ކުންފުންޏަކަށް ފަހި ފުރުސަތުތަކެއް އަދިވެސް އޮތް ގައުމެއްކަމަށެވެ. އިންޑިއާގެ އިގްތިސާދީ ކުރިއެރުމުގެ ސްޕީޑް ކޮންމެވެސް ވަރަކަށް އަންނަ އަހަރު މަޑުޖެހިދާނެކަމަށް ކުރެވޭ އަންދާޒާތަކާ ގުޅިގެން ސަލަޓާ ވިދާޅުވީ އެއީ އެކުންފުނިން ކަންބޮޑުވާކަމެއް ނޫންކަމަށެވެ. ކުރިއަށް އޮތްތަނުގައި ސިއްހީ ދާއިރާއާއި، ސިނާޢީ ތަރައްޤީގެ ދާއިރާތަކުގައި އެކުންފުނިން އިންޑިއާގައި އިންވެސްޓްކުރާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީ.ކިއު.ޓީއިން ދާދިފަހުން ވަނީ ސްރީލަންކާގެ ސޮފްޓްވެއަރ ކުންފުނި ޑަބްލިޔު.އެސް.އޯ.2 ކުންފުނި 600 މިލިއަން އެމެރިކާ ޑޮލަރަށް ގަނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.