ބަންގާޅު ޖަލެއް.. ފޮޓޯ/ ރޮއިޓާސް އާކައިވް
ހަބަރު
07 Dec 2024 | 09:33
ބަންގްލަދޭޝްގެ ޖަލުތަކުން ފިލި 700 ކުށްވެރިން އަދިވެސް ނުފެނޭ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއާ ދެކޮޅަށް އެގައުމުގެ ދަރިވަރުން ފެށި މުޒާހަރާތަކުގެ ދުވަސްވަރު ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި ޖަލުތަކުން ފިލި 700 އަށްވުރެ ގިނަ ކުށްވެރިން އަދިވެސް ނުފެންނަ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ.

އޭ.އެފް.ޕީއާ ވާހަކަ ދައްކަމުން ބަންގްލަދޭޝްގެ ޖަލުތަކާ ބެހޭ އެންމެ އިސްވެރިޔާ ސައީދު މުހައްމަދު މުތާހަރު ހުސައިން ބުނީ ޖަލުތަކުން 2200 އެއްހާ މީހުން ފިލި ކަމަށާއި، އޭގެ ތެރެއިން 1500 މީހުން މިހާރު އަނބުރާ ޖަލުތަކަށް ވެއްދިފައިވާކަމަށެވެ. އަދި ފިލައިގެން އުޅޭ 700 މީހުންގެ ތެރޭގައި މަރަން ހުކުމްކޮށްފައިވާ މީހުންނާއި ޓެރަރިސްޓުންގެ 70 ވަރަކަށް މީހުން ތިބިކަމަށްވެސް އޭނާ ބުންޏެވެ.

ޝައިޚް ހަސީނާ ވެރިކަމުން ދުރަށްވަޑައިގައިގަތުމަށް މަޖުބޫރުވި މުޒަހާރަތަކުގައި ބަންގަލަދޭޝްގެ 5 ޖަލެއްގައި ހަޅުތާލުކުރިއެވެ. މުޒާހަރާކުރާ މީހުންވެސް ޖަލުތަކުގެ ކޮންޓްރޯލް ނަގައި، ހިނގި ހަމަނުޖެހުންތަކުގައި ފިލިމީހުން ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. މީގެ އިތުރުން ސަރުކާރުން ބަދަލުވުމަށްފަހު ކަފާލާތުގެ ދަށުން ދޫކޮށްލި ބައެއް ޓެރަރިސްޓުންނަށްވެސް ފާރަވެރިވެ، އެމީހުންގެ ހަރަކާތްތައްވެސް ވަރަށް ކައިރިން ބަލަމުންދާކަމަށް ބަންގްލަދޭޝްގެ ފުލުހުންނާ ހަވާލާދީ އޭ.އެފް.ޕީ އިން ރިޕޯޓްކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.