ސަރުކާރުގެ އޮފީސް އިމާރާތްތައް ހުންނަ ވެލާނާގެ
ހަބަރު
07 Dec 2024 | 10:07
ރިޓަޔަމަންޓް ޕެންޝަން ސްކީމަށް އެންމެގިނައިން ފައިސާ ޖަމާކުރަނީ، ފިރިހެނުން: ޕެންޝަން އޮފީސް

މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް ފަންޑަށް އެންމެގިނައިން ފައިސާ ޖަމާކުރަނީ، ފިރިހެނުންކަމަށް ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ ތަފާސްހިސާބަށް ބަލާއިރު، ފަންޑަށް އެންމެގިނައިން ކޮންޓްރިބިއުޓްކުރާ ބައެއްގެ ގޮތުގައި ފިރިހެނުން ހިމެނޭއިރު، މިއަހަރުގެ މިހާތަނަށް ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރި ފިރިހެން މުއައްޒަފުންގެ އަދަދު އުޅެނީ 84,794 ގައެވެ. އަދި ފަންޑަށް ފައިސާ ޖަމާކުރާ އަންހެން މުއައްޒަފުންގެ އަދަދު އުޅެނީ 49،764 ގައެވެ. އަހަރުގެ މިއަހަރުގެ މިހާތަނަށް ޕެންޝަން ފަންޑަށް ފިރިހެން މުއައްޒަފުން ކޮންޓްރިބިއުޓްކުރި ފައިސާގެ އަދަދު އުޅެނީ 1.04 ބިލިއަން ރުފިޔާ ގައެވެ. އަންހެން މުއައްޒަފުން ޖަމާކުރި އަދަދު އުޅެނީ 498.2 މިލިއަން ރުފިޔާގައެވެ.

ޕެންޝަން ފަންޑަށް ފައިސާ ޖަމާކުރާ މުއައްޒަފުންގެ އަދަދު 127,000 ގައި އުޅޭއިރު، މީގެ ތެރެއިން 47،094 މުއައްޒަފުންނަކީ އަމިއްލަ ކުންފުނިތަކުގެ މުއައްޒަފުންނެވެ. އަމިއްލަ ކުންފުނިތަކުން ފެންޝަން ފަންޑަށް ޖަމާކުރާ އަންހެން މުއައްޒަފުންގެ އަދަދަކީ 12,034 އެވެ. އަދި ފިރިހެން މުއައްޒަފުންގެ އަދަދަކީ 35,060 އެވެ.

ފަންޑަށް ފައިސާ ޖަމާކުރާ ސަރުކާރު މުއައްޒަފުންގެ އަދަދު 51،393 އުޅޭއިރު، މީގެ ތެރެއިން 27,189 މުއައްޒަފުންނަކީ އަންހެނުންނެވެ. އަދި ފިރިހެން މުއައްޒަފުންގެ އަދަދަކީ 24,204 އެވެ.

އެސްއޯތަކަށް ނިސްބަތްވާ މުއައްޒަފުންގެ އަދަދު 31،861 ގައި އުޅޭއިރު، އޭގެ ތެރޭގައި އަންހެން މުއައްޒަފުންގެ އަދަދަކީ 8,239 އެވެ އަދި ފިރިހެން މުއައްޒަފުންގެ އަދަދު އުޅެނީ 23,622 ގައެވެ.

މޯލްޑިވްސް ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމްގެ މެމްބަރުންގެ އަދަދު މިހާރު 190,458 އަރައެވެ. އޭގެ ތެރެއިން ފަންޑަށް ފައިސާ ޖަމާކުރަމުންދާ ފަރާތްތަކުގެ އަދަދަކީ 181,901 އެވެ. ޕެންޝަން އޮފީހުން ލިބެންހުރި މައުލޫމާތަށް ބަލާއިރު، މިހާތަނަށް ފަންޑުގެ ޖުމްލަ އަދަދު 24.3 ބިލިއަން ރުފިޔާއަށް އަރާއިރު، މެމްބަރުންގެ ފަރާތުން ފަންޑަށް ޖަމާކުރި އަދަދު އުޅެނީ 15.2 ބިލިއަން ރުފިޔާގައެވެ. އެހެންކަމުން ފަންޑަށް އިތުރުވި 9.1 ބިލިއަން ރުފިޔާއަކީ ފަންޑުން ކުރި އިންވެސްޓްމަންޓްތަކުން މިހާތަނަށް ލިބުނު ފައިދާއެވެ.

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމަކީ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި އަދަދަކަށް ސްކީމަށް ފައިސާ ދައްކައި، އެ ފައިސާ އިންވެސްޓް ކޮށްގެން ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރެވޭ ޕެންޝަން ނިޒާމެކެވެ. މި ފަންޑަށް ވަޒީފާދޭ ފަރާތުންނާއި ވަޒީފާއަދާކުރާ ފަރާތުން ޕެންޝަން ކޮންޓްރިބިއުޝަންގެ ގޮތުގައި ކޮންމެ މަހަކު މުވައްޒަފުގެ އަސާސީ މުސާރައިގެ %7 ޖަމާކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.