ޔޫބީއެސް
ވިޔަފާރި
10 Dec 2024 | 16:06
އިންޑިއާގައި ބިލިއަނަރުން އުފެދޭ މިންވަރު އިތުރުވާނެ: ޔޫ.ބީ.އެސް

ކުރިއަށް އޮތް 10 އަހަރުތެރޭ އިންޑިއާގައި އުފެދޭ ބިލިއަނަރުން ބޮޑުތަނުން އިތުރުވެގެން ދާނެކަމަށް ސްވިޓްޒަލެންޑްގެ އެންމެ ބޮޑު އެއް ބެންކް ޔޫ.ބީ.އެސް އިން އަންދާޒާކޮށްފިއެވެ.

ބައިނަލްއަގްވާމީ އެންމެ ބޮޑެތި ބޭންކުތަކުގެ ތެރޭގައި ހިމެނޭ ޔޫ.ބީ.އެސް އިން ނެރުނު ރިޕޯޓެއްގައި ބުނީ ޗައިނާގައި 2020 ވަނަ އަހަރުގެ ކުރިން އައި އަހަރުތަކުގައި ކުއްލިއަކަށް ބިލިއަނަރުންތަކެއް އުފެދިގެން ދިޔަ ގޮތަށް އިންޑިއާގައިވެސް ބިލިއަނަރުން އުފެދިގެންދާނެ ކަމަށެވެ. މިދިޔަ ދިހަ އަހަރުގެ ތެރޭގައިވެސް އިންޑިއާގައި އުފެދުނު ބިލިއަނަރުންގެ އަދަދު އޭގެ ކުރީ އަހަރުތަކަ އަޅާ ބަލާއިރު 2 ގުނައަށްވުރެ އިތުރުވިކަންވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އިންޑިއާގެ ބިލިއަނަރުންގެ މިލްކިއްޔާތު މިހާރު 900 ބިލިއަން އެމެރިކާ ޑޮލަރު ފަހަނައަޅައި ގޮސްފިއެވެ.

އަދި ހަމައެއާއެކު، އިންޑިއާގެ ހިއްސާގެ ބާޒާރުވެސް ވަރަށް ބޮޑަށް ރަނގަޅުވެ، އޭގެ ސަބަބުން ބޮޑެތި މަހުޖަނުންތަކެއް އުފެދި، ވިޔަފާރިތައް އެތައް ތަނަކުން ފުޅާ ވެފައިވާކަންވެސް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރޭގައި އިންޑިއާގައި ޒަމާނުއްސުރެ ހިންގަމުން އަންނަ އާއިލީ ބޮޑެތި ވިޔަފާރިތައްވެސް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.