ރައީސް ޑރ.މުއިއްޒު ދަނގެތީ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅުދައްކަވަނީ... ފޮޓޯ: ރައީސް އޮފީސް
ހަބަރު
14 Dec 2024 | 23:09
ކުރިއަށްއޮތް ރަމަޟާންމަހުން ފެށިގެން ޑަބްލިއުޑީސީގެ މެމްބަރުންނަށް ރޯދަ އިނާޔާތް ލިބިގެންދާނެ: ރައީސް ޑރ.މުއިއްޒު

ކުރިއަށްއޮތް ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ މެމްބަރުންނަށް ރޯދަ އިނާޔާތް ލިބިގެންދާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު އަރިއަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ދަނގެއްޗަށް ވަޑައިގެން، މިރޭ އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ ވަރަށް ބޭއިންސާފުގޮތަކަށް ގާނޫނުގައި އޮންނަ ޕޮއިންޓެއް ނަގައިގެން ވަރަށް ނިކަމެތިގޮތެއް ހަދާފައި އޮންނަ ކޮމިޓީއެއް ކަމަށެވެ. ކޮންމެ ރަށެއްގައިވެސް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ އެރަށެއްގެ ތަރައްޤީއަށް ވަރަށް މުހިއްމު ދައުރެއް އަދާކުރާ ކޮމިޓީއެއްކަން ފާހަގަކުރައްވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އެފަދަ ކޮމިޓީތަކަށް ދިމާވެފައިވާ ވަރަށް ގިނަ ކަންކަން ޤާނޫނު ހަދާ މަޖިލީހުގެ ތެރެއިން ރަނގަޅު ކޮށްދެއްވާނޭކަމަށް ވިދާޅުވެފައިވާނޭކަމަށެވެ.

ފެބުރުއަރީމަހު މަޖިލީހުގެ އައު ދައުރު ފެށުމާއެކު ސަރުކާރުގެ ފަރާތުން ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރައްވާނޭކަމަށާއި އެގޮތުން ޑަބްލިއުޑީސީގެ މެމްބަރުންނަށް ފައިދާކުރާނޭ ގޮތަށް ބައެއް އިސްލާހުތައް ގެންނަވާނޭކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ޑަބްލިއުޑީސީގައި މަސައްކަތްކުރާ މެމްބަރުންނަކީ ފުލްޓައިމް ވަޒީފާއެއްނޫން. އެހެން ނަމަވެސް ވަރަށް ގިނަ ވަގުތު ހޭދަކުރައްވާ މެމްބަރުންތަކެއް. އަޅުގަނޑު ވައުދުވީ އެ ލިބިލައްވާ އެލަވަންސަކީ މުސާރައެއް ގޮތުގައި އެ އެލަވަންސް ގާނޫނުން ކަނޑައެޅޭނޭ ގޮތް ހަދައިދީ އެބޭފުޅުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދިނުން.

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ

ރައީސް ވިދާޅުވީ ރޯދަމަހުގެ އިނާޔަތާއި ވިހެއުމުގެ ޗުއްޓީއާއި އެ މެމްބަރުންނަށް ލިބޭ މުސާރަ ނުވަތަ އިނާޔަތް ބޭންކުތަކުން އެ ބަލައިގަނެ ލޯނު ހޯދުން ކަންކަމަށް މަގުފަހިކޮށްދިނުމަކީ މިހާރު ވާކަންކަމެއް ނޫންކަމަށާއި، ލާމަރުކަޒީ ޤާނޫނާއި ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާހު ގެނެސްގެން އަންހެނުން ކޮމިޓީތަކުގެ މެމްބަރުންނަށް އެ އިނާޔަތްތައް ލިބޭނޭމަގުފަހިކޮށްދޭނޭކަމަށެވެ. 

މިގޮތުން އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުން ކޮމިޓީގެ މެމްބަރުންނަށް ރޯދަ އިނާޔަތް ދޭން ފަށާނޭކަން ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރުމަށް ފިޔަވަޅުތައް އަޅަމުންދަނީ، ރައްޔިތުންނަށް ދެމުންގެންދާ އެއްވެސް އެއްޗެއް އުނި ނުކުރާނޭކަމަށެވެ. އަދި ފައިސާވެސް ޗާޕު ނުކުރާނޭކަމަށް ރައިސް ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.