ލަމީން ޔަމާލް
ކުޅިވަރު
16 Dec 2024 | 19:03
ލަމީން ޔަމާލްއަށް އަނިޔާ ބާސެލޯނާއަށް އިތުރު ނުތަނަވަސްކަމެއް

ސްޕެނިޝް ލަލީގާގެ އެއްވަނައިގައި މިވަގުތު އޮތް ބާސެލޯނާގެ އިތުރުބާ ފޯވާޑް ލަމީން ޔަމާލަށް އަނިޔާވެ ތިނެއް ނޫނީ ހަތަރު ހަފްތާއަށް ކުޅުމާއި ދުރަށްދާން ޖެހިފައިވާކަމަށް ސްޕެއިންގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އުމުރުން 17 އަހަރުގެ ފޯވާޑްގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވެފައި ވަނީ ލީގުގައި ބާސެލޯނާ އެންމެ ފަހުން ލެގަނޭސް އާއި ދެކޮޅަށް ކުޅެ 1-0 ގެ ނަތީޖާއަކުން ބަލިވި މެޗުގައެވެ.

މިދިޔަ ސީޒަނުގައި ބާސެލޯނާ ޓީމުން ވިދާލުމަށްފަހު، މިއަހަރު ޖަރުމަނުގައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތް ސްޕެއިން ޤައުމީ ޓީމާއެކު  ކާމިޔާބުކުރި ލަމީން ޔަމާލް އަކީ މިސީޒަނުގައި ބާސެލޯނާގެ އިތުރުން ލަލީގާގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެއްކުޅުންތެރިއާ އެވެ.

އޭނާ ވަނީ މިސީޒަނުގައި ލީގުގައި ކުޅުނު 16 މެޗުގައި ބާސެލޯނާއަށް ފަސް ލަނޑު ކާމިޔާބުކޮށްދިނުމުގެ އިތުރުން އިތުރު ނުވަ ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އަދި ސީޒަނުގެ ކުރީކޮޅު ބާސެލޯނާއިން ލީގުގެ ކުރީގައި ބޮޑު ލީޑެއް ނެގި ނަމަވެސް މިވަގުތު އެޓީމު އެއްވަނައިގައި އޮތީ އިތުރަށް އެއްމެޗު ކުޅެ ލަނޑުގެ ތަފާތުންނެވެ.

ލީގުގައި ކުޅުނު 18 މެޗުން ބާސެލޯނާއަށް 38 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް 17 މެޗުން ވަނީ 38 ޕޮއިންޓް ލިބިފައެވެ. އަދި 17 މެޗުން ލިބުނު 37 ޕޮއިންޓާއެކު ތިންވަނައިގައި ރެއާލް މެޑްރިޑް އޮތްއިރު، ލީގުގައި މިމަހުގެ 22 ވަނަ ދުވަހު ބާސެލޯނާ އިން ނުކުންނާނީ ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.