މޮބިކްވިކް ހިއްސާގެ ބާޒާރަށް ލިސްޓްކުރުމުގެ ހަފްލާގެ ތެރެއިން.. ފޮޓޯ/ ޓެޗްކްރަންޗު
ދުނިޔެ
19 Dec 2024 | 15:37
އިންޑިއާގެ މޮބިކްވިކް އިން، ހިއްސާގެ ބާޒާރަށް ނިކުމެއްޖެ

އިންޑިއާގެ ޑިޖިޓަލް ޕޭމަންޓްސްގެ ދާއިރާގައި އެންމެ ކުރިއަރަމުން އަންނަ އެއް ކުންފުނިކަމަށްވާ މޮބިކްވިކް އިން ހިއްސާގެ ބާޒާރަށް ނިކުމެއްޖެއެވެ.

އިއްޔެ، ހިއްސާގެ ބާޒާރުގައި ލިސްޓްކުރި ފުރަތަމަ ދުވަހު އެކުންފުނި ނިންމާލީ ހިއްސާއެއް ފައްސަތޭކަ ހަތް ރުޕީސްގައެވެ. މިއާއެކު ކުންފުނީގެ އަގު 464 މިލިއަން އެމެރިކާ ޑޮލަރަށް އެރީއެވެ. އެކުންފުނީގެ އަމާޒަކަށްވީ 250 މިލިއަން ޑޮލަރެވެ. ހިއްސާގެ ބާޒާރަށް ނިކުތުމުގެ ކުރިން 2021 ވަނަ އަހަރު ޕްރައިވެޓް އިންވެސްޓަރުންގެ އަތުން ފައިސާ ހޯދުމަށް އެކުންފުނިން ކުރިއަށްގެންދިޔަ ފަންޑިންގ ރައުންޑަށްފަހު ކުންފުނީގެ އަގު ބިލިއަން ޑޮލަރަކާއިވެސް ގާތްކުރިއެވެ.

މޮބިކްވިކްއަކީ މީގެ 15 ވަރަކަށް އަހަރު ކުރިން ގުރްގުރާމްގައި ފެށި ވިޔަފާރިއެކެވެ. 161 މިލިއަން މީހުން މޮބިކްވިކް ބޭނުންކުރާއިރު، އިންޑިއާގެ ޑިޖިޓަލް ޕޭމަންޓްސް ދާއިރާގެ ވާދަވެރިކަން ބޮޑުވެ، އެކުންފުންޏަށްވެސް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވެއެވެ. ވަކިން ޚާއްސަކޮށް، ޑިޖިޓަލް ޕޭމަންޓްސްގެ އެންމެ ބޮޑު ވާދަވެރިއަކީ އިންޑިއާ ސަރުކާރުން ހިންގާ ޔޫ.ޕީ.އައި ނިޒާމަށްވުމަކީވެސް އެކުންފުންޏަށް ގޮންޖެހުމެކެވެ. އެހެންނަމަވެސް ހިއްސާގެ ބާޒާރުގައި ލިސްޓްކުރުމުން އައި ރިއެކްޝަނަށް ބަލާއިރު، އިންވެސްޓަރުންގެ އިތުބާރު އަދިވެސް އެބައޮތްކަން ދޭހަވެއެވެ.

އިންޑިއާގެ ޑިޖިޓަލް ކުންފުނިތައް ހިއްސާގެ ބާޒާރަށް ނިކުމެ، ރަނގަޅު ނަތީޖާއެއް ދަނީ ހޯދަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.