އުރީދޫ
ހަބަރު
25 Dec 2024 | 16:47
އުރީދޫ އިން އައު އަހަރަށް، ހާއްސަ އޮފާތަކެއް!

ބޮޑެތި ބޯނަސް ޑޭޓާތަކާއި އެކު އުރީދޫ މޯލްޑިވްސްއިން އައު އަހަރަށް ހާއްސަ އޮފަރތަކެއް ތައާރަފްކޮށްފިއެވެ.

ދިގު މުއްދަތައް ބޭނުން ކުރެވޭ އާޗާ ޕްރިޕެއިޑް ޑޭޓާ ޕްލޭންތަކުން ފެށިގެން ބޮޑެތި ބޯނަސް ޑޭޓާ ހިމެނޭހެން ތައާރަފް ކުރި މި އޮފަރ ތަކަކީ އުރީދޫ ކަސްޓަމަރުންނަށް މި ބޮޑު ޗުއްޓީ އާއި ކުރިއަށް އޮތް އަހަރަކީ އުޖާލާ އަދި އިތުރަށް ގުޅިފައިވާ އަހަރަކަށް ހެދުމަށް ތައާރަފްކުރެވުނު ހާއްސަ އޮފަރތަކެކެވެ.

ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް އެޑް-އޯން ތަކާއި އެކު ބޯނަސް ޑޭޓާ!

އުރީދޫއިން ބުނީ ބޯނަސް ޑޭޓާ އޮފާގެ ދަށުން ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ގެ ބައެއް އެޑް-އޯންތަކާއި އެކު 175 ޖީބީ އާއި ހަމައަށް ބޯނަސް ޑޭޓާ ލިބިގެންދާނޭ ކަމަށެވެ. މި ޑޭޓާ އެޑް-އޮން ތަކުގެ ތެރޭގައި އާޗާ ޕެކްތައް ، އުރީދޫ ޑޭޓާ ޕެކްތައް އަދި މަގޭ ޕްލޭންސް ހިމެނެއެވެ. މީގެ އިތުރުން ބޮޑު ޗުއްޓީ އަށް ބޮޑު ޑޭޓާ އޮފާގެ ދަށުން 50ޖީބީ ގެ ބޯނަސް ޑޭޓާ އާއި އެކު 150 ރުފިޔާއަށް ލިބޭ މި ޕެކާއި އެކު ކަސްޓަމަރުނަށް މިހާރު 150 ޖީބީ 5 ދުވަހަށް ލިބިގެންދާނޭކަމަށް އުރީދޫއިން ބުނެއެވެ.

ބޯނަސް ޑޭޓާ އޮފަރ ނެގޭނީ ޖެނުއަރީމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އެޑް-އޯންތައް އުރީދޫ އެޕް މެދުވެރިކޮށް މިހާރު އެކްޓިވޭޓް ކުރެވޭނެއެވެ.

ދިގު މުއްދަތަށް ބޭނުން ކުރެވޭ އާޗާ ޕްރިޕެއިޑް ޕްލޭންތައް:

ދިގު މުއްދަތައް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އާޗާ ޕްލޭނަތަކަކީ ގިނަ ގިނައިން ރީޗަރޖު ކުރަން ނުޖެހޭނެހެން އެއްފަހަރު އެކްޓިވޭޓްކޮށްގެން މުޅި އަހަރަށް، 6 މަހަށް އަދި 3 މަހަށް ބޭނުންކުރެވޭ ޕްލޭންތަކެކެވެ. އުރީދޫއިން ބުނީ، މި ޕްލޭންތައް މި އޮފަރ އާއި ގުޅިގެން އިތުރު ޑާޓާއި އެކު އަޕްގްރޭޑް ކުރެވިފައިވާނޭކިަމަށެވެ.

އާޗާ އަހަރީ ޕްލޭން: ދުވާލަކު 1.5 ޖީބީ ޑޭޓާ، އަންލިމިޓެޑް އުރީދޫ ކޯލް އަދި އަންލިމިޓެޑް ވައިބާ އާއި އައިއެމްއޯ ޗެޓް މުޅި އަހަރަށް އެންމެ 2025ރ އަށް. ޖުމްލަ 550 ޖީބީ.

އާޗާ 6 މަހުގެ ޕްލޭން: ދުވާލަކު 4.5 ޖީބީ ޑޭޓާ، އަންލިމިޓެޑް އުރީދޫ ކޯލް އަދި އަންލިމިޓެޑް ވައިބާ އާއި އައިއެމްއޯ ޗެޓް 6 މަސް ދުވަހަށް އެންމެ 2025ރ އަށް. ޖުމްލަ 800 ޖީބީ.

އާޗާ 3 މަހުގެ ޕްލޭން: ދުވާލަކު 4.5 ޖީބީ ޑޭޓާ، އަންލިމިޓެޑް އުރީދޫ ކޯލް އަދި އަންލިމިޓެޑް ވައިބާ އާއި އައިއެމްއޯ ޗެޓް 3 މަސް ދުވަހަށް އެންމެ 1100ރ އަށް. ޖުމްލަ 400 ޖީބީ.

އުރީދޫއިން ބުނީ، މި އޮފާތައް ތައާރަފްކުރީ ބޮޑު ޗުއްޓީ ދުވަސްވަރާއި ދިމާކޮށް އާއިލާއާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށްލުމަށް ކަމަށެވެ. މީގެ އިތުރުން މިއީ ފިލްމް އަދި ސީރީޒްތައް ސްޓްރީމް ކޮށްލާ، ގޭމު ކުޅެލާ، މެދުކެނޑުމެއްނެތި ފުރިހަމަ އިންޓަނެޓް ގެ ތަޖުރިބާ އެއް ހޯދައިދީ އައު އަހަރާއި ގުޅިގެން ކަސްޓަމަރުންނަށް ފޯރު ކޮށްދިން ހަދިޔާއެއް ކަމަށްވެސް އުރީދޫއިން ބުންޏެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.